Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފީއަލީ ކުޑަކުދިންގެ ޕާކު ހުޅުވުން

ފީއަލީ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ "ކޮއިކޮކާ" ބަގީޗާ ހުޅުވައިފި

މަސައްކަތް އެހާ ފުރިހަމަކަމާއެކު ނިންމާލެވުނީ ހެޔޮ އެދޭ ގިނަ ފަރާތްތަކެއްގެ އެހީއާއެކުގައި ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2021 | އާދީއްތަ 12:03
ފީއަލީ "ކޮއިކޮކާ" ބަގީޗާ

ފީއަލީ "ކޮއިކޮކާ" ބަގީޗާ

ފ. ފީއަލީ ކައުންސިލާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް ގުޅިގެން ގާއިމުކުރި، "ކޮއިކޮކާ" ބަގީޗާ އާންމުންނަށް ހުޅުވާލައިފިއެވެ.

ފީއަލީގައި ޕާކެއް ހެދުމުގެ މަސައްކަތް ފެށުނު ގޮތާއި ބެހޭގޮތުން، އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ރަށު ރައްޔިތުން އެހެން ރަށްރަށަށް ޒިޔާރަތްކުރުމަށްފަހު، އެރަށްރަށުގައި ހަދާފައިވާ ޕާކުތަކާ ހިތްފަސޭހަ މައިޒާންތައް ފެނި، ފީއަލީގައި އެފަދަ ތަނެއް ހަދާނީ ކޮން ދުވަހަކަންތޯ އަބަދުވެސް އަހާ ކަމަށެވެ.

Advertisement - newsAdvertisement

އެހެން ކަމުން ރަށުގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކައުންސިލުން ފެށި ކަމަށް ޖަލީލު ވިދާޅުވިއެވެ. އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން އެކަން އަތޮޅު ކައުންސިލަށް ހުށަހެޅުމުން، 150،000 ރުފިޔާގެ ބަޖެޓެއް ލިބުނު ކަމަށް ޖަލީލު ވިދާޅުވިއެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ޔޫތު މިނިސްޓްރީގެ ފަރާތުން ވެސް 197000 ރުފިޔާގެ ސާމާނު ލިބުނުކަމަށް ޖަލީލް ވިދާޅުވިއެވެ.

ފީއަލީ ބަގީޗާ ހުޅުވުމުގެ މުނާސަބަތުގައި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުވަނީ، މިކަމުގައި އަމަލީގޮތުން ހަރަކާތްތެރިވި، ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ފީއަލީ ކުޑަކުދިންގެ ބަގީޗާގެ އަމަލީ މަސައްކަތް ޖުމްލަ 10 މަސްދުވަހުގެތެރޭ ނިންމާލާފައި ވާއިރު، އެ މަސައްކަތް ކޮށްފައިވަނީ، ކައުންސިލުގެ މުވައްޒަފުންނާއި، ރަށުގެ އެހެން މުއައްސަސާތަކުގެ މުވައްޒަފުން ކަމަށް ޖަލީލް ވިދާޅުވިއެވެ. އަދި މި މަސައްކަތް އެހާ ފުރިހަމަކަމާއެކު ނިންމާލެވުނީ، ހެޔޮ އެދޭ ގިނަ ފަރާތްތަކެއްގެ އެހީއާއެކު ކަން ފާހަގަ ކުރައްވާ، ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ފުލުހުންނާއި، އަމިއްލަ ފަރާތްތަކުން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ވަކިން ޚާއްސަކޮށް "ކޮއިކޮކާ" ބަގީޗާ ފަރުމާކުރުމުގައި، އެމްއޭސީއެލްގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓުގައި ވަޒީފާއަދާކުރައްވާ، އެރަށު މުޙައްމަދު ޝިހާމްގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަ ކުރައްވާ އޭނާއަށް، ކައުންސިލުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ބަގީޗާއަށް 'ކޮއިކޮކާ" ބަގީޗާގެ ނަމުން ނަން ދެވުނު ގޮތާއި ބެހޭގޮތުން ޖަލީލް ވިދާޅުވީ، އެތަނަށް ކިޔާނެ ނަމެއް ފާސްކުރުމަށް ކައުންސިލުގައި މަޝްވަރާކުރުމަށް ފަހު، ނަމެއް ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ހުޅުވާލި ކަމަށެވެ. އެގޮތުން ހުށަހެޅުނު ނަންތަކުގެ ތެރެއިން ގިނަ ބައެއްގެ ތާއީދު ލިބުނީ، "ކޮއިކޮކާ" މި ނަމަށެވެ.

ރަށްރަށުގައި ޕާކުތަކާއި، ހިތްފަސޭހަ މައިޒާންތައް ހެދުމަކީ މިހާރުގެ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިހާރުވެސް 105 ރަށެއްގެ ކުޑަކުދިންގެ ޕާކް ހެދުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.  

ޔޫތު މިނިސްޓްރީފީއަލި ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

11 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

10 ޑިސެމްބަރު 2025
ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

10 ޑިސެމްބަރު 2025
ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި

ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު