Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ

ވިއްސާރާގައި އައްޑުސިޓީ އާއި ފުވައްމުލަކަށް ގެއްލުންވެފައި ވާތީ ދެސިޓީގެ ރައްޔިތުންގެ ހާލު ރައީސް ބައްލަވާލައްވައިފި

ފުވައްމުލަކުން ފެށިގެން އަޑޫއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 30 މާރިޗު 2021 | އަންގާރަ 05:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫސިޓީއަށާއި، ފުވައްމުލައް ސިޓީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބެމުންދިޔުމާއި ގުޅިގެން، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އެ ދެ ސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހާލު ބައްލަވައިލައްވައިފިއެވެ.

ރައީސް ޞާލިޙް ވަނީ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިޤާއި، ފުވައްމުލަކު ސިޓީގެ މޭޔަރ އަބްދުﷲ ފަލާޙް ޝަރީފަށް ގުޅުއްވާ، ރަށަށް ލިބިފައިވާ ގެއްލުމާއި، ރައްޔިތުންގެ ހާލު އައްސަވާފައެވެ. އަދި އެ ދާއިރާތައް ތަމްސީލުކުރައްވާ ބައެއް މަޖިލިސް މެންބަރުންނާ ވެސް ވަކި ވަކިން ފޯނުން ގުޅުއްވައި، ރަށްރަށުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުއްވައި، ވިއްސާރައިގެ ސަބަބުން އެ ދެ ސިޓީއަށް ދިމާވެފައިވާ ގެއްލުންތައް ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމުގައި ވިދާޅުވެފައެވެ.

އާދީއްތަ ދުވަހުގެ ހަވީރުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ވިއްސާރައިގައި، އާދީއްތަ ދުވަހުގެރޭ ދަންވަރުން ފެށިގެން ބޯކޮށް ވާރޭ ވެހި އައްޑޫސިޓީ އާއި ފުވައްމުލަކުގެ ގިނަ ގެތަކަކަށް ވަނީ ފެންވަދެފައެވެ. އަދި ބައެއް ގޭގޭ ގެ ފުރާޅު ވެސް ވަނީ އެއްލައިލާފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ރުއްގަސް ވެއްޓި ބައެއް މަގުތައް ވަނީ ބަންދުވެފައެވެ.

މި ވިއްސާރައިގައި ފުވައްމުލަކުގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ގޭގައި ހިފާ ގެންގުޅޭ ސާމާނުތަކާއި ފަރުނީޗަރަށް ވެސް ވަނީ ގެއްލުންވެފައެވެ. އަދި ރަށުގެ ދަނޑުބިންތަކުގައި ފެން ބޮޑުވެފައިވެއެވެ. ހަމައެއާއެކު ފުވައްމުލަކު ނަރުދަމާ ނިޒާމުން ނަޖިސް ފެން ބޭރުވެ ވަޅުފެނަށް އަސަރު ކޮށްފައިވާތީ ވަޅުފެން ކްލޮރިނޭޓް ކުރުމުގެ މަސައްކަތް އެ ސިޓީގެ ހޮސްޕިޓަލުންވަނީ ފަށާފައެވެ.

ފާއިތުވި 24 ގަޑީއިރަށް ބަލާއިރު އެންމެ ގިނައި ވާރޭ ވެހުނު ކަމަށް ރިކޯޑް ކޮށްފައިވަނީ އައްޑޫ ސިޓީ ގަމަށެވެ.

ފުވައްމުލަކު ސިޓީންފެށިގެން، އަޑޫ ސިޓީއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާ ކޮށް، މޫސުމާބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމޫސުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުން

މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުން

20 ޑިސެމްބަރު 2025
ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި

20 ޑިސެމްބަރު 2025
އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

20 ޑިސެމްބަރު 2025
ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

19 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު