Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެންޓިލޭޓަރު ގަތުމުގައި ޙިޔާނަތްވި މައްސަލަ

ރައީސް ނަޝީދުގެ ހިޔާލުފުޅަށް އިހުތިރާމްކުރަން، ވެންޓިލޭޓަރުގެ މައްސަލާގައި އިސްތިއުފާ ދޭން ޖެހިއްޖެނަމަ އެކަންވެސް ކުރާނަން: ޝަމީމް

މިރާއްޖޭގެ މަސްލަހަތު އެންމެ އިސްކޮށް ރައްކާތެރި ކޮށްދެއްވާ އެއްބޭފުޅަކީ ރައީސް ނަޝީދު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މާރިޗު 2021 | ހޮނިހިރު 08:53
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހިޔާލުފުޅަށް އިހުތިރާމް ކުރައްވާ ކަމަށާއި، ވެންޓިލޭޓަރުގެ މައްސަލާގައި އިސްތިއުފާ ދޭން ޖެހޭ ހާލަތެއްގައި އެކަން ވެސް ކުރައްވާނެ ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޝަމީމް ވިދާޅުވީ ރައީސް ނަޝީދަކީ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި، މިރާއްޖޭގެ މަސްލަހަތު އެންމެ އިސްކޮށް ރައްކާތެރިކޮށްދެއްވާނެ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ނިންމެވުން ހިތުގެ އަޑިން ގަބޫލުކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ ވަރަށް ދެފުށްފެންނަ ގޮތަކަން ކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް އެމަނިކުފާނު ފޮނުއްވި މެސެޖު އޭނާއަށް ވެސް ފޮނުއްވި ކަމަށެވެ.

ޝަމީމް ވިދާޅުވީ އިސްތިއުފާ ދިނުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅަށް ދޭނެ އިތުރު ކޮމެންޓެއް ނެތް ކަމަށާއި، އެއަށްވުރެ ބޮޑަށް އެމަނިކުފާނަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި އެވިދާޅުވާ ވިދާޅުވުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މަގާމެއްގައި ހުންނާކަށް މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށާއި، އިސްތިއުފާ އާ ބެހޭ ގޮތުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން ކަން ކުރާނެ ކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި އިސްތިއުފާ ދީފާނެކަމަށް ޝަމީމް ވިދާޅުވެފައިމިވަނީ ރައީސް ނަޝީދު ގައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕަށް ހުކުރު ދުވަހުގެ ރޭ ފޮނުއްވި މެސެޖަކާއި ގުޅިގެންނެވެ. އެމެސެޖްގައި ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު ކޮރަޕްޝަން ބެލުމަށް ޝަމީމް ފެއިލްވެފައިވާ ކަމަށާއި، އޭނާ އެ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ރާއްޖެ ގެންނެވުމަށް މަސައްކަތްކުރެއްވި ވެންޓިލޭޓަރުތަކާ ބެހޭ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން ރިވިއުކޮށް ބަލާފައިވާ ކަމަށެވެ. އަދި އައު މައުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެކި ގަރީނާގެ މައްޗަށް ބަލައި، ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންޞުރުތައް ސާބިތު ކޮށްދެވިދާނެކަމަށް ނުފެންނަކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އެއާއެކު، މި މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމި ސަބަބުތައް އެގޮތުގައި ދެމިއޮތްކަމަށް ފެންނަކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، އެ ނިންމުމަށް ބަދަލުނުގެންނަށް ނިންމާފައިވާ ކަމަށެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އޭސީސީ އާއި ޕީޖީ އޮފީހާ ދެމެދު ޙިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވިއެވެ. އެހެންނަމަވެސް ޕީޖީން ނިންމާފައިވަނީ އެކަމުގައި ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށެވެ. މި މައްސަލައާއި ގުޅިގެން ކުރިމަތިވީ ފިއްތުންތަކާއި ގުޅިގެން އޭރުގެ ހެލްތް މިނިސްޓަރ އަމީނު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާވެސް ދެއްވާފައެވެ.

މި މައްސަލަ އަނބުރާ ފޮނުވާލެއްވި ސަބަބު ތަފްސީލު ކޮށްދެއްވަމުން ޕީޖީ ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ. ޕީޖީ ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. އެހެން ނަމަވެސް، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ތަކުރާރުކޮށް ވިދާޅުވެފައިވަނީ ދައުވާ ކުރަން ފޮނުވީ އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.

ހުސައިން ޝަމީމްޕީޖީ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު