Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފެރޯސް ގޯލްޑެން ޕެރޭޑް

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

3 އެޕްރީލު 2021 | ހޮނިހިރު 15:35

މިއީ މިސްރުގެ ފަތުރުވެރިކަމަށް ލިބުނު ހީނަރުކަމުން އަރައިގަތުމަށް ހިންގާ ޚާއްސަ ހަރަކާތެއް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 3 އެޕްރީލު 2021 | ހޮނިހިރު 15:35
ކުނިނުވާގޮތަށް ހަދާފައިވާ ޝާހީ ގަބުރެއް

ކުނިނުވާގޮތަށް ހަދާފައިވާ ޝާހީ ގަބުރެއް

މީގެ 3000 އެތައް އަހަރެއް ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް މިސްރުގައި ބޭއްވުމުގެ ފަހުގެ ތައްޔާރީތައް ނިމިއްޖެއެވެ.

ހޮނިހިރުދުވަހުގެ ރޭ މިސްރުގެ ވެރިރަށް ގާހިރާގެ މަގުތަކުގައި ބޭއްވޭ ޕެރޭޑުގައި ކުނިނުވާގޮތަށް ހަދާފައިވާ ޖުމްލަ 22 ރަސްރަސްކަލުންނާއި ރަނިންގެ ގަބުރު ބައިވެރިކޮށްފައިވެއެވެ. މި ޕެރޭޑަކީ ފުސްތާތުގެ އާ ދާރުލްއާސާރަށް ގަބުރުތައް އުފުލުމަށް ބޭއްވޭ ޕެރޭޑެކެވެ.

މިސްރުގެ ތަހުރީރު މައިދާނުގައި ހުންނަ ދާރުލްއާސާރުން، ޕެރޭޑަށް މި ގަބުރުތައް ނެރޭނީ ރަސްމީ އިއްޒަތުގައެވެ. ކޮންމެ ގަބުރެއް ވެސް އުފުލާނީ ޖަރީކޮށްފައިވާ އުޅަނދެއްގައެވެ. އެއިން ކޮންމެ އުޅަނދެއްގެ ވަށައިގެން ތަފާތު ހަރަކާތްތަކެއް ފެނިގެންދާނެއެވެ. އެގޮތުން ޒާތްޒާތުގެ ހެދުން އަޅައިގެން ތިބޭ މީހުނާއި، އަސްތަކާއި، މިއުޒިކީ ހަރަކާތްތައް ކޮންމެ އުޅަނދެއްގެ ވަށައިގެން ފެނިގެންދާނެކަމަށް މިސްރުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

"ފެރޯސް ގޯލްޑެން ޕެރޭޑް" ގެ ނަމުން ނަންދެވިފައިވާ މި ޕެރޭޑުގައި ނީލަކޯރުގެ އައްސޭރިފަށުން ކުރީގެ ވެރިރަށް އަލްފުސްތާތުގައި އަލަށް ބިނާކުރި ގައުމީ ދާރުލްއާސާރަށް، ގަބުރުތައް އުފުލޭނެއެވެ.

މި ޕެރޭޑުގައި އުފުލޭނީ، 17 ވަނަ ގަރުނާއި 20 ވަނަ ގަރުނާއި ދެމެދު ވެރިކަންކުރި 18 ރަސްކަލުންނާއި، ހަތަރު ރަނިންގެ ގަބުރެވެ. މިތަނުން ގިނަ ގަބުރު ފެނިފައިވަނީ، 1800ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ.

ޕެރޭޑުގައި އުފުލޭ ގަބުރުތަކުގެ ތެރޭގައި، ރަމްސީސް-2 (19 ވަނަ ސުލާލަތުގެ ތިންވަނަ ފިރްއައުނު) އާއި، އަހްމަސު ނިފްތާރީ (18 ވަނަ ސުލާލަތުގެ ދެވަނަ ފިރްއައުނުގެ މަންމަ) އާއި، ރަމްސީސް 5 ( 12 ވަނަ ސުލާލަތުގެ ހަތަރުވަނަ ފިރްއައުނު) ގެ ގަބުރު ފާހަގަކޮށްލެވެއެވެ.

ތާރީޚީ މި ހަރަކާތަކީ، ކޮވިޑް ބަލިމަޑުކަމާ ގުޅިގެން މިސްރުގެ ފަތުރުވެރިކަމަށް ލިބުނު ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ހިންގާ ޚާއްސަ ހަރަކާތެކެވެ. މީގެ ސަބަބުން، މިސްރުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް މާހިރުން ލަފާކުރެއެވެ.

މިޞްރު

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ

14 އޮކްޓޯބަރު 2025
ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ
12 އޮކްޓޯބަރު 2025

ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ

12 އޮކްޓޯބަރު 2025
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ
11 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

11 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
07 އޮކްޓޯބަރު 2025

ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި

07 އޮކްޓޯބަރު 2025
ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި
05 އޮކްޓޯބަރު 2025

ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް

05 އޮކްޓޯބަރު 2025
ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް
14 އެޕްރީލު 2025

ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު

14 އެޕްރީލު 2025
ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު
19 މާރިޗު 2025

އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން

19 މާރިޗު 2025
އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން
27 ޖެނުއަރީ 2025

ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި

27 ޖެނުއަރީ 2025
ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި
21 އޮކްޓޯބަރު 2024

މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި

21 އޮކްޓޯބަރު 2024
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް