Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާގެ މައްސަލަތަކުގެ ނިންމުން

ސީއެސްސީ އަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ 87 އިންސައްތަ ވަނީ ނިންމާފައި

23 ޖުލައި 2024 | އަންގާރަ 13:13

ސީއެސްސީގެ ވިއުގަ މެދުވެރިކޮށް ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ޖުލައި 2024 | އަންގާރަ 13:13
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު

ވަޒީފާގެ މައްސަލަތަކުގެ ނިންމުން އަވަސްކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާއި 2023 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ 86% ނިމިފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މައްސަލަ ހުށަހެޅިތާ 3 ދުވަހުގެ ތެރޭގައި 2021ގައި ނިމިފައި ވަނީ 1027ގަ ކަމަށާއި، 2022ގައި މައްސަލަ ހުށަހެޅިތ 3 ދުވަހުގެ ތެރޭގައި 1494 މައްސަލަ އަދި 2023ގައި މައްސަލަ ހުށަހެޅި 3 ދުވަހުގެ ތެރޭގައި 2837 މައްސަލަ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން 3 ދުވަހުގެ ތެރޭގައި މައްސަލަތައް ނިންމޭ އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަންގެ މައިގަނޑު ވިސްނުމަކީ ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކޮށް ރަނގަޅުކުރުން ކަމަށެވެ. އަދި އިދާރާތަކާއި މުއާމަލާތުކުރުމުގައި ވިހާވެސް ބޮޑަށް ޓެކްނޮލޮޖީ ބޭނުންކުރުމަކީ އެ އިދާރާގެ ވިސްނުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސީއެސްސީގެ ވިއުގަ މެދުވެރިކޮށް ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ވިއުގަ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ނިމިދިޔަ 3 އަހަރުކޮށްފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މުވައްޒަފުން ޓްރެއިންކުރުމާއި، އިދާރާތަކުގެ ހިންގުން އޮންލައިން ނިޒާމަކަށް ބަދަލުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުން ވެސް ކުރިއަށް ދަނީ އޮންލައިންކޮށް ކަމަށް ނާސިހު ވަނީ ވިދާޅުވެފައެވެ. އެ ނިޒާމްގެ ތެރެއިން މުވައްޒަފުން ރަނގަޅުކުރަންވީ ކަންކަމާއި، މުވައްޒަފު މަސައްކަތުގައި ހޭދަކުރާ ވަގުތުވެސް ވަގުތުން އެނގޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސިވިލް ސަރވިސް އިދާރާތަކުން ދޭ ޚިދުމަތް ރަނގަޅުކުރުމަށް ސަރވިސް ޗަރޓަރެއް ވެސް ޤާއިމްކޮށްފައިވާ ކަމަށާއި އެ ޗާޓު މެދުވެރިކޮށް ޚިދުމަތް ލިބޭނެ ގޮތާއި، ޚިދުމަތް ލިބޭނެ އަވަސްމިން އެނގެން އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކޮމިޝަނުން ބާރު އަޅަނީ އެ ޗާޓަރާއި އެއްގޮތަށް މަސައްކަތް ނިންމުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޚިދުމަތާއި ގުޅޭ ގޮތުން ފީޑްބެކް ދެވޭނެ ނިޒާމެއް ވެސް އެކުލަވާލާފައިވާ ކަމަށާއި އެކަމުގެ މަޤްސަދަކީ ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާތައް މަދުކޮށް ޚިދުމަތްތައް ހަރުދަނާކުރުން ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އިދާރާތަކަށް މީހުން އައްޔަންކުރުމުގެ ބާރު ޕަރމަނަންޓް ސެކޭޓްރީންނަށް ދީފައިވާ ކަމަށާއި އެކަން އެގޮތަށް ކުރީ މުވައްޒަފުން އައްޔަންކުރުމުގެ މަރުހަލާ ލާމަރުކަޒުކޮށް އަވަސްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު ސިވިލްސަރވިސްގައި 676 އިދާރާ މަސައްކަތްކުރަމުންދާއިރު، 30،000 މުވައްޒަފުން ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި އެބަތިއްބެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާގައި 84 މުވައްޒަފުންނެވެ. ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް މަސައްކަތް ކުރާ ސިވިލް ސަރވިސް އިންސްޓިޓިއުޓް އިން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ 200 މުވައްޒަފުންނަށް ޚާއްސަކޮށްގެން އަބަދުވެސް ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށް އެ ކޮމިޝަނުން ވަނީ މައުލޫމާތުދީފައެވެ. އެ ކޮމިޝަނުން ކޮންމެ ދުވަހަކު ވެސް ތަފާތު އެކި މައްސަލަތަކާއި މެދު މަޝްވަރާކޮށް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ސިވިލް ސަވިރސް ކޮމިޝަން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިޙް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
21 ސެޕްޓެމްބަރު 2025

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި
07 ސެޕްޓެމްބަރު 2025

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި
19 އޯގަސްޓު 2025

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި
21 އެޕްރީލު 2025

ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި

21 އެޕްރީލު 2025
ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި
20 އެޕްރީލު 2025

ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި

20 އެޕްރީލު 2025
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
09 ޖޫން 2024

ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި

09 ޖޫން 2024
ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި
09 ޖޫން 2024

ސަރުކާރެއް ހިންގަން ސީއެސްސީން މުހިންމު ދައުރެއް އަދާކުރޭ، ވައުދުތައް ފުއްދަން ސީއެސްސީގެ އެހީތެރިކަން ސަރުކާރަށް ބޭނުންވޭ - ނައިބު ރައީސް

09 ޖޫން 2024
ސަރުކާރެއް ހިންގަން ސީއެސްސީން މުހިންމު ދައުރެއް އަދާކުރޭ، ވައުދުތައް ފުއްދަން ސީއެސްސީގެ އެހީތެރިކަން ސަރުކާރަށް ބޭނުންވޭ - ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް