Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ މައްސަލަ

އެމްއެމްޕީއާރްސީ މައްސަލަ މިހާރު އޮތީ ޕީޕީއީ ލައިގެން ގޮސް ބަޔާން ނަގަން ޖެހޭ ހިސާބުގައި: ޕީޖީ ޝަމީމް

27 މާރިޗު 2021 | ހޮނިހިރު 08:19

ޕީޖީގެ މަގާމުގައި ހުންނަވައިގެން ކަމެއް ކުރެވުނު ކަމަށް ގާބުލުކުރައްވާނީ އެ މައްސަލަ ކޮޅެއްގައި ޖެއްސުމުން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 27 މާރިޗު 2021 | ހޮނިހިރު 08:19
ޕީޖީ ޝަމީމް

ޕީޖީ ޝަމީމް

ރައީސް ޔާމީންގެ ދައުރުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ ބޮޑު މައްސަލަައިގެ ތަހުގީގަށް ބުރޫ އަރައި މިޙާރު އެ މައްސަލަ އޮތީ ޕީޕީއީ ލައިގެން ގޮސް ބަޔާން ނަގަން ޖެހޭ ހިސާބުގައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެޕްއެޕްޕީއާރްސީ ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާރު ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާއިރު އަދިވެސް އެ މައްސަލައިގެ ޝަރީއަތްތައް ދަނީ ކުރިއަށެވެ. އެ މައްސަލައިގައި ފައިސާ ލިބިފައިވާ މީހުންގެ ލިސްޓެއް އޭސިސީން އާންމުކޮށްފައިވާއިރު އޭގެ ތެރޭގައި ކުރީ ސަރުކާރުގެ އިސްވެރިންނާއި މި ސަރުކާރުގެ އިސްވެރިންނާއި، ބައެއް މަޖިލިސް މެމްބަރުން ވެސް ހިމެނެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުތަކަށް މިހާރު ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށެވެ. އެގޮތުން ތަހުގީގަށް އެއްބާރުލުން ނުލިބެނީ މައްސަލައިގަ ތުހުމަތު ކުރެވޭ ބޭފުޅުންގެ ފަރާތުން ކަމަށް ޕީޖީ ވިދާޅުވިއެވެ. ބައެއް ފަހަރު ކޮވިޑް-19ގެ ކަންކަމުގައި ތަހުގީގަށް އެއްބާރުލުން ނުދީ ހާޒިރު ނުވާއިރު އެއީ ކަނޑައެޅިގެން ދޮގުކަން އެނގޭ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެއް ބޭފުޅަކު ވެކްސިން ޖަހައިގެން ހުން އައިސް ކަމަށް ބުނި އިރު އެކަން ބަލައިލި އިރު އެމީހާ ވެކްސިން ޖެހީ އޭގެ 10 ދުވަސް ކުރިން ކަމަށެވެ. އަދި 10 ދުވަސްކުރިން ޖެހި ވެކްސިނެއްގެ އަސަރު އެވަރަށް ނުހުންނާނެ ކަން އެންމެނަށް ވެސް އެނގޭ ކަމަށާއި ތަހުގީގަށް ހާޒިރު ނުވެ މަކަރު ހެދުމަށް އެފަދަ ކަންކަން ވެސް ކުރަމުން އަންނަ ކަމަށެވެ.

ޝަމީމް ވިދާޅުވީ މިހާރު އޮތީ ކޮވިޑް-19އޭ ކިޔައިގެން ތަހުގީގަށް ހާޒިރު ނުވެ އެ އުނދަގޫ ކަމަށެވެ. އެކަމަކު ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވަރަށް ބުރަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ނިންމާލުން ކަމަށް ވެސް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ކަމަށާއި، ޕީޖީގެ މަގާމުގައި ހުންނަވައިގެން ކަމެއް ކުރެވުނު ކަމަށް ގާބުލުކުރައްވާނީ އެ މައްސަލަ ކޮޅެއްގައި ޖެއްސުމުން ކަމަށެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތްހުސައިން ޝަމީމް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް
27 އޯގަސްޓު 2024

ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް

27 އޯގަސްޓު 2024
ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް
23 ޖުލައި 2024

ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި

23 ޖުލައި 2024
ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި
21 މާރިޗު 2024

"ވާނުވާ" އަކީ މިހާރު ސިޔާސީ ވާހަކައެއް، އެކަން ޙައްލުކުރެވޭނީ ކޯޓުތަކަށް ވަސީލަތްތައް ދީގެން: ޝަމީމް

21 މާރިޗު 2024
"ވާނުވާ" އަކީ މިހާރު ސިޔާސީ ވާހަކައެއް، އެކަން ޙައްލުކުރެވޭނީ ކޯޓުތަކަށް ވަސީލަތްތައް ދީގެން: ޝަމީމް
01 ފެބުރުއަރީ 2024

ޝަމީމަށް ހަމަލާދިން މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

01 ފެބުރުއަރީ 2024
ޝަމީމަށް ހަމަލާދިން މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
01 ފެބުރުއަރީ 2024

ޕީޖީއަށް ޙަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

01 ފެބުރުއަރީ 2024
ޕީޖީއަށް ޙަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި
02 ޑިސެމްބަރު 2023

ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭ: ޕީޖީ ޝަމީމް

02 ޑިސެމްބަރު 2023
ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭ: ޕީޖީ ޝަމީމް
21 ނޮވެމްބަރު 2023

އާރަށު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ޙުކުމް ކުރުން

21 ނޮވެމްބަރު 2023
އާރަށު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ޙުކުމް ކުރުން
21 ނޮވެމްބަރު 2023

އާރަށު ޚިޔާނާތުގެ ކުށުގެ އަމަލުގެ މުގުލުގައި ވަނީ ކޮރަޕްޝަނުގެ ކެންސަރު: ދައުލަތް

21 ނޮވެމްބަރު 2023
އާރަށު ޚިޔާނާތުގެ ކުށުގެ އަމަލުގެ މުގުލުގައި ވަނީ ކޮރަޕްޝަނުގެ ކެންސަރު: ދައުލަތް
15 ނޮވެމްބަރު 2023

20 އަހަރުގެ ޙުކުމަކުން 5 އަހަރު ތަންފީޒުކުރުމުން ރައީސްގެ މާފު ހޯދަން އެދެވޭގޮތަށް ޤާނޫނު ބަދަލުކުރީ ޔާމީނުގެ ވެރިކަމުގައި

15 ނޮވެމްބަރު 2023
20 އަހަރުގެ ޙުކުމަކުން 5 އަހަރު ތަންފީޒުކުރުމުން ރައީސްގެ މާފު ހޯދަން އެދެވޭގޮތަށް ޤާނޫނު ބަދަލުކުރީ ޔާމީނުގެ ވެރިކަމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް