Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރުން ދާއިރާތަކަށް ކުރާ ދަތުރު

ދާއިރާތަކަށް މެންބަރުން ކުރާ ދަތުރަކީ ރަސްމީ ދަތުރެއް

ދަތުުރުގެ ތަފްސީލާއެކު ހުއްދައަށް އެދި ލިޔުމުން މަޖިލީހުގެ އިދާރާއަށް އަންގަންވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 5 އެޕްރީލު 2021 | ހޯމަ 07:46
ހައުސިން މިނިސްޓަރ އަސްލަމް

ހައުސިން މިނިސްޓަރ އަސްލަމް | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރެއްގެ ދާއިރާއަށް ކުރާ ދަތުރަކީ ރަސްމީ ދަތުރެއް ކަމަށް ކަނޑައަޅައިފިއެވެ.

އާންމު ކޮމިޓީން ނިންމާފައިވާ މި ނިންމުން އިއްވަވައި ދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުކަމަށް ކަނޑައެޅިދާނެ ކަމަށް އާއްމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ދަތުރަށް އެދިވަޑައިގަންނަވާއިރު، ދަތުުރުގެ ތަފްސީލާއެކު ހުއްދައަށް އެދި ލިޔުމުން މަޖިލީހުގެ އިދާރާއަށް އަންގަންވާނެ ކަމަށެވެ. ރަސްމީ ދަތުރެއްކަމުގައި ބަލައިގަންނާނީ، މަޖިލީހުގެ އަމީންއާއްމު އެކަމަށް ހުއްދަދެއްވުމުން ކަމަށްވެސް ވިދާޅުވިއެވެ.

ހުއްދައަށް އެދިވަޑައިގަންނަވާއިރު، ދަތުރުގައި ކުރައްވާނެ މަސައްކަތްތަކުގެ ތަފްސީލު ހިމަނައި ލިޔުމުން ހުށަހަޅަން ޖެހެއެވެ.

މެންބަރު ދަތުރުގައި އުޅޭއިރު، މަޖިލީހުގެ ހާޒިރީގައި ބަލާނީ، އެެއީ އެމެންްބަރަކު ރަސްމީ ދަތުރެއްގައި އުޅޭ ދުވަހެއްގެ ގޮތުގައި ކަމަށާއި، އެދުވަސްތަކުގައި ކޮމިޓީ ބައްދަލުވުމެއްގައި ބައިވެރިވާން ބޭނުންނަމަ، ވީޑިއޯގެ ޒަރިއްޔާއިން ބައިވެރި ވެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުން ކެމްޕެއިނަށް ދަތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މީގެ ކުރިންވެސް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމިޓީގެ ނިންމުން ރަސްމީވެ، އެއަށް އަމަލުކުރާނީ މަޖިލީހުގެ ތަޅުމުން ފާސްވެގެންނެވެ.

މިއީ މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ކުރާ ދަތުރުތަކަކީ މަޖިލީހުގެ ރަަސްމީ ދަތުރުތަކެއް ކަމަށް ހަދަން ފާސްކުރާ ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު