Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ކުރިއަށްދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމް

ރަމަޟާން މަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އަންގައިފި

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުން ސިނޯފަރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަވަސް ކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 މާރިޗު 2021 | އާދީއްތަ 13:51
ނަރުހެއް ވެކްސިން ދިނުމުގެ މަސައްކަތުގައި،

ނަރުހެއް ވެކްސިން ދިނުމުގެ މަސައްކަތުގައި،

ރަމަޟާން މަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރުގެ މީހުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުން ސިނޯފަރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަވަސް ކުރަން ޖެހޭ ކަމަށެވެ. ކުރިއަށްއޮތް ރަމަޟާން މަހުގައި ވެކްސިން ދިނުން ކުރިއަށް ގެންދެވޭނީ މަދު ގަޑިތަކެއްގައި ކަމުން ރަމަޟާން މަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

އެޗްޕީއޭއިން ބުނީ ސިނޯފަރމް ވެކްސިންގެ 2 ވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފުތާ ވުމުން ޖެހޭނެ ކަމަށެވެ.

ސިނޯފަރމް ވެކްސިނަކީ ކޮވިޑް-19 އަށް ދެމުންގެންދާ އެހެން ވެކްސިންތަކެކޭ އެއްފަދައިން ރައްކާތެރި ވެކްސިނެކެވެ. މި ވެކްސިނަކީ "އިން އެކްޓިވޭޓެޑް" ވައިރަސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. މިއީ ގިނަ ޒަމާންތަކެއް ވަންދެން ރައްކާތެރިކަން ޔަގީންކުރެވިފައިވާ ވެކްސިން އުފެއްދުމުގެ ޓެކްނޮލޮޖީއެކެވެ. ޒަމާނުއްސުރެ ޖަހަމުން ގެންދާ ޕޯލިއޯ، ރޭބީސް ފަދަ ވެކްސިންތައް ތައްޔާރުކޮށްފައިވަނީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މި ވެކްސިން 25 ގައުމެއްގައި މިހާރު ބޭނުން ކުރެވެމުންދެއެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮމިޝީލްޑް ވެކްސިން ޖަހާނީ 2 ވަނަ ޑޯޒަށް އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19ށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ދީފައިވަނީ އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން މާރޗް މަހުގެ 15 ވަނަ ދުވަހާ ހަމައަށް މާލޭގައި ދެމުން އައިސްފައިވެއެވެ. އޭގެފަހުން މިހާރު ދެމުން އަންނަނީ ޗައިނާގެ ސިނޯފަރމް އިން އުފައްދާފައިވާ ވެކްސިނެވެ. އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ދެމުން އަންނަނީ ސިނޯފަރމް ވެކްސިނެވެ.

މާލޭގެ 8 ތަނަކުން ވެކްސިން ދެމުން އަންނައިރު މޯބައިލް ޓީމުގެ ގޮތުގައި 2 ޓީމެއް އަންނަނީ މާލޭގައި ވެކްސިން ދިނުމުގައި ހަރަކާތްތެރިވަމުންނެވެ. އަދި އަތޮޅުތަކުގައި 169 ތަނަކުން އަންނަނީ ވެކްސިން ދެމުންނެވެ. ވެކްސިން ދީފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ރާއްޖޭގައި ވެކްސިން ދިން މީހުންގެ އަދަދު ވަނީ 230،130ށް އަރާފައެވެ.

ވެކްސިންއެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025
ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު