Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެްފްރާންސްގައި ކޮވިޑުގެ ޙާލަތު ގޯސްވުން

ތިންވަނަ ލޮކްޑައުންއާއެކު ފްރާންސްގެ ސުކޫލުތައްވެސް ބަންދު ކުރަނީ

މެކްރޮން ވަނީ ފްރާންސް މިވަގުތު އޮތީ ވަރަށް ނާޒުކު ޙާލަތެއްގައި ކަމަށް ސިފަ ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އެޕްރީލު 2021 | ބުރާސްފަތި 02:40
ފްރާންސް- އެ ޤައުމުން މިހާތަނަށް ބައިލައްކައާ ގާތްކުރާ އަދަދަކަށް ކޮވިޑު ޖެހިގެން މީހުން ނިޔާވެފައިވޭ

ފްރާންސް- އެ ޤައުމުން މިހާތަނަށް ބައިލައްކައާ ގާތްކުރާ އަދަދަކަށް ކޮވިޑު ޖެހިގެން މީހުން ނިޔާވެފައިވޭ

ކޮވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުވެ ފްރާންސް 3 ވަނަ ފަހަރަށް ލޮކްޑައުން ކުރުމާއެކު، ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ ޤައުމުގެ ސުކޫލުތައް ބަންދު ކުރުމަށް ނިންމައިފިއެވެ.

ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮންއާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އަންނަ ހަފްތާއިން ފެށިގެން އެ ޤައުމުގެ ސުކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މި ނިންމުން ގާތްގަނޑަކަށް 3 ހަފްތާ ވަންދެން ދެމި އޮންނާނެކަމަށް މެކްރޮން ވިދާޅުވިއެވެ. މިހިނގާ މާރޗު މަހުގެ ކުރީކޮޅުން ފެށިގެން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ލޮކްޑައުންގެ ފިޔަވަޅުތައް ޤާއިމު ކުރަމުންދާއިރު، އެ ޤައުމުގައި ކޮވިޑުގެ ޙާލަތުވެސް ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުންނެވެ.

ބުދަ ދުވަހު ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މެކްރޮން ވަނީ ފްރާންސް މިވަގުތު އޮތީ ވަރަށް ނާޒުކު ޙާލަތެއްގައި ކަމަށް ސިފަ ކުރައްވާފައެވެ. އަދި އޭޕްރީލް މަސް ފެށިގެންދާ މި ދަނޑިވަޅުގައި ކޮވިޑުން ރައްކާތެރިވުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން މެކްރޮން ފާހަގަ ކުރެއްވިއެވެ. އަދި އެކަން ކުރުމަށްޓަކައި ވެކްސިން ޕްރޮގްރާމް ފުޅާކޮށް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށްވެސް މެކްރޮން ވިދާޅުވިއެވެ.

މެކްރޮން ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބައިފިނަމަ އެ ޤައުމަށް ދިމާވެފައިވާ ކޮވިޑުގެ ނުރައްކާތެރި ޙާލަތުން އަވަހަށް އަރައިގަނެވުން ގާތް ކަމަށެވެ. އެގޮތުން މެކްރޮން އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކޮށް ބުރާސްފަތި ދުވަހު ވޯޓަށް އެހުމަށްފަހު، ލޮކްޑައުންގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ފްރާންސުން މިހާތަނަށް 4.6 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދުވެސް ވަނީ ލައްކައަކާއި ގާތް ކޮށްފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ޤައުމުން ވަނީ ކޮވިޑު ޖެހިގެން 95،495 މީހަކު މަރުވެފައެވެ.

ފްރާންސްކޮވިޑް-19ކޮރޯނާވައިރަސް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
26 ނޮވެމްބަރު 2025

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު