Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރާމޯސްގެ ކުޑަކަޅުވާއަށް އަނިޔާވުން

ރާމޯސްއަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

މި އަނިޔާގެ ސަބަބުން އެލް ކްލަސިކޯ މެޗުގައިވެސް ރާމޯސްއަށް ނުކުޅެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 އެޕްރީލު 2021 | ބުރާސްފަތި 17:36
މީގެ ކުރިން ރެއާލާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ސަލާހަށް ރާމޯސް ކުރި ފައުލުގެ

މީގެ ކުރިން ރެއާލާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ސަލާހަށް ރާމޯސް ކުރި ފައުލުގެ

ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

އުމުރުން 35 އަހަރުގެ ރާމޯސްގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެފައިވާކަން ޔަގީންވީ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުދަ ދުވަހުގެރޭ ކޮސޯވޯ އަތުން 3-1 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗަށްފަހު ހެދި ޓެސްޓުތަކުންނެވެ. އެގޮތުން އެ މެޗުގެ ފަހުކޮޅު ރާމޯސް ކުޅެން އެރިއިރު، އެ މެޗުގެ ކުރިންވެސް ފަރިތަކުރުންތަކުގައިވެސް ކުޑަކަޅުވާ މަސްގަނޑަށް ތަދުވާކަން އިހުސާސްވި ކަމަށް ރާމޯސް ވަނީ ބުނެފައެވެ.

މި އަނިޔާއާ ގުޅިގެން ރާމޯސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ލިވަޕޫލާ ދެކޮޅަށް ކުޅޭ ކުއާޓާގެ ދެ ލެގުގައިވެސް ރާމޯސްއަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން މި މަހުގެ 10 ވަނަ ދުވަހު ކުޅޭ އެލް ކްލަސިކޯ މެޗުގައިވެސް ރާމޯސްއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާމޯސްއަށް އަނިޔާވިއިރު، ކުއާޓާގެ ފުރަތަމަ ލެގުގައި ރެއާލާއި ލިވަޕޫލް ބައްދަލުކުރާ މެޗު ސްޕެއިނުގައި ކުޅެން ތާވަލުކޮށްފައި އޮތީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ. އަދި ކުއާޓާގެ ދެވަނަ ލެގު ކުޅޭނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އިންގްލެންޑުގައެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ރެއާލް ބައްދަލުކުރާއިރު، މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2017-2018 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައެވެ. އެ ފަހަރު ރެއާލުން ވަނީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެ މެޗުގައި ލިވަޕޫލުގެ މިސްރު ފޯވާޑް މުޙައްމަދު ސަލާހަށް ރާމޯސް ކުރި ފައުލުގެ ވާހަކަ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި ދެކެވުނެވެ. އަދި އެ ވާހަކަތަކުގެ ތެރެއިން ރެއާލާއި ލިވަޕޫލުގެ ކުރީގެ ކުޅުންތެރިންނާއި ކޯޗުންވެސް ވަރަށް ބޮޑަށް ބަހުގެ ހަމަލާ ބަދަލުކުރިއެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ރެއާލާއި ލިވަޕޫލް ވަނީ މިހާތަނަށް ޖުމްލަ ހަ ފަހަރު ބައްދަލުކޮށްފައެވެ. އެގޮތުން މި ކުރިމަތިލުންތަކުގައި ކޮންމެ ޓީމެއް ވަނީ ތިން މެޗުން މޮޅުވެފައެވެ.

ސާޖިއޯ ރާމޯސްރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު