Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލެވަންޑޯސްކީގެ ކަކުލަށް އަނިޔާވުން

ލެވަންޑޯސްކީއަށް ޕީއެސްޖީއާ ދެކޮޅަށްވެސް ނުކުޅެވޭނެ

ލެވަންޑޯސްކީ ވަނީ މަދުވެގެން ހަތަރު ހަފުތާއަށް ކުޅުމާ ދުރަށްދާން ޖެހިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 30 މާރިޗު 2021 | އަންގާރަ 16:41
ބަޔާން މިއުނިކުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ

ބަޔާން މިއުނިކުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ

ކަކުލަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ބަޔާން މިއުނިކުން ކުޅޭ މެޗުގައިވެސް ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަށް ނުކުޅެވޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލެވަންޑޯސްކީއަށް އަނިޔާވީ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އާދީއްތަ ދުވަހުގެރޭ އެންޑޯރާ އަތުން 3-0 ގެ ނަތީޖާއަކުން ޕޮލެންޑް މޮޅުވި މެޗުގައެވެ. އެ މެޗުގައި ލެވަންޑޯސްކީ ދެ ލަނޑު ޖެހި ނަމަވެސް، އޭގެ ފަހުން ކަކުލަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފައެވެ. އެއާއެކު އެ މެޗަށްފަހު ލެވަންޑޯސްކީގެ އިތުރު ޓެސްޓުތައް ހެދިއިރު، މަދުވެގެން 10 ދުވަހަށް އޭނާ ކުޅުމާ ދުރަށްދާން ޖެހިފައިވާކަން ޕޮލިޝް އެފްއޭއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

އެކަމަކު އަނިޔާއާ ގުޅިގެން ލެވަންޑޯސްކީ އަނބުރާ ޖަރުމަނަށް ދިޔައިރު، މަދުވެގެން ހަތަރު ހަފުތާއަށް އޭނާ ކުޅުމާ ދުރަށްދާން ޖެހިފައިވާކަމަށް ބަޔާނުން ވަނީ ބުނެފައެވެ. އެހެންކަމުން އަން އޭޕްރީލް މަހުގެ ހަތްވަނަ ދުވަހާއި، 13 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ޕީއެސްޖީއާ ދެކޮޅަށް ބަޔާނުން ކުޅޭ މެޗުގައި ލެވަންޑޯސްކީއަށް ނުކުޅެވޭނެއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގެ މެޗުތައް އަންނަ މަހު ކުޅޭއިރު، އެއަށްފަހު ސެމީ ފައިނަލް ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 27 އާއި 28 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މެއި މަހުގެ ހަތަރެއް އަދި ފަސްވަނަ ދުވަހުއެވެ. އެހެންކަމުން ސެމީގެ ފުރަތަމަ ލެގުވެސް ލެވަންޑޯސްކީއަށް ގެއްލޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލެވަންޑޯސްކީގެ ކަކުލަށް އަނިޔާވިއިރު، އަންނަ ހޮނިހިރު ދުވަހުގެރޭ ޖަރުމަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން، ތާވަލުގެ ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގާ ދެކޮޅަށް ނުކުންނާނެއެވެ. އެހެންކަމުން އެ މެޗުގައިވެސް ލެވަންޑޯސްކީއަށް ނުކުޅެވޭއިރު، އެއީ ބަޔާނަށް ލިބިގެންދާނެ ބޮޑު ގެއްލުމެކެވެ.

އެގޮތުން މި ފަހަކަށް އައިސް ބަޔާނުގައި ލެވަންޑޯސްކީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މި ސީޒަނުގެ ލެވަންޑޯސްކީ މިހާތަނަށް ވަނީ ޖަރުމަން ލީގުގައި 35 ލަނޑު ޖަހާފައެވެ. އަދި މި ސީޒަނުގައި ބަޔާނާއެކު ހުރިހާ މުބާރާތެއްގައި ލެވަންޑޯސްކީ ވަނީ 42 ލަނޑު ކާމިޔާބުކޮށްފައެވެ.

ރޮބަރޓް ލެވަންޑޯސްކީބަޔާން މިއުނިކް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު