Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ދެވަނަ ޑޯޒަށްފަހު ދަތުރު ކުރެވޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 31 މާރިޗު 2021 | ބުދަ 10:53
ދިރާގު މުވައްޒަފުންނަށް ވެކްސިނޭޝަން ޕްރޮގްރާމުގެ ތެރެއިން ވެކްސިން ޖެހުން

ދިރާގު މުވައްޒަފުންނަށް ވެކްސިނޭޝަން ޕްރޮގްރާމުގެ ތެރެއިން ވެކްސިން ޖެހުން

އެޕްރީލް މަހުގެ ތިންވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންފަށާނެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާރސަން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، އެޕްރީލް މަހުގެ 3 ވަނަދުވަހު ދެވަނަ ޑޯޒް ޖަހަންފަށާ، މެއި މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ދެވަނަ ޑޯޒް ޖެހުމަށްފަހު ކަރަންޓީނުނުވެ ދަތުރުކުރެވޭނެ ކަމަށާއި ބައިނަލްއަގްވާމީ ގޮތުން ވެސް އެކަން އެގޮތަށް ހިނގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވެސް އަތޮޅުތެރެއަށް ދަތުރުކުރެވޭނެ ގޮތް ހެދިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް އަދި ވަކި ތާރީހެއް އަދި ދެންނެވެން ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިކަމުގެ މަޝްވަރާތައް ސަރުކާރުގެ ތެރޭގައި މިހާރުވެސް ކުރެވެމުންދާކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު އުޅެނީ ދެލައްކަ ތިރީސް ފަސް ހާހުން މަތީގައެވެ. ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފަށާފައިވަނީ، ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފަށާފައިވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޑް ޝީލްޑް ވެކްސިނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމްކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު