Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ އާއި ޕޯޓޯގެ މެޗުތައް

ޗެލްސީ އާއި ޕޯޓޯގެ ދެ ލެގުވެސް ސްޕެއިނުގައި

މި މެޗު ޕޯޗުގަލުގައި ނުކުޅެވުނީ ކޮވިޑާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 30 މާރިޗު 2021 | އަންގާރަ 18:35
ސްޕެއިނުގެ ސެވިލުގައި ހުންނަ ސެވިއްޔާގެ ދަނޑު

ސްޕެއިނުގެ ސެވިލުގައި ހުންނަ ސެވިއްޔާގެ ދަނޑު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޗެލްސީ އާއި ޕޯޓޯ ބައްދަލުކުރާ ދެ ލެގުވެސް ސްޕެއިނުގެ ސެވިލުގައި ކުޅެން ނިންމައިފިއެވެ.

މީގެ ކުރިން ޔުއެފާއިން ތާވަލުކޮށްފައި އޮތް ގޮތުން ކުއާޓާގެ ފުރަތަމަ ލެގު ޕޯޓޯގެ ދަނޑުގައި ކުޅޭނީ އަންނަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގު ޗެލްސީގެ ދަނޑުގައި ކުޅެން ތާވަލުކޮށްފައި އޮތީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.

އެކަމަކު ކޮވިޑް-19 އާ ގުޅިގެން ޕޯޗުގަލުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، ފުރަތަމަ ލެގުގެ މެޗު ޕޯޗުގަލުގައި ނުކުޅެވޭނެއެވެ. އެހެންކަމުން ޔުއެފާއިން މިހާރު ވަނީ ދެ ލެގުވެސް ނިއުޓްރަލް ދަނޑެއްގައި ކުޅެން ނިންމާފައެވެ. އެގޮތުން ކުއާޓާގައި ޗެލްސީ އާއި ޕޯޓޯ ބައްދަލުކުރާ ދެ ލެގުވެސް މިހާރު ކުޅެން ހަމަޖެހިފައިވަނީ ސްޕެއިނުގެ ސެވިލުގައި ހުންނަ ސެވިއްޔާގެ ދަނޑުގައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ޗެލްސީ އާއި ޕޯޓޯ ބައްދަލުކުރާ ދެ ލެގުވެސް ސްޕެއިނުގައި ކުޅޭއިރު، މީގެ ކުރިން މި މުބާރާތުގެ ދެވަނަ ބުރުގައި ޗެލްސީއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑުގެ ހޯމް މެޗު ވަނީ ރޯމޭނިއާގެ ބުކަރެސްޓުގައި ކުޅެފައެވެ. އެ މެޗު ރޯމޭނިއާގައި ކުޅުނީ ސްޕެއިނުގެ ސަރުކާރުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުގެ ސަބަބުން، އިންގްލެންޑުން އަންނަ މީހުންނަށް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ސްޕެއިނަށް އެތެރެނުވެވުމުންނެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާގެ މެޗުތައް އޭޕްރީލް މަހު ކުޅޭއިރު، އެއަށްފަހު މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މެއި މަހުގެ ހަތަރެއް އަދި ފަސްވަނަ ދުވަހުއެވެ. މީގެ އިތުރުން މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހު އިސްތަންބޫލުގައެވެ.

ޗެމްޕިއަންސް ލީގުޗެލްސީޕޯޓޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު