Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަމުގެ އަމާޒު

އަހަރުގެ އަމާޒަށް ވާސިލްވާނެ ކަމުގެ އުންމީދު ބޮޑު - އާތިފް

ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތް ކާމިޔާބުވާ ތަން ފެނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 މާރިޗު 2021 | ހޯމަ 08:39
މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ޑެޕިއުޓީ މިނިސްޓަރ، އަހްމަދު އާތިފް

މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ޑެޕިއުޓީ މިނިސްޓަރ، އަހްމަދު އާތިފް

މިއަހަރު ނިމޭ އިރު، މި އަހަރަށް ކަނޑަޅާފައިވާ އަމާޒަށް ވާސިލުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފް ވިދާޅުވެއްޖެއެވެ.

މަރޗް މަހު ރާއްޖެއަށް އެއް ލައްކަ ފަތުރުވެރިން އައުމާ ގުޅޭގޮތުން މީޑިއާއާ ވާހަކަ ދައްކަވަމުން އާތިފް ވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތް ކާމިޔާބުވާތަން ފެންނަމުންދާ ކަމަށާއި އަހަރަށް ކަނޑައަޅާފައިވާ އަމާޒު ހާސިލްވާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށެވެ.

Advertisement - newsAdvertisement

އާތިފް ވަނީ ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓު ކަމަށާއި ފަތުރުވެރިކަން ކުރިއަރައިގެން މިދަނީ ޗައިނާ މާކެޓާ ނުލާކަމަށާއި އެހެން ނަމަވެސް ފަތުރުވެރިކަމަށް ރަނގަޅު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން 2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށާއި އަންނަ އަހަރު ވެގެންދާނީ ވަރަށް ކާމިޔާބު އަހަރަކަށް ކަމަށް އާތިފް ވިދާޅުވިއެވެ. އަދި ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތައް ފިލައި ހިނިތުންވުން ލިބިގެންދާނެ އަހަރެއް ކަމަށް އާތިފް ފާހަގަކުރެއްވިއެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަންނަން ދުވަސްތަކެއް ނެގި ނަމަވެސް 2021 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީ ކޮޅު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ 2019 ވަނަ އަހަރު ފަތުރުވެރިކަން އޮތް ހާލަތަށް ވާސިލްވާނެ ކަމަށް އާތިފް ވިދާޅުވިއެވެ.

މަރޗް 29 ވަނަ ދުވަހު އެމަހުގެ އެއް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވާ އިރު، މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލިފަހުން މަހެއްގެ މައްޗަށް ލައްކަ އަކަށް ވިރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ފުރަތަމަ މަހެވެ. ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލިފަހުން އެއް މަހުން އަނެއް މަހަށް ރާއްޖެ އަންނަ ފަތުރުވެރިން ދަނީ އިތުރުވަމުންނެވެ. 2020 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް 555,494 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މަރޗް މަހުގެ 27ގެ ނިޔަލަށް ރާއްޖެއަށް 283,383 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ފަތުރުވެނިންމިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު