Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެކްސިން

ހާއްސަ ބަލިތަކަށް ބޭސްކުރާ ކުޑަކުދިންނާއި މީހުންނަށް ފައިޒާ ވެކްސިން ޖަހަން ހުޅުވާލައިފި

ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2021 | ހޯމަ 02:02
ފައިޒަރ ވެކްސިން

ފައިޒަރ ވެކްސިން

ބައެއް ނުރައްކާތެރިބަލިތަކަށް ފަރުވާ ހޯދާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ފައިޒާ ވެކްސިން ޖަހަން ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެޕޮއިންޓްމަންޓް އުސޫލުން ބައެއް މީހުންނަށް ފައިޒާ ވެކްސިން ޖަހަން ފަށާފައިވާ ކަމަށެވެ. އެގޮތުން ވެކްސިން ޖަހަނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ޑައިލަސިސް ހަދަމުން އަންނަ މީހުންނާއި، ކެންސަރު ބަލީގެ ފަރުވާއަށް ކީމޯތެރަޕީ ހޯދަމުން އަންނަ މީހުންގެ އިތުރަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި ކޮށްލާ ފަދަ ބޭހެއް ބޭނުންކުރަމުން އަންނަ މީހުން ކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފައިޒާ ވެކްސިން އަކީ އަދި 18 އަހަރުން ދަށުގެ ކުދިންނަށް ޖަހަން ރާއްޖޭގައި އާންމު ހާލަތްތަކުގައި ހުއްދަ ދީފައިވާ ވެކްސިން އަކަށް ނުވި ނަމަވެސް، އެ ހާލަތުގައި ތިބި އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެސް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް އެ އުމުރު ފުރާގެ ކުދިންގެ ތެރެއިން ހަކުރު ބަލި އަދި ސިކްލް ސެލް އެނީމިއާ ހުންނަ ކުދިންނާއި، ޑައުން ސިންޑްރޯމް ސިސްޓިކް ފައިބްރޯސިސް އާއި ބައެއް އެހެން ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިންނަށް ވެސް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރަށް އުފެދުމުގައި ހިތުގެ ބައްޔެއް ހުރެ އެކަން ރަނގަޅުކުރަން ސަރޖަރީއެއް ހަދާފައިވާ ކުދިންގެ ތެރެއިން ރަނގަޅު ނުވާ އެ އުމުރުފުރައިގެ ކުދިންނަށް ފައިޒަރ ވެކްސިން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް މިހާރު ފައިޒާ ވެކްސިންގެ 5500 ޑޯޒް ލިބިފައިވާއިރު ފައިޒާ ވެކްސިނަކީ 70- ޑިގްރީގައި ބަހައްޓަން ޖެހޭ ވެކްސިނަކަށް ވާތީ ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގައެވެ.

ރާއްޖޭގައި މިހާރު އާންމު އުސޫލުން ބޭނުންކުރަމުން އަންނަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިންއާއި ޗައިނާގެ ސިނޮފާމް ވެކްސިންއެވެ. އޭގެ ތެރެއިން މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޝީލްޑް ވެކްސިންްގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު މިދިޔަ މަހުގެ 15ން ފެށިގެން ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒެވެ. އަދި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން މިހާރު ވަނީ ފަށާފައެވެ. މިހާރު ވެކްސިން ޖަހާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް ގިނައީ ދެވަނަ ޑޯޒު ޖަހާ މީހުންނެވެ. މިހާތަނަށް ރާއްޖެއިން 246،896 މީހުން ވެކްސިން ޖަހާފައިވާއިރު އޭގެ ތެރެއިން 3،737 މީހުންނަކީ ދެވަނަ ޑޯޒު ޖަހާފައިވާ މީހުންނެވެ.

ރާއްޖޭގައި މިވަގުތު ބޭނުންކުރުމަށް ހުއްދަ ދީފައި ވަނީ ކޮވިޝީލްޑް ވެކްސިން އާއި، ސިނޮފާމް އަދި ފައިޒާ ވެކްސިންއެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމްފައިޒަރކޮވިޑް-19ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު