Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށުން

އާދިއްތަ ދުވަހު ވެކްސިން ޖަހާނީ ފެބްރުއަރީ 1ން 7ށް ފުރަތަމަ ޑޯޒް ޖެހި މީހުން

3 އެޕްރީލު 2021 | ހޮނިހިރު 17:02

ފެބްރުއަރީ މަހުގެ 1ން 7 ވަނަ ދުވަހާ ހަމައަށް މުޅި ރާއްޖެއިން 9752 މީހުން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްގެ ވެކްސިން ޖަހާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 އެޕްރީލު 2021 | ހޮނިހިރު 17:02
ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމުގެ ތެރެއިން

ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމުގެ ތެރެއިން

އާދިއްތަ ދުވަހު ދެވަނަ ޑޯޒްގެ ވެކްސިން ޖަހައިދޭނީ ފެބްރުއަރީ 1ން 7ށް ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ޖަހަން ފަށާފައިވާއިރު، އެ ވެކްސިންގެ ދެވަނަ ޑޯޒް ހޮނިހިރު ދުވަހުން ފެށިގެން ވަނީ ޖަހަން ފަށާފައެވެ. އެގޮތުން ހޮނިހިރު ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް މާލެ ސަރަހައްދުގައި ޖަހަން ފަށާފައިވާ އިރު، އެ ދުވަހު ޖަހާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހާއި ދެމެދު ވެކްސިން ޖެހި މީހުންނަށެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ހޮނިހިރު ދުވަހުގެރޭ އެ އެޖެންސީގެ ކޮމިއުނިޓީ ވައިބަރ ގްރޫޕުގައި އާންމު ކުރި މެސެޖުގައި  ބުނެފައިވަނީ ދެވަނަ ޑޯޒް ޖެހުމުގެ ޕްރޮގްރާމުގެ ތެރެއިން އާދީއްތަ ދުވަހު ވެކްސިން ޖަހާނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހާއި 7 ވަނަ ދުވަހާއި ދެމެދު ވެކްސިން ޖެހި މީހުންނަށް ކަމަށެވެ.

ފެބްރުއަރީ މަހުގެ 1ން 7 ވަނަ ދުވަހާ ހަމައަށް މުޅި ރާއްޖެއިން 9752 މީހުން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްގެ ވެކްސިން ޖަހާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 7963 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖެހި 1789 މީހުންނެވެ.

ޑަބްލިއުއެޗްއޯގެ ގައިޑްލައިންގައި ބުނާ ގޮތުން، ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ފަހުން އެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން އެންމެ ރަނގަޅީ ފުރަތަމަ ޑޯޒް ޖަހާފަހުން 8 ހަފްތާއާއި 12 ހަފްތާއާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ.

ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝެނަލް އާޓް ގެލެރީ، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ކުރީގެ ފްލޫ ކްލިނިކް) އަދި ސެނަހިޔާގައި ހެނދުނު 10:00ން ފެށިގެން މެންދުރުފަހު 3:00ށެވެ. ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ހެންދުނު 10:00ން ފެށިގެން މެންދުރު 2:00ށެވެ.

މާލެ ސަރަހައްދުގައި ދޭން ފަށާފައިވަނީ ކޮވިޑްޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒެެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން އަންނައިރު ވެކްސިން ކާޑާއެކު އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑު ގެންނަން ވާނެކަމަށް ބުނެފައެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މާލެ ސަރަހައްދުގައި، ހޮނިހިރު ދުވަހުން ފެށިގެން ދެން ކުރިއަށްދާނީ ރައްޔިތުންގެ މަޖިލީހާއި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހެންދުނު 10:00 ފެށިގެން މެންދުރުފަހު 3:00ށެވެ.

ރަމަޟާން މަސް ފެށުމުގެ ކުރިން ވެކްސިން ޖެހޭ އުމުރުފުރައިގެ ހުރިހާ އެންމެނެވެސް ފުރަތަމަ ޑޯޒް ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

5

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް