Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝައްފާންގެ މަރުގެ މައްސަލަ

ޝައްފާންގެ މަރު: ޚުލާސާ ބަޔާން އިއްވައިިފި، ޙުކުމްކުރުން އަންނަ މަހު

ހެކިތަކާއި ގުޅޭގޮތުންވެސް ޚުލާސާ ބަޔާނުގައި ދައުލަތުން ވާހަކަ ދައްކާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އެޕްރީލު 2021 | ބުދަ 05:13
ކްރިމިނަލް ކޯޓު - ޝައްފާންގެ މަރުގެ މައްސަލައިގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ޚުލާސާ ބަޔާން އިއްވާފައި

ކްރިމިނަލް ކޯޓު - ޝައްފާންގެ މަރުގެ މައްސަލައިގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ޚުލާސާ ބަޔާން އިއްވާފައި

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ޚުލާސާ ބަޔާން އިއްވައިފިއެވެ.

ޝައްފާންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ 4 މީހުންނަކީ ސ ހިތަދޫ ޗަމަން، ޙުސައިން ނިހާދު އަހްމަދު އާއި ކ.މާލެ މއ. ޓޮމާޓާ ފްލާވަރ ޙުސައިން ޖައިލަމްގެ އިތުރުން، ސ. މަރަދޫ މޫންލައިޓްގްލޯރީ، ޙަސަން ނަބާޙް އާއި ސ.ހިތަދޫ މަލަ، މުޙައްމަދު އައިމަން ޙަބީބުއެވެ. އޭގެ ތެރެއިން ނިހާދުއާއި ޖައިލަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ނަބާޙްއާއި އައިމަންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. އެގޮތުން ދައުލަތުގެ ވަކީލު ވަނީ ޚުލާސާ ގޮތެއްގައި މައްސަލައިގައި ދައުވާލިބޭ މީހުންނަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭގޮތުން ވާހަކަ ދައްކާވަފައެވެ. އަދި މި މައްސަލައިގައި 23 ޖެނުއަރީ 2019 ގައި ދައުވާ ލިބޭ ފަރާތްތަކުން ދައުވާއަށް އިންކާރުކޮށްފައިވާއިރު، ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކުގައި މައިގަނޑު 2 ކަމެއް ދިފާއުން ހުށައެޅިކަން ދައުލަތުން ފާހަގަކުރިއެވެ. އެގޮތުން އެކަށީގެންވާ މުއްދަތެއްގައި ދައުވާ އުފުލާފައި ނުވާކަމަށް ބުނެ ހުށައަޅާފައިވާ ނުކުތާއާއި، ދައުވާލިބޭ ފަރާތްތަކުން ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ ޚިލާފަށްކަމަށް ބުނެ ހުށައެޅި ނުކުތާއަށް ދައުލަތުން ހުށައަޅާފައިވާ ހެކިތަކާ ގުޅިގެންވެސް ޚުލާސާ ބަޔާނުގައި ވާހަކަ ދައްކާފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކިތަކާއި ގުޅޭގޮތުންވެސް ޚުލާސާ ބަޔާނުގައި ދައުލަތުން ވާހަކަ ދައްކާފައިވެއެވެ. އެގޮތުން މައްސަލައާ ގުޅިގެން ހުށައެޅި ޝަފަހީ އަދި ކިތާބީ ހެކިތަކާއި ގުޅޭގޮތުން ދައުލަތުން ވާހަކަ ދައްކާފައިވެއެވެ.

ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދެފަރާތުންވެސް ޚުލާސާ ބަޔާން އިއްވާފައިވާއިރު، 2 މެއި 2021 ގައި ޙުކުމް ކުރުމަށް އަޑުއެހުމެއް ބާއްވާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވިދާޅުވިއެވެ.

ދައުލަތުން ޚުލާސާ ބަޔާން އިއްވުމާއެކު ދިފާއުންވެސް ވަނީ މައްސަލައާ ގުޅިގެން ޚުލާސާ ބަޔާން އިއްވަވާދެއްވާފައެވެ. އެގޮތުން ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާޙިމް ވަނީ މި ދައުވާއިން ބަރީއަވުމަށް ދިފާއުން ހުށައަޅާ ނުކުތާތަކާއި، ހެކިތަކާ ގުޅޭގޮތުން ޚުލާސާ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޝައްފާނު މަރާލާފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް އެ މައްސަލަތަކުގެ ތަހުގީގު ޓީމުން ބުނެފައިވެއެވެ.

އެގޮތުން، ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (19އ) މަރާލި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގު ޓީމުން އޭރު ވިދާޅުވެފައިވަނީ، އާގިލް މަރާލީ 2018 އޮގަސްޓް 31 ވަނަ ދުވަހު ވ. ފުލިދޫ އަށް ކުރި ދަތުރެއް ނިންމާލުމަށް ފަހު މާލެއަށް ފޭބި ވަގުތު ބޮޑުތަކުރުފާނު މަގު އެމް.އެމް.އޭ ކުރިމަތީ އޮންނަ ތޮށިގަނޑު މަތިން ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށެވެ. އާގިލް މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ދިރިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަން ތަހުގީގު ޓީމުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން 2018 އޮކްޓޫބަރު 11ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އިސްމާއިލް ޝައްފާން ޝަރީފް މަރާލީ އޭނާ ދިރިއުޅެމުން ދިޔަ ސަބުދެލިޔާ މަގު ގ. ރޯޒީ ކުރިމަތިން ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ކަމަށް ވެސް ފުލުހުންގެ ތަހުގީގު ޓީމުން ހާމަކޮށްފައިވެއެވެ. ޝައްފާންއަށް ހަމަލާދިންކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު އެ ސަރަހައްދަށް ދިޔަ ކަމަށާއި، އަދި ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓު ތެރޭގައި އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އޭނާ ދިރިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ތަހުގީގު ޓީމުން ބުނެފައިވެއެވެ. އޭނާގެ ގައިގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު