Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބަހުސް

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލިޔަސް މިނިސްޓްރީގެ މައްސަލަތައް ހައްލެއް ނުވާނެ - މެމްބަރުން

6 އެޕްރީލު 2021 | އަންގާރަ 08:04

އޮތޯރިޓީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކައުންސިލްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ހިމެނޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 އެޕްރީލު 2021 | އަންގާރަ 08:04
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލިޔަސް މިނިސްޓްރީގެ މައްސަލަތަކަށް ހައްލެއް ނެތް ކަމަށް ބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ފާހަގަކުރެއްވި

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލިޔަސް މިނިސްޓްރީގެ މައްސަލަތަކަށް ހައްލެއް ނެތް ކަމަށް ބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ފާހަގަކުރެއްވި

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލިޔަސް މިނިސްޓްރީގެ މައްސަލަތައް ހައްލެއް ނުވާނެ ކަމަށް ބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ހުށަހަޅުއްވާފައިވާ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލުގެ ބަހުސް ނިންމާލިއިރު ސަރުކާރުން ހުށަހެޅުއްވި މިބިލަށް އަންގާރަ ދުވަހު ބަހުސް ކުރުމަށް ހުޅުވާލުމުން ވާހަކަ ދެއްކި ބައެއް މެމްބަރުންވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމާ ދެކޮޅަށް ވާހަަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލިޔަސް މައްސަލަތައް ހައްލު ނުވާނެ ކަމަށާއި، އެތަން އުވާލަންޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ. އެ އޮތޯރިޓީގެ މުވައްޒަފުން ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ އެ މީހުން އިސްލާހު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެ އިދާރާގެ މުވައްޒަފުންނާއި އެހެން ވަސީލަތްތައް ޓްރާންސްޕޯޓު މިނިސްޓްރީއަށް ބަދަލުކޮށް މިނިސްޓްރީގައި އެ މަސައްކަތްކުރުމުން މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ދެކެވަޑައިނުގަންނަވާކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، އެއޮތޯރިޓީގެ މައިގަނޑު މަސައްކަތްތަކުގެތެރޭގައި ކައުންސިލްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އޮތޯރިޓީ އުވާލައިފިނަމަ މި ބާރުތައް ޖަމާވާނީ މައި މިނިސްޓްރީތެރެއަށް ކަމަށެވެ. އެހެންވެއްޖެ ނަމަ ލާމަރުކަޒީ ގޮތުން ކައުންސިލްތަކަށް ލިބިފައި އޮތް ބާރުތައް އަނެއްކާވެސް ނެތިގެން ހިނގައިދާނެ ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، މިގާނޫނު އުވާލުމާ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. އޭރުން ފެނިގެންފާނީ އަނެއްކާވެސް އެއް ފިޔަވަޅު ފަހަތަށް އެޅޭތަން ކަމަށާއި، ސަރުކާރަށް މިބާރުތައް ޖަމާކުރަން މަސައްކަތްކުރާނަމަ ފެނިގެނދާނީ، ރައީސް ޔާމީންގެ ސަރުކާރުގައި ފެނިގެން ދިޔަ ކަހަލަ މަންޒަރެއް ކަމަށެވެ.

ވިލިާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުން މިނިސްޓްރީ ތެރޭގައި ހުރި މައްސަލަތައް ހައްލުވެގެންދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މި ބިލް ހުށަހަޅުއްވާފައިއޮތީ ސީދާ ކޮންކަމަކާ ގުޅިގެންކަން ސާފު ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިންގުން ލަސްކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް