Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެންސީއައިޓީގެ އަހަރީ ދުވަސް

އެންސީއައިޓީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އެންސީއައިޓީ އުފެއްދީ 2003 ވަނަ އަހަރު

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 25 މާރިޗު 2021 | ބުރާސްފަތި 19:15
އެންސީއައިޓީގެ އަހަރީ ދުވަސް

އެންސީއައިޓީގެ އަހަރީ ދުވަސް

އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އުފެއްދެވި ނޭޝަނަލް ސެންޓަރ ފޮރ އިންފޯރމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އަށް 18 އަހަރުފުރުން ކުލަގަދަ ގޮތެއްގައި އެ އިދާރާއިން މިއަދު ފާހަގަކޮށްފިއެވެ.

މި ހަފްލާގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ ވެރިންނާއި މުވައްޒަފުންވެސް ބައިވެރިވެ ވަޑައިގަތެވެ. ޖަލްސާގެ ޝަރަފްވެރި މެހެމާން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީ އަލީ ސާލިހްގެ ވާހަކަފުޅުގައި 18 އަހަރާއިއެކު އެން.ސީ.އައި.ޓީ މުޅިން އާ ހަރުފަތަކަށް މިސްރާބުޖަހާފައިވާކަން ފާހަގަކުރެއްވިއެވެ. ކޮވިޑް-19ގެ ހާލަތުގައި ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ މުހިންމުކަން ބަލައިގަނެވުނުއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއި ސަރުކާރުގެ މުހިންމު ވައުދުތަކެއް ހާސިލްކުރުމަށް އެން.ސީ.އައި.ޓީގެ ދައުރު މުހިންމުކަން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޚާއްސަކޮށް 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން އެން.ސީ.އައި.ޓީން ތައްޔާރުކޮށްދެއްވި ކިޔުގައި ނުޖެހި ފްލެޓަށް އެޕްލައިކުރެވޭ ސިސްޓަމްގެ އަޕްގްރޭޑްގެ މަސައްކަތް 2 އަހަރުފަހުން މިއަދު އަނެއްކާވެސް އެން.ސީ.އައި.ޓީއާއި ހަވާލުކުރެވުނުކަމަކީ ސަރުކާރުން އެން.ސީ.އައި.ޓީއަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އިދާރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މިކަމުގައި މިހާރު ހިންގެވުމާއި ހަވާލުވެ ހުންނެވި ވަޒީރު އަލްއުސްތާޛް ފައްޔާޟް އިސްމާއިލްގެ އެއްބާރުލުންފާހަގަކުރައްވާ އެމަނިކުފާނަށާއި، އެން.ސީ.އައި.ޓީގެ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ހަފްލާގައި ބައިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޝާތިރުވަނީ އެން.ސީ.އައި.ޓީ އުފެދިގެން އައިގޮތާއި އިދާރާގެ 18 އަހަރުގެ ކާމިޔާބީތައް ހިއްސާކުރައްވާފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝަރީފްވެސް ވަނީ އެން.ސީ.އައި.ޓީ އުފެއްދެވުމުގައި ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރ މިދުހަތު ހިލްމީ އަދި އެން.ސީ.އައި.ޓީގެ ކުރީގެ ޗީފް އެގްޒެކެޓިވް ފާއިގު އުމަރުގެ ބުރަ މަސައްކަތްފުޅު ފާހަގަކޮށް އެބޭފުޅުންނާއި، ކުރީގެ މުވައްޒަފުންނާއި މިހާރުގެ ޓީމަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރަށް މިނިސްޓަރ އޮފް ސްޓޭޓް އަޙްމަދު އަފްޒަލް ދެއްކެވި ވާހަކަފުޅުގައި ތަނެއްގެ އެންމެ ބޮޑު ރައުސްމާލަކީ އެތަނެއްގެ މުވައްޒަފުން ކަމުގައި ފާހަގަކޮށް ކުރިއަށް އޮތްތަނުގައި ވެސް އިޚްލާސްތެރިކަމާއިއެކު މަސައްކަތްކޮށް ކާމިޔާބު ހޯދުމަށްވަނީ ހިތްވަރު ދެއްވާފައެވެ.

އެންސީއައިޓީ އުފައްދާފައިވަނީ 2003 ވަނައަހަރުގެ އޭޕްރީލް މަހުގެ 23 ވަނަދުވަހު އެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަލީހު އިންނެވުމަށް ހެއްދެވި ކޮޓަރިކޮޅާއި އޮފީސް އިމާރާތަށް ހޭދަކުރެއްވި 795،000 ރުފިޔާ މާލިއްޔަތު ގަވާއިދާއި ޚިލާފު

މަލީހު އިންނެވުމަށް ހެއްދެވި ކޮޓަރިކޮޅާއި އޮފީސް އިމާރާތަށް ހޭދަކުރެއްވި 795،000 ރުފިޔާ މާލިއްޔަތު ގަވާއިދާއި ޚިލާފު

23 މާރިޗު 2022
އަލީ ސާލިހު ވިދާޅުވީ އުރީދޫ އާޗާ ޕޯސްޓްޕެއިޑްގެ ވާހަކަ

އަލީ ސާލިހު ވިދާޅުވީ އުރީދޫ އާޗާ ޕޯސްޓްޕެއިޑްގެ ވާހަކަ

17 އެޕްރީލު 2021
"އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ވީ ވަޢުދު ފުއްދައިދެވިއްޖެ"

"އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ވީ ވަޢުދު ފުއްދައިދެވިއްޖެ"

16 އެޕްރީލު 2021
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު