Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިފްކޯގެ މަސައްކަތްތައް

ޕްރޮޑަކްޝަން މަޑުޖައްސާލަފައި އޮތް ނަމަވެސް މަސްވެރިންނަށް އެއްވެސް ދައްޗަކާއި ކުރިމަތިލާކަށް ނުޖެހޭނެ: މިފްކޯ

4 އެޕްރީލު 2021 | އާދީއްތަ 19:07

އެސެސްމެންޓްގެ މަސައްކަތް ނިމުނުހާ އަވަހަކަށް ޕްރޮޑަކްޝަންގެ މަސައްކަތް ފަށާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 އެޕްރީލު 2021 | އާދީއްތަ 19:07
ފެލިވަރު މަސް ފެކްޓަރީ، ކޮވިޑަށް ގިނަ މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން ޕްރޮޑަކްޝަންގެ މަސައްކަތް ވަނީ ހުއްޓާލާފައި

ފެލިވަރު މަސް ފެކްޓަރީ، ކޮވިޑަށް ގިނަ މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން ޕްރޮޑަކްޝަންގެ މަސައްކަތް ވަނީ ހުއްޓާލާފައި

ކޮވިޑް-19ގެ ކޭސްތަކާއި ގުޅިގެން ފެލިވަރުގައި ޕްރޮޑަކްޝަން މިވަގުތަށް މަޑުޖައްސާލަފައި އޮތް ނަމަވެސް މަސްވެރިންނަށް އެއްވެސް ދައްޗަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިފްކޯގެ ޖެނަރަލް މެނޭޖަރު އަހުމަދު ނަވާޒު ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް ފެނުމާއި ގުޅިގެން މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓީމްއާއެކު ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ހާލަތު ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެސެސްމެންޓް ހަދަމުންދާ ކަމަށް ނަވާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިވަގުތު ފެލިވަރުގައި ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިއަށް ނުދާކަން ފާހަގަކުރައްވައި ނަވާޒު ވިދާޅުވީ އެސެސްމެންޓް ހަދާ ނިމުމުން މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ވިދާޅުވީ ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިއަށް ނުދިޔަ ނަމަވެސް މަސްވެރިންނަށް ދޭން ޖެހޭ ޚިދުމަތްތައް ދެމުންދާ ކަމަށާއި، ބަނދަރުގައި ހުރި ބޯޓު ފަހަރު ފުލް ކެޕޭސިޓީ ހަމަވަންދެން މަސްގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މަސްކިރުމާއި، އައިސްގެ އިތުރުން ތެޔޮ ވިއްކަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން މިފްކޯ ވަނީ ވަރަށް ބޮޑަށް އެހާލަތަށް ތައްޔާރުވެފައެވެ. މިފަދަ ހާލަތެއް ކުރިމަތިވެދާނެކަމަށް ލަފާކޮށް ޚާއްސަ އެސްއޯޕީއެއް ނެރިފައިވެއެވެ. މިއެސްއޯޕީއާ އެއްގޮތަށް ކުރީބައިގައި ޕްރޮޑަކްޝަން ވަނީ ނިންމާފައިވާތީ ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ވެސް އެއްވެސް ދައްޗަކާއި ނުލާ ޕްރޮޑަކްޓްތައް ނެރެވޭނެކަން ނަވާޒު ފާހަގަކުރެއްވިއެވެ.

މާރިޗް 24ވަނަ ދުވަހުން ފެށިގެން ފެލިވަރު މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، ޕޮޒިޓިވްވި މީހުންނަށް ފެލިވަރު އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުން އަންނަ ކަމަށާއި، ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ ހުރިހާ ސައިޓްތަކެއްގައިވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަމުން އަންނަ ކަމަށެވެ.

މިފްކޯމަސްވެރިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
19 އޯގަސްޓު 2025

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

19 އޯގަސްޓު 2025
ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން
08 ޖުލައި 2025

"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"

08 ޖުލައި 2025
"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"
02 ޖުލައި 2025

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް

02 ޖުލައި 2025
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް