Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

ރާއްޖެއައި ފަތުރުވެރިންގެ އަދަދު 272،000ން މައްޗަށް

26 މާރިޗު 2021 | ހުކުރު 13:52

ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 މާރިޗު 2021 | ހުކުރު 13:52
ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭ ގައި

ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭ ގައި

އަހަރުގެ މިހާތަނަށް 272,000ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މަރޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 272,652 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. 2020 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 382,720 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޖެނުއަރީ މަހު ރާއްޖެއަށް 92,103 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު އައިސްފައި ވަނީ 96,881 ފަތުރުވެރިންނެވެ. އަދި މަރޗް މަހުގެ އެކަކުން 25ށް 83,667 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މަރޗް 25ގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއައި ފަތުރުވެރިންގެ 23.5 އިންސައްތަ ހިއްސާކުރާއިރު، ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ރަޝިއާއިން ހިއްސާކުރަނީ 21.5 އިންސައްތައެވެ. ޔޫކްރެއިނުން އައި ފަތުރުވެރިން 6.2 އިންސައްތަ ހިއްސާކުރާއިރު، ކަޒަކިސްތާނުން އައި ފަތުރުވެރިން 4.4 އިންސައްތަ ހިއްސާކުރާއިރު، ޖަރުމަނުން އައި ފަތުރުވެރިން ހިއްސާކުރަނީ 4.3 އިންސައްތައެވެ.

ރޫމޭނިއާއިން އައި ފަތުރުވެރިން 3.2 އިންސައްތަ ހިއްސާކުރާއިރު، ޗެކްރިޕަބްލިކުން އައި ފަތުރުވެރިން ހިއްސާކުރަނީ 2.6 އިންސައްތައެވެ. އެމެރިކާއިން އައި ފަތުރުވެރިން 2.5 އިންސައްތަ ހިއްސާކުރާއިރު، ފްރާންސުން އައި ފަތުރުވެރިންވެސް ހިއްސާކުރަނީ 2.4 އިންސައްތައެވެ. އަދި ސްވިޒަލޭންޑުން އައި ފަތުރުވެރިން ހިއްސާކުރަނީ 2.3 އިންސައްތައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މަރޗް 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 692 ޓޫރިސްޓު ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 46,011 އެނދު ދަނީ މިހާރު އޮޕަރޭޓްކުރަމުންނެވެ.

އެގޮތުން މިހާތަނަށް 150 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 34,656 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 11 ހޮޓަލެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ހޮޓާތަކުގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 1,458 އެނދެވެ. އަދި 137 ސަފާރީއެއްގައި 2,699 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ 18 އަތޮޅެއްގެ 57 ރަށެއްގައި މިހާރު 394 ގެސްޓް ހައުސް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިވަގުތު އޮޕަރޭޓްކުރަމުންދަނީ 7,198 އެނދެވެ.

ފާއިތުވި އަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ ލިބިގެންދިޔައީ ހަމަ އެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު 2020ގެ އޮކްޓޫބަރ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާފައިވަނީ އެއަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު ނަމަވެސް 2020 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖޭގެ ކާމިޔާބު އަހަރަކަށެވެ. އެގޮތުން އަހަރު ނިމުނުއިރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާއިރު، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ ވޯލްޑް ޓްރެވަލްސް އެވޯޑްގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އަހަރު ނިމުނުއިރު ރާއްޖޭގެ ފަތުރުވެރިކަމަށް އައު ގިނަ މާކެޓްތަކެއްވެސް ވަނީ ތައާރަފްވެފައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްޓޫރިސްޓް އެނދުޓޫރިސްޓް ފެސިލިޓީފަތުރުވެނިން

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
13 މެއި 2024

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
06 މެއި 2024

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް