Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިވިލް ސަރވިސް ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް

ސިވިލް ސަރވިސްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރުމަށް ކޮމިޓީއަށް

ބިލް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 މާރިޗު 2021 | އަންގާރަ 11:04
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ސިވިލް ސަރވިސް ކޮމިޝަންގެ ގާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުގެ ބިލް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މިބިލް ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންވެސް ވަނީ ބިލް ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. ބިލް ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ ބިލްގައި ހުރި އިސްލާހުތަކަކީ ސިވިލް ސަރވިސް ހިންގުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އެދިފައިވާ ކަންކަންކަމަށެވެ.

Advertisement - newsAdvertisement

ސިވިލް ސަރވިސް ކޮމިޝަނުގައި އަންހެން ދެ މެމްބަރުން ތިބުމަށް ލާޒިމްކޮށް ހުށަހަޅާފައިވަނީ ކޮމިޝަންތައް އެކުލަވާލުން އެއްގޮތް ކުރުމުގެ ގޮތުން ކަމަށާއި ކުރިޔަށް އޮތްތަނުގައި މިބަދަލުތައް ދެން ހުރި ކޮމިޝަންތަކަށްވެސް ގެނައުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ހުށަހަޅުއްވާފައިވާ ބިލްގެ 10 ވަނަ މާއްދާގެ ހ ގައި ވަނީ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މަދުވެގެން 2 އަންހެން މެމްބަރުން ތިއްބަވަން ވާނެއެވެ.

މީގެއިތުރުން ކޮމިޝަންގެ މެމްބަރުންގެ ކިބައިގައި ހުރުން ލާޒިމްވާ ސިފަތަކުގެ ތެރޭގައި ފުރަތަމަ ޑިގްރީ ހާސިލްކުރުމަށްފަހު ހިންގުމުގެ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންޖެހޭނެކަމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އަދި ކޮމިޝަންގެ ރައީސާއި ނާއިބުރައީސް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށްވެސް މިބިލަށް ވަނީ އިސްލާހު ގެނެސްފައެވެ.

އެގޮތުން 17 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ކޮމިޝަންގެ ރައީސަކު ނުވަތަ ނާއިބުރައީސަކު އައްޔަނުކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް އައްޔަނުކޮށްފައިވާ މެމްބަރުންގެ ތެރެއިން މީހެއްގެ ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވެ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކުރާ މީހަކު ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނާއިބުރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރަންވާނެކަމަށް 17 ވަނަ މާއްދާގެ ރ އަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.

އެހެންނަމަވެސް މި ގާނޫނަށް އަމަލުކުރަން ފަށާއިރު ކޮމިޝަންގެ ރައީސާއި ނާއިބުރައީސްކަމުގެ މަގާމަށް އައްޔަނުކޮށްފައިވާ މެމްބަރުން ގާނޫނުގައިވާ ގޮތުގެމަތިން މަގާމުން ވަކިވަންދެން ތިބޭނެކަމަށް މިބިލްގައިވެއެވެ.

މީގެއިތުރުން މިބިލަށް ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައިވާއިރު ބަހުސްގެ މަރުހަލާގައި މިބިލާމެދު މެމްބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.

ސިވިލް ސަވިރސް ކޮމިޝަން ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު