Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ބަންދު ފޯރަމް"

"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން

2 ފެބުރުއަރީ 2025 | އާދީއްތަ 04:32

ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭ ކަމަށް ކޯޓުތަކުގެ ތަފާސްހިސާބުތަކުން ދައްކާ

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 2 ފެބުރުއަރީ 2025 | އާދީއްތަ 04:32
"ބަންދު ފޯރަމް"

"ބަންދު ފޯރަމް" | ޕީޖީ އޮފީސް

ޝަރީޢަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ޙައްލުކުރުމަށް ބޭއްވި ފޯރަމްގައި ޝަރުއީ ކޯޓުތައް ނުހިމެނުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޝަރުޢީ ކޯޓުތައް ފިޔަވައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް ބޭއްވި މި ފޯރަމް އަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން "ބަންދު ފޯރަމް"ގެ ނަމުގައި ބޭއްވި ފޯރަމްއެކެވެ.

Advertisement - newsAdvertisement

އެ އޮފީހުން ބުނެފައިވާ ގޮތުގައި މި ފޯރަމް ބޭއްވި މަޤްޞަދަކީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ ޝަރުތުތައް މުރާޖަޢާކޮށް މުޠާލިޢާކުރުމުގައި، ގެންގުޅޭނެ ހަމަތަކާއި އުޞޫލުތައް ކަނޑައެޅުމުގައާއި، މި ނިޒާމު މިހާރަށްވުރެ ފުރިހަމަކުރުމަށް ބަދަލުތަކެއް ގެނައުމެވެ. އަދި ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތައް ރައްކާތެރިކޮށް އެއްހަމަކުރެވޭނެ ގޮތަށް މި ނިޒާމަށް އީޖާދީ އަދި އީޖާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުމަކީ ވެސް އެ ފޯރަމްގެ މަޤްސަދެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ޕީޖީ އޮފީހުން ވަނީ މި ފޯރަމްގެ ތެރެއިން ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ކުރައްވާފައިވާނެ ކަމަށް ބުނެފައެވެ.

ހަމައެހެންމެ އެ ކަންކަމަށް އޮތް ޙައްލު ހުރިހާ އިދާރާތަށް ގުޅިގެން ދެނެގަތުމުގެ މަސައްކަތް ވެސް މި ފޯރަމްގެ ތެރެއިން ކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މި ފޯރަމްގައި މަޝްވަރާކުރި ޝަރީޢަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަ ނުވަތަ ވާނުވާ ބަންދުގެ މައްސަލަ އަކީ އާއްމުން މިހާރުވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރަމުންދާ މައްސަލައެކެވެ. އެގޮތުން 2024 ވަނަ އަހަރު މި މައްސަލައިގައި މަޖިލިސް ކައިރިއަށް އެއްވެ އާއްމުން ވަނީ މުޒާހަރާކޮށް އަޑު އުފުލާފައެވެ.

ކުރީގެ ޕީޖީ ހުސައިން ޝަމީމް މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން ވިދާޅުވެފައި ވަނީ "ވާނުވާ" ޖަހާފައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލު ހޯދޭނީ ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ދެވިގެންކަމަށެވެ. މި މައްސަލަ އަކީ ކޯޓުތަކާއި ގުޅުން ހުރި މައްސަލަ އަކަށް ވާއިރު ޝަރީޢަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ޙައްލުކުރުމަށް ޝަރުޢީ ކޯޓުތައް ފިޔަވައި އެހެން އިދާރާތަކާއި އެކު މަސައްކަތް ކުރިއަށް ގެންދިޔަ ސަބަބާއި މެދު އާއްމުން ވަނީ ސުވާލު އުފައްދާފައެވެ. މި މައްސަލައިގައި ހިމެނޭ އެންމެ މުހިންމު ބަޔަކީ ކޯޓުތައް ކަމަށް ވާއިރު ކޯޓުތައް މި މަރުހަލާގައި ބައިވެރިކޮށްފައި ނުވަނީ ކީއްވެތޯ އަދި އެކަން ކޮށްފައި ވަނީ ކޮން ވިސްނުމެއްގައިތޯ އާއްމުން ވަނީ ސުވާލު އުފައްދާފައެެވެ. އަދި އެކަމާއި ގުޅޭ ގޮތުން ޕީޖީ އޮފީހާއި ނޫސްވެރިން ވެސް ވަނީ ސުވާލުތައް ކުރިމަތިކުރުވާފައެވެ.

ނޫސްވެރިންގެ ސުވާލުތަކާއި ގުޅިގެން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މި ފޯރަމުގައި ޕީޖީ އޮފީހުން ބެލީ އެ މައްސަލަ ހައްލުކުރުމަށް ކުރެވެންހުރި ކަންކަ ހޯދުމަށް ކަމަށެވެ. އެހެންކަމުން ޖުޑީޝަރީއާއެކުވެސް މިކަހަލަ ބައްދަލުވުމެއް ވަރަށް އަވަހަށް ޕީޖީ އޮފީހުން ބާއްވާނެ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ޕީޖީ އޮފިހުން މި މައްސަލަ އާއި ގުޅިގެން ފުރަތަމަ ބައްދަލުކޮށްފައި ވަނީ ތަންފީޛީ އަދި ތަޙުޤީޤީ އިދާރާތަކާ ކަމަށް އޭނާ ވިދާޅުވިއެވެ. ޕީޖީ އިން ގަސްތުކުރަނީ އެ ފޯރަމްގެ ހޯދުންތަކާއި އެކު ހުށަހަޅާ ހައްލުތައް ޖުޑީޝަރީއަށާއި، މަޖިލީހަށާއި، ސަރުކާރަށް ހުށަހަޅަން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ފޯރަމްގައި މަޝްވަރާކޮށްފައިވާ ކަންކަމުގެ ތެރޭގައި  ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ ބަދަލުގައި، އެޅިދާނެ އެހެން ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އެޅުމަށް މިހާރު އޮތް ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި، މޮނިޓަރިންގ މެކޭނިޒަމްއެއް ތަންފީޛްކުރުމަށް ތަންފީޛީ އިދާރާތަކުން ތައްޔާރުވެފައިވާ މިންވަރާ ގުޅިގެން ތަފްޞީލީ ގޮތެއްގައި މަޝްވަރާ ކުރުން ހިމެނެއެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށްގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ޤާނޫނަށް ގެންނަންޖެހޭ އިސްލާޙްތަކާމެދު މަޝްވަރާކުރުމާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށްގެންދިއުމަށް ކޯޓުތަކަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި، ބަންދުގައި ތިބޭ މީހުން ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީޢަތް ކުރިއަށްގެންދިއުމުގެ ވަސީލަތް އިތުރު ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ހަމައެހެންމެ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންގެ ތެރެއިން ރިމާންޑް ޖަލުތަކަށް ބަދަލުކުރަންޖެހި، ބަދަލު ނުކުރެވިވާ ފަރާތްތަކަށް، ކަސްޓޯޑިއަލް ޖަލުގައި ރިމާންޑް ޖަލެކޭ އެއްފެންވަރަކަށް ޚިދުމަތް ދިނުމާމެދު މަޝްވަރާކުރުމާއި، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ ބިދޭސީންގެ މަޢުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ޙިއްޞާކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ނިންމުން ފަދަ ނިންމުންތައް މި ފޯރަމްގައި ވަނީ ނިންމާފައެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިގެން ޝަރީޢަތް ނިމެންދެން ބަންދުކުރާ ބިދޭސީންގެ މަޢުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ގަވާއިދުން ޙިއްޞާކުރަމުންދިއުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ވަކި ދެ ޚިދުމަތެއްނަމަވެސް، އެއް ކުޑައިގެ ދަށުން މަސައްކަތްކުރާ ދެ އިދާރާކަމުން، ބަންދުގައި ބަހައްޓާ މީހުންގެ ކަންކަމުގައި އެއް އިދާރާ އަނެއް އިދާރާއާ ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެ ފޯރަމްގެ މައުޟޫއާ ގުޅޭ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަންނަވާފައި ވަނީ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒު،  ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް،  ބަންޑާރަނާއިބު އަލްއުސްތާޛް އަޙްމަދު އުޝާމް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ކެޕްޓަން (ރިޓަޔަރޑް) ޢަލީ އިޙްސާން، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، އަލްއުސްތާޛް އިބްރާހީމް ޝަމީލް އަދި އަލްއުސްތާޛް ޙަމްޒާ ލަޠީފެވެ.

އެ ފޯރަމްގައި ބައިވެރިވި އިދާރާތަކަކީ  ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، އެޓާރނީ ޖެނެރަލްގެ އޮފީސް، ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް،  މޯލްޑިވްސް އިމިގްރޭޝަން، ހިއުމަން ރައިޓްސް ކޮމިޝަން، އަދި އޮބްޒަރވަރުންގެ ގޮތުގައި ބައިވެރިވި ދިވެހި ފުލުހުންގެ ޚިދުމަތާއި،  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި،  މޯލްޑިވްސް އިމިގްރޭޝަން، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ، ހިއުމަން ރައިޓްސް ކޮމިޝަން، އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސް، ވިލާ ކޮލެޖްގެ އިތުރުން މީޑިއާތަކެވެ.

މި ފޯރަމް ސިލްސިލާކޮށް ކޮންމެ އަހަރަކު ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ.

ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭ ކަމަށް ކޯޓުތަކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޕީޖީ އޮފީސްބަންދު ފޯރަމް

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

30 ޖުލައި 2026

އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ

30 ޖުލައި 2026
އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ
24 ޖުލައި 2026

އަންހެނަކަށް ހެދިގެން މީހުންގެ ބަރަހަނާ ފޮޓޯ ހޯދައި ބްލެކްމެއިލް ކުރި މައްސަލަ ބޭރުކޮށްލީ ގޯސްކޮށް: ސުޕްރީމް ކޯޓު

24 ޖުލައި 2026
އަންހެނަކަށް ހެދިގެން މީހުންގެ ބަރަހަނާ ފޮޓޯ ހޯދައި ބްލެކްމެއިލް ކުރި މައްސަލަ ބޭރުކޮށްލީ ގޯސްކޮށް: ސުޕްރީމް ކޯޓު
19 ޖުލައި 2026

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ޙުކުމް އަނެއްކާވެސް އިސްތިއުނާފު ކޮށްފި

19 ޖުލައި 2026
ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ޙުކުމް އަނެއްކާވެސް އިސްތިއުނާފު ކޮށްފި
28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
09 ޖޫން 2026

މިދިޔަ މަހު ޕީޖީ އޮފީހުން ދައުވާ ކުރަން ކޯޓަށް ހުށަހެޅީ 263 މައްސަލަ

09 ޖޫން 2026
މިދިޔަ މަހު ޕީޖީ އޮފީހުން ދައުވާ ކުރަން ކޯޓަށް ހުށަހެޅީ 263 މައްސަލަ
08 ޖޫން 2026

ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި

08 ޖޫން 2026
ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި
09 އެޕްރީލު 2026

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

09 އެޕްރީލު 2026
އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ
09 އެޕްރީލު 2026

ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!

09 އެޕްރީލު 2026
ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް