Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދުރޭ ހަޑިހުތުރު ބަސް ބޭނުންކުރި މައްސަލަ

ހަޑިހުތުރު އެއްޗެހި ކިޔައިގެން އަދުރޭގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ

އަޑުއެހުން ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އެޕްރީލު 2021 | ބުރާސްފަތި 02:34
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)- އަދުރޭގެ މައްޗަށް އުފުލާފައިވަނީ ހަޑިހުތުރު އެއްޗެހި ކިއުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ

އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)- އަދުރޭގެ މައްޗަށް އުފުލާފައިވަނީ ހަޑިހުތުރު އެއްޗެހި ކިއުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ

އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވާ އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެެއް ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަދުރޭގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިއުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށެވެ. ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރިއެއް ކަމަށްވާ އަބްދުއްރަހީމްގެ މައްޗަށް ދައުވާކޮށްފައިވަނީ ކްރިމިނަލް ކޯޓު ސަރަޙައްދުގައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައެވެ. އެގޮތުން ރައީސް ޔާމީނަށް ޙުކުމް ކުރެއްވުމުން އަދުރޭ ވަނީ ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންނަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުން ކުރައްވައި ވާހަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުލަތުން ދައުވާ އިއްވާފައިވާއިރު، ދައުވާގައި ބުނެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމްކުރުމަށް ކްރިމިނަލް ކޯޓުގައި 28 ނޮވެމްބަރު 2019 ވަނަ ދުވަހު ބޭއްވި ޝަރީޢަތް، އެކޯޓުގައި ކުރިއަށްދަނިކޮށް، ކްރިމިނަލް ކޯޓު ސަރަޙައްދުގައި ހިނގަމުންދިޔަ މުޒާހަރާގައިހުރެ، ހަޑިހުތުރު އެއްޗެހިކިޔައި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެދައުވާގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި ފަސް ފަނޑިޔާރުންނަށް ނިސްބަތްވާގޮތަށް ހަޑިހުތުރުބަސް ބޭނުންކޮށް، އެބޭފުޅުންގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށްލާނެކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ސަރަޙައްދު ކައިރީގައި ހުންނަވައިގެން ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައި އަބްދުއްރަހީމްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މި މައްސަލައަކީ ޑީޖޭއޭއިން ފުލުހުންނަށް ހުށައެޅި މައްސަލައެކެވެ.

ކުރީގެ ރައީސް ޔާމީނަށް ކުށް ސާބިތުވާކަމަށް ނިންމާ ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ މީރާއަށް ދައްކަން ޖެހޭ ގޮތަށް ހުކުމް އިއްވީ 28 ނޮވެންބަރު 2019 ގައެވެ. އެ ދުވަހު ކްރިމިނަލް ކޯޓު ސަރަޙައްދުގައި އެ މަނިކުފާނުގެ ސަޕޯޓަރުން މުޒަހަރާ ވެސް ކޮށްފައި ވެއެވެ.

ޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
17 ފެބުރުއަރީ 2025

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

17 ފެބުރުއަރީ 2025
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު
03 ފެބުރުއަރީ 2025

އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް

03 ފެބުރުއަރީ 2025
އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
28 ޖެނުއަރީ 2025

ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް

28 ޖެނުއަރީ 2025
ފައިސަލް އަށް ޓަކައި ފަޚުރުވެރިވަން. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރީ އިޚްލާޞްތެރިކަމާއި އެކު: އަބްދުއްރަހީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު