Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަދަލުދިން މައްސަލަ

ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި

މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި 17 ޑިސެންބަރު 2024 ގައި ވަނީ އަންގާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2024 | އާދީއްތަ 07:09
ރައީސް ޞާލިހާއި ފައްޔާޒް ފެނިގެންދާ ފޮޓޯ އެއް

ރައީސް ޞާލިހާއި ފައްޔާޒް ފެނިގެންދާ ފޮޓޯ އެއް

ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީ އަށް ޕްރޮސެކިއުޓަރ ޖެނެރަލް، ޕީޖީ އަންގައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އުފެއްދެވި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލު ދިން މައްސަލައިގެ ޖިނައީ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ 11 ޑިސެމްބަރުގައި ފާސްކޮށްފައެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ބުނެފައި ވަނީ 17 ނޮވެންބަރު 2018ން ފެށިގެން 17 ނޮވެންބަރު 2023ށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓުގައިވާ ކަންކަމަށް ޕީޖީ އޮފީހުން ރިޢާޔަތްކުރުމަށްފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަޙުޤީޤުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި 17 ޑިސެންބަރު 2024 ގައި ދަންނަވާފައިވާނެ ކަމަށް އެ އޮފީހުން ބުނެފައެވެ.

އަދި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށާއި، ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީ އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް އޭސީސީގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

11 ޑިސެމްބަރގެ މާލިއްޔަތު ކޮމިޓީގައި ސަރުކާރުގެ މެންބަރުން ވަނީ ކުރީ ސަރުކާރުން ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް ސާލިހުގެ އިތުރުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމް، މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް އެންގުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ކޮމެޓީން ވަނީ 2019ން 2023 އާ ހަމައަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް ނިންމާފައެވެ. އެ އެއްބަސްވުންތަކަށް ބަދަލު ދީފައިވާނަމަ އެ އަނބުރާ ދައުލަތަށް ނަގަން ބަންޑާރަ ނައިބަށް އެންގުމަށް ފާސްކޮށްފައިވެއެވެ. އަދި މާލިއްޔަތު ގާނޫނާ ހިލާފަށް އެއްވެސް ބަޔަކަށް ބަދަލު ދީފައިވާނަމަ އެ އަނބުރާ ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މި ކޮމެޓީގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވީ މިއީ ދައުލަތަށް ގެއްލުން ލިބިގެން ކުރާކަމެއް ނޫން ކަމަށާއި، މިއީ ސިޔާސީ ނިންމުމެއް ކަމެއް ކަމަށެވެ. އަދި ސެޓްލްމަންޓް ކޮމިޓީގައި ގިނަ ބޭފުޅުން ތިއްބަވާއިރު، އެންމެ ތިން ބޭފުޅުންގެ މައްސަލަ ނެގުމުން އެކަމާއި ސުވާލު އުފެދޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

މި މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

ސެޓްލްމެންޓް ކޮމިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުވައިލެއްވީ 21 ނޮވެންބަރު 2024 ގައެވެ.

ޕީޖީ އޮފީސްއޭސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު