Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ އަހަރީ ދުވަސް

އައު ޤާނޫނާއެކު ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބައިވެރިއަކަށް ވެގެންދާނެ - ސީޕީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މާރޗު މަހުގެ 27 ވަނަ ދުވަހު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 29 މާރިޗު 2021 | ހޯމަ 06:35
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތަކީ ޒަމާނަށް ފެތޭ، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބައިވެރިއަކަށް ވެގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިފަދައިން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރުމާ ގުޅިގެން ދެއްވި ބަޔާނެއްގައެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ދިވެހި ފުލުހުން، ސިފައިންގެ ތެރޭގައި ޕޮލިސް ހެޑް ކުއާޓާސްގެ ޔުނިޓެއްގެ ގޮތުގައި އުފެދުނުތާ 88 އަހަރު ފުރިފައިވާއިރު، އަދި ވަކި މުއައްސަސާއެއްގެ ގޮތުގައި 2004 ވަނަ އަހަރުގެ ތެރޭގައި ވުޖޫދުވެގެން މިއަދާ ހަމައަށް އައިރު، ރައްޔިތުންގެ ޝަކުވާތަކެއް މުއައްސަސާއާ ގުޅޭގޮތުން އެބަ ހުރިކަމަށެވެ. އެގޮތުން މުއައްސަސާގެ ނަޒާހަތްތެރިކަމާއި، ހިންގުމުގެ ނިޒާމާ ގުޅޭގޮތުން ހުރި ޝަކުވާތައް އެކި ފަހަރުމަތިން ހިއްސާކުރެވިފައިވާކަން ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މި މައްސަލަތަކަށް ހައްލުހޯދުމަށް ދިގުލައިގެން ގޮސްފައިވާ މަސައްކަތްތަކެއް 2012 ހިސާބުގައި ފެށި މާރޗް 27 ވަނަ ދުވަހު އަމަލުކުރަން ފެށި ފުލުހުންގެ ޚިދުމަތުގެ ގާނޫނު ވުޖޫދުވެގެން އައުމަކީ މިފަދަ ގިނަ ކަންކަމަށް ހައްލު ލިބިގެންދާނެކަމެއްކަމަށް ސިޕީ ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ އިދާރާގެ އެކި ކަންކަން ބަލާ ފުލުހުންގެ ކޮންޑަކްޓްގެ ކަންކަން ބެލުމަށް ފުލުހުންގެ ބޯޑެއް އެކުލަވާލައި އެ ބޯޑުގައި އާންމުންގެ ފަރާތުން މެމްބަރުންތަކެއް އައްޔަނުކުރެވޭކަން ފާހަގަކުރެއްވިއެވެ. މިކަމަކީ ރާއްޖޭގެ އިތުރުން މުޅި ދެކުނު އޭޝިއާގައި ވެސް ފުރަތަމަ ފަހަރަށް ކުރެވޭކަމެއްކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މިކަމުގެ ސަބަބުން މުއައްސަސާގެ ނަޒާހަތްތެރިކަން އިތުރުވެގެންދާނެކަމަށް ވިދާޅުވެފައެވެ.

އައު ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތް ޒަމާނަށް ފެތޭ، ތަހުޒީބުކަމާއެކީ ކުރިއަށްދެވޭ މުއައްސަސާއަކަށް ވެގެންދާނެކަން ފާހަގަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މިއާއެކު ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބައިވެރިއަކަށް މުއައްސަސާވެގެންދާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އަވަށްޓެރި ފުލުހުންގެ ސިޔާސަތު ވަރުގަދަވެ ލޯކަލް ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މާރޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. މިގާނޫނު ތަސްދީގުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. މިގާނޫނު ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ތިން ވަނަ ދައުރު ނިންމި އެންމެ މުހިންމު އެއް ގާނޫނެވެ. މިގާނޫނުގެ ދަށުން ބޮޑެތި ބަދަލުތަކެއް ފުލުހުންގެ މުއައްސަސާއަށް އަންނާނެއެވެ. މިގާނޫނަށް އަމަލުކުރަން ޖެހެނީ ގާނޫނު ތަސްދީގުކުރާތާ ތިން މަސްފަހުންނެވެ.

މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ޤާނޫނުއަސާސީ އާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހުތިރާމުކުރުމާއެކު، ޤާނޫނުގެ ހުކޫމާތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންއާންމާއި، ދާޚިލީ ސަލާމަތާއި، ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާނޫނީ ބާރާއި އިޚުތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.

ފުލުހުންގެ ޚިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާ ބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު