Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

ތިން އަތޮޅަކުން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ގައްދޫގައި ހިންގި އޮޕަރޭޝަންގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 މާރިޗު 2021 | އާދީއްތަ 08:21
މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު ފުލުހަކު ފާސްކުރަނީ

މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު ފުލުހަކު ފާސްކުރަނީ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާ އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތައް ހިންގާފައިވަނީ ގދ. ގައްދޫއާއި ނ. ކުޑަފަރި އަދި ގއ. ވިލިނގިލީގައެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ގައްދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާ، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މަހުގެ 26 ވަނަ ދުވަހު ގދ. ގައްދޫގައި ހިންގި މި އޮޕަރޭޝަނުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. ގައްދޫ ބަނދަރުމަތިން އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ނ. ކުޑަފަރީގައި ހިންގި އޮޕަރޭޝަނަކީ ވެސް މާލެއިން ނ. އަތޮޅަށް ދާ ދޯންޏަކުން ކުޑަފަރީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި މަނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މާރޗު މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރާ ދޯނި ގާތްކުރި ވަގުތު ފުލުހުން އެ ދޯންޏަށް އަރައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެއެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ވިލިނގިލީގައި ހިންގި އޮޕަރޭޝަނަކީ އެރަށު ފަޅުތެރޭގައި އޮތް ދޯންޏެއްގައި ހުރި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް އެރަށު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މާރޗު މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 34 އަހަރުގެ ބިދޭސީއެއް ހައްޔަރުކޮށްފައިވެއެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ އެބޯޓަށް ފުލުހުން އަރައި ބަލައިފާސްކުރިއިރު، އޭނާ ގެންގުޅުނު ދަބަހުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނުމާ ގުޅިގެންނެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ގެ މުއްދަތު ދީފައިވެއެވެ. މި މައްސަލަތައް ފުލުހުން ދަނީ ތަަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް