Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ މުވައްޒަފުން

ޔޫތް މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ގޮނޑިއެއް، ސިސްޓަމެއް ނެތް، ފާހަނާ އަށް ދާން ޖެހެނީ ގެއަށް

ސިޔާސީ މުވައްޒަފުން ވެސް ވަނީ ސިޔާސީ އެޕޮއިންޓީސް ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި އެކަމުގެ ނުރުހުން ފާޅުކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ޖުލައި 2024 | ހުކުރު 18:39
ވެލާނާގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ވެލާނާގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮރމޭޝަން އެންޑް އާޓްސްގެ ދަށުން މަސައްކަތްކުރާ ބައެއް މުވައްޒަފުން މަސައްކަތް ކުރާނެ މާހައުލެއް ނެތި އެކަމުގެ ޝަކުވާ މުވައްޒަފުން ކުރަން ފަށައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވުޒާރާގެ މުވައްޒަފުންނަށް ލިބެންޖެހޭ އަސާސީ ހައްގުތައް ވެސް ފުރިހަމަ އެއް ނުވެއެވެ. އެގޮތުން ކުޑަމިނުން ފާހާނާއަށް ދެވޭނެ އިންތިޒާމްވެސް މަސައްކަތް ކުރާ މާހައުލުގައި ބައެއް މުވައްޒަފުންނަށް ހަމަޖެހިފައި ނެތް ކަމަށް ވަނީ އެނގިފައެވެ. އެ މުވައްޒަފުން ފާހާނާ އަށް ދާންވުމުން ދާން ޖެހެނީ ގެއަށް ކަަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތުން އެންސީއޭގެ މުވައްޒަފުން އުޅެން ޖެހިފައި ވަނީ ވަރަށް ދަތި ހާލަތުގައި ކަމަށް ވަނީ އެނގިފައެވެ. ހަ މަސް ދުވަސް ވެގެން ދިޔައިރު ވެސް އިށީންނާނެ ގޮނޑި އެއް ނެތި ބައެއް މުވައްޒަފުން ތިބި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ބައެއް މުވައްޒަފުންނަށް މަސައްކަތް ކުރާނެ ސިސްޓަމެއް ވެސް ދީފައެއް ނުވެއެވެ. ސިސްޓަމްތައް ލިބުނު މުވައްޒަފުންނަށް ވެސް ސޮފްޓްވެއަރތައް އަޕްޑޭޓް ނުކޮށް ހުރުމުގެ ސަބަބުން ވަނީ މަސައްކަތް ކުރެވޭ ގޮތް ނުވެފައެވެ. އަދި އޮފީހަށް އަމިއްލަ ލެޕްޓޮޕާއި ޓެބްލެޓް ގެނައި ނަމަވެސް އިންޓަރނެޓް ވެސް އެ އޮފީހުގެ ބައެއް އިދާރާތަކަށް ރަނގަޅަށް ނުލިބޭ ކަމަށް ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ. ބައެއް މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ އަމިއްލަ ހޮޓްސްޕޮޓްގައެވެ.

އަދި އޮފީހުގައި އެންމެންނަށް ބޭނުންވާ ވަރަށް ޕަވަރ ކޯޑް ނެތުމުން ގެއިން ބައެއް މުވައްޒަފުން އަންނަނީ ޕަވަރ ކޯޑްވެސް ހިފައިގެންނެވެ.

މި ކަމާއި ގުޅިގެން އެ ވުޒާރާ އަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން ވެސް ވަނީ ސިޔާސީ އެޕޮއިންޓީސް ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި އެކަމުގެ ނުރުހުން ފާޅުކޮށްފައި ކަމަށް ވަނީ އެނގިފައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު