Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރު އަރީފާއެކު ޓެކްސީ ދަތުރެއް

ކުރީގެ މެމްބަރު އަރީފާއެކު ޓެކްސީ ދަތުރެއް: ރުޅިއައިސްގެން އަތް މަޅާލި ފަސިންޖަރަކާ ވެސް ދިމާވި

ދަތުރު ނިމޭއިރު އޮންނަނީ އެއްގަލަކަށް އެރިފައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2021 | ބުދަ 04:27
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ ހުސައިން އަރީފު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ ހުސައިން އަރީފު

އެއީ އާދައިގެ މަތިން އޮފީސް ނިމުމުން ގެއަށް ދިއުމަށް އަވަސް ރައިޑުން ނެގި ޓެކްސީ ދަތުރެކެވެ. ވެފައި ހުރި ވަރުބަލިކަމުގެ ބޮޑުކަމުން ޓެކްސީއަށް އެރުމަށްފަހުވެސް މި އެރުނީ ކޯއްޗަކަށްތޯ ބަލާކަށް ސަމާލުކަމެއް ނުދެވުނެވެ. ދުއްވަން އިން މީހަކަށްވެސް ސަމާލުކަމެއް ނުދެވުނެއެވެ.

ދަތުރުގެ ވަކި ހިސާބަކުން ފައިސާ ދައްކަންވެގެން ވައިބަރ ހުޅުވާލުމުން ލޮލުގައި އަޅައިގަތީ ވައިބަރގައި އިން ފޮޓޯއެވެ. އެ ދުވަހު އަޅުގަނޑު ގެއަށް ލައިދިން ޑްރައިވަރަކީ އާދައިގެ މީހެއް ނޫނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފެވެ. އޭނާއަކީ ޔާމީނުގެ ސަރުކާރާ ދެކޮޅަށް ނުކުންނެވި މެމްބަރުންގެ ތެރެއިން، ގޮނޑި ގެއްލުނުކަމަށް ކަނޑައެޅި 12 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެއް މެމްބަރެވެ. މި އިނދެވުނީ ކޮން ޓެކްސީއެއްގައި ކަން އެނގުނު އިރު ދަތުރު އޮތީ ނިމުމަކާ ގާތްވެފައެވެ.

Advertisement - newsAdvertisement

ދާންޖެހޭ ވަކި ހިސާބެއް ނުބުނެ ވަގުތުން ވާހަކަ ފަށައިގެން ދަތުރު ދިގުކޮށްލީމެވެ. ނޫސްވެރިއަކަށް އެކަހަލަ ފުރުސަތެއް ލިބުމުން ވާނީވެސް އެހެންތާއެވެ. ފުރަތަމަވެސް އަހައިލެވުނީ ޓެކްސީ ޑްރައިވަރަކަށް ވުމުގެ ތަޖުރިބާ ރަގަޅުތޯއެވެ. ޖަވާބު ވަރަށްވެސް ކުރުވެފައި ފޮންޏެވެ. "މިއީ ސިޔާސީ ދާއިރާގައި އެންމެންވެސް ކުރަން ޖެހޭނެ ކަމެއް. މިގޮނޑީގައި އިނދެ ރައްޔިތުންނާ ހަމައަށް އަންނަން ޖެހޭނެ"

އަރީފު އެހެން ވިދާޅު ނުވާންވީ ސަބަބެއްވެސް ނެތެވެ. ޓެކްސީއަކީ އާންމުންނަށް ދޭ ޚިދުމަތަކަށް ވާއިރު އެންމެ ގާތުން އާންމުންނާ ބައްދަލުކުރެވޭނެ މީހަކީ ޔަގީނުން ވެސް ޑްރައިވަރެވެ. މާލެ ސަރަހައްދުގައި ކުރާ އެންމެ ދަތުރަކުންވެސް އެތައް އުދާހަކާއި އެތައް ކަންބޮޑުވުންތަކެއް އަޑު އިވޭނެއެވެ. އަރީފަށް ވެސް މިއީ އެފަދަ ތަޖުރިބާއެކެވެ.

އާންމު ގޮތެއްގައި ޓެކްސީއަށް އަރާ މީހެއްގެ ހައިސިއްޔަތުން ޓެކްސީއެއްގެ ތެރޭގައި ދެބަސްވުންތަކާއި ކޯޅުންތަކެއް ފަސިންޖަރާއި ޑްރައިވަރާ ދެމެދު ހިނގާފާނެކަމަށް ޔަގީންކަމާއެކު ބުނަން ކެރެއެވެ. ސިޔާސީ ކަމަކާ ޖެހިއްޖެނަމަ ދެން އެވަރެއް ނޯންނަ ޑްރައިވަރުންވެސް މަދެއް ނޫނެވެ. ފަސިންޖަރުންވެސް ހަމަ އެފަދައެވެ. މިކަމުގައި އަރީފުގެ ތަޖުރިބާވެސް ދަނީ އެ މަގުންނެވެ.

ކުރީ ސީޓުގައި އިނީ ސިޔާސީ މީހެއްކަން އަދި ވަކިން ޚާއްސަކޮށް ކުރީގެ މެމްބަރެއްކަން އެނގޭ ހިސާބުން އެތައް ވާހަކަތަކެއް ދެކެވެއެވެ. އެތައް ކަންބޮޑުވުންތަކެއް އަޑުއިވެއެވެ. އަދި އަމްދުން ސިޔާސީ ގޮތުން ދެކޮޅު ޚިޔާލުގެ މީހަކު އަރައިފިނަމަ އެހިސާބުން ދުވަސް ދިޔައީއެވެ. ސިޔާސީ ވާހަކަތަކާ ކޯޅުންތަކުގެ ރޫހު ޓެކްސީ ތެރެއަށް ފެތުރިދެއެވެ.

"އަޅުގަނޑު ބަލަން ކޮންމެ މީހަކާވެސް ޖަދަލުނުކޮށް، އެއީ އެމީހެއްގެ ޚިޔާލުކަން ގަބޫލުކޮށްގެން އުޅެވޭތޯ، ދެން މިހެން ޓެކްސީއަށް އަރާނެ ދެއްތޯ ވަރަށް ރުޅިގަދަ މީހުން. އެއްފަރު ދިމާވި މީހަކު ހަމަ ހިތްހަމަނުޖެހިގެން އަތްވެސް މަޅާލި. އެކަމަކު ދަތުރު ނިމޭއިރު ދެމީހުންނަށް ވެސް ތިބެވޭނީ ކަން ކަމުގައި އެއްބަސްވެވިފަ،"

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިންތިޚާބު ކުރުމަށް ބޮޑު ކޯލިޝަނެއް ހަދައިގެން މަސައްކަތްކުރިއިރު އަރީފަކީ ހަމަ އެ ކޯލިޝަނުގެ މެމްބަރެކެވެ. އެކަމަކު ކޯލިޝަނުގެ މި ވެރިކަމުގައި އަރީފުގެ ދައުރެއް ނެތެވެ. އެހެރީ ސިޔާސީ މައިދާނާ ވަރަށް ދުރުގައެވެ. އެކަމަކު ރައްޔިތުންނާ ވަރަށްވެސް ގާތުގައެވެ.

ސިޔާސީ ދާއިރާ ދޫކޮށްލީތޯ ކޮންމެހެންވެސް އަހާލަން ބޭނުންވިއެވެ. އެސުވާލުގެ ޖަވާބުގައި ވިދާޅުވީ "އަޅުގަނޑަށް އެކަމެއް (ސިޔާސީ މައިދާން ދޫކޮށްލުން) ނުވާނެ" ކަމަށެވެ. އެއީ ލޭގައި ހިނގާ ކަމެއް ކަމަށެވެ.

ކޮންމެއަކަސް އަރީފު މިފެންނަނީ އާންމުގޮތެއްގައި ސިޔާސީ މީހުން ފެންނަ ދާއިރާއަކުން ނޫނެވެ. ސިޔާސީވުމަށް ފަހު އެއީ ދެން ވަރަށް މަތީ ބޭފުޅެކެވެ. އާދައިގެ އާންމު ވަޒީފާއަކުން ފެނުމަކީ ނާދިރު ކަމެކެވެ. ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަށްފަހު އެއީ ދެން ނުވާނެ ކަމެކޭވެސް ބުނެވިދާނެއެވެ.

އެކަމަކު އަރީފާއެކު ޓެކްސީގައި ކުރި ކުރު ދަތުރުންވެސް އެއީ އާންމުންނާ ގާތުގައި އުޅުމުގައި ދަތި އުނދަގޫކަމެއް ހުރި މީހެއް ނޫންކަން ޔަގީންވިއެވެ. މާދަމާ ޓެކްސީ ބާއްވާފައި ނިކުންނަން ޖެހުނަސް އަރީފު ހުރީ ސިޔާސީ މައިދާނަށް އަދިވެސް ފިޓުކޮށެވެ. އިދިކޮޅު ފަސިންޖަރުންވެސް ދަތުރު ނިމޭއިރު އެއްގަލަކަށް އަރާނަމަ ސަޕޯޓަރުން ގިނަވާނެ ވަރު ހީކޮށްލައްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު