Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައިޝަތު އަފްނާން ރަޝީދު

އައިޝަތު އަފްނާން ރަޝީދު - އައު ހަރުފަތަކަށް ބެޑްމިންޓަން ގެންދިޔުމުގެ އުންމީދުގައި

ކުޅުންތެރިން ތަމްރީނުކުރުމަށް އަފްނާން ވަނީ އަމިއްލަ އެކެޑަމީއެއް އުފައްދާފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 25 މާރިޗު 2021 | ބުރާސްފަތި 12:51
އެކެޑަމީގެ ކުޅުންތެރިންނަށް އަފްނާން އިރުޝާދުދެނިކޮށް

އެކެޑަމީގެ ކުޅުންތެރިންނަށް އަފްނާން އިރުޝާދުދެނިކޮށް

ބެޑްމިންޓަނުގެ އާއިލާއަކަށް އުފަން އައިޝަތު އަފްނާން ރަޝީދަކީ ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބު އެތުލީޓެކެވެ. އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެތައް މުބާރާތެއްގައި ވާދަކޮށް އޭނާ ވަނީ ހުނަރު ދައްކުވައިދީފައެވެ. އަދި ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ނުހޯދާ ކާމިޔާބީއެއް މަދުވާނެއެވެ.

ބެޑްމިންޓަން ކުޅެން އަފްނާން ޝައުގުވެރިވީ އޭނާގެ އާއިލާގެ ފަރާތުންނެވެ. އެގޮތުން އޭނާގެ ދައްތަ އާއި ބޭބެއަކީ ޤައުމީ ޗެމްޕިއަނުންނެވެ. އެހެންކަމުން އާއިލާގެ ފަރާތްތަކުން ބެޑްމިންޓަންގެ ތެރޭގައި އެތައް ކާމިޔާބީއެއް ހޯދައިފައިވުމުން، އަފްނާނުގެ މައިންބަފައިން ބޭނުންވީ އޭނާވެސް އެކަމުން ކުރިއަށްދިޔުމަށެވެ. އެހެންކަމުން އުމުރުން ހަތް އަހަރުގައި އަފްނާން ވަނީ އާއިލާގެ "ލެގަސީ" ދެމެހެއްޓުމަށް ބެޑްމިންޓަން ކުޅެން ފަށާފައެވެ.

ބެޑްމިންޓަން ކުޅެން ފެށިއިރުވެސް އަފްނާނުގެ އަމާޒަކަށްވީ ޤައުމީ ޗެމްޕިއަންކަމެވެ. އެގޮތުން ޤައުމީ އެތައް މުބާރާތެއްގައި ކުޅެ، މުބާރާތުގެ ވަކި ހިސާބަކުން ވަކިވާން ޖެހުނު ނަމަވެސް، އޭނާ ހިތްވަރު އެލުވާލާފައެއް ނުވެއެވެ. ޤައުމީ ޗެމްޕިއަނަކަށްވުމަށް ގަދައަޅާ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ 2012 ވަނަ އަހަރުގެ ޤައުމީ މުބާރާތް އޭނާ ކާމިޔާބުކުރުމެވެ. އޭގެ ފަހުން 2013 ވަނަ އަހަރުގެ ޤައުމީ މުބާރާތާއި، 2015 ވަނަ އަހަރުގެ ޤައުމީ މުބާރާތްވެސް އަފްނާން ވަނީ ކާމިޔާބުކޮށްފައެވެ.

އެކަމަކު ކެރިއަރުގައި އަފްނާނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ 2016 ވަނަ އަހަރު، އޭނާގެ ފަޔަށް ލިބުނު ސީރިއަސް އަނިޔާއެވެ. އެއާއެކު ކުޅުން ހުއްޓާލާން ޖެހިދާނެ ކަމަށް އޭނާ ހީކުރި ނަމަވެސް، ހިތްވަރާއިއެކު ކުރި މަސައްކަތުން އޭނާ ވަނީ 2020 ވަނަ އަހަރު އެނބުރި ކުޅުމުގެ ތެރެއަށް އައިސް މުބާރާތްތަކުގައި ވާދަކުރަން ފަށާފައެވެ.

ކެރިއަރުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބިފައިވަނީ އާއިލާގެ ފަރާތުން ކަމަށް އަފްނާން ބުނެއެވެ. އެގޮތުން މަންމަ އާއި ބައްޕަގެ އިތުރުން، އޭނާގެ ބޭބެ މުޙައްމަދު އަޖުފާން ރަޝީދާއި، އާއިލާގެ އިތުރު މެންބަރުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން އަފްނާން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ނަން ހާމަކުރަން ބޭނުންނުވާ ފަރާތެއްވެސް އޭނާއަށް މިހާތަނަށް ވަރަށް ބޮޑު އެއްބާރުލުމެއް ދީފައިވާ ކަމަށް އަފްނާން ބުޏްނެވެ.

ކޯޗިންގެ ތެރެއަށް އަފްނާނަށް ވަދެވުނީ ސްކޫލް ނިންމާލުމަށްފަހު، ބިލަބޮންގ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނަށް ކޯޗެއްގެ ގޮތުގައި ތަމްރީނުތައް ނަގައިދޭން ފެށި ހިސާބުންނެވެ. އަދި ބިލަބޮންގް ކުދިންގެ ކުރިއެރުން ދުވަހެއް ދުވަހަކަށް މަތިވާން ފެށުމުން، ކޯޗުކަން ކުރެވޭނެކަމުގެ ޔަގީންކަން އަފްނާނަށް ލިބުނެވެ. އަދި އޭގެ ފަހުން އަފްނާނުގެ ބޭބެ މުޙައްމަދު އަޖުފާން ރަޝީދު އުފެއްދި އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީގައިވެސް އަފްނާން ވަނީ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

ކޯޗިންގައި ހަރަކާތްތެރިވަމުން އައިރު، އަމިއްލަ އެކެޑަމީއެއް ހެދުމުގެ ވިސްނުން އަފްނާނަށް އައީ އަޖުފާން އެކަޑަމީގައި މަސައްކަތްކުރި ދުވަސްވަރެވެ. އެގޮތުން އާންމުންގެ ފަރާތުން އަންހެން ކުއްޖަކު އެކެޑަމީއެއް ހެދުމަށް އެދުނު ކަމަށާއި، އެއާއެކު އެކަމުން އިތުރަށް ކުރިއަށްދާން ބޭނުންވީ ކަމަށް އަފްނާން ވަނީ ބުނެފައެވެ.

އަދި އެކެޑަމީއެއް ހަދައި، ކުޅުންތެރިން ތަމްރީނުކުރުމުގެ ބޭނުމަކީ ބެޑްމިންޓަން މިހާރު އޮތް ހަރުފަތުން އައު ހަރުފަތަކަށް ގެންދިޔުން ކަމަށްވެސް އަފްނާން ބުނެއެވެ.

އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީ (އޭއާރްބީއޭ) ގެ ނަމުގައި އަމިއްލަ އެކެޑަމީއެއް ހަދައި، ބެޑްމިންޓަން ކުރިއެރުވުމަށް އަފްނާން މަސައްކަތްކުރަމުން އަންނައިރު، އޭނާއަކީ ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ނަމޫނާ ކުޅުންތެރިއެކެވެ. އެގޮތުން ދިމާވި ކޮންމެ ގޮންޖެހުމަކުންވެސް އަފްނާން އަރައިގެންފައިވަނީ ހިތްވަރާއެކުގައެވެ. އަދި ބެޑްމިންޓަނުގެ އެންމެ އުހުގައި އަފްނާން ފިޔަޖަހާފައިވަނީ އެތައް ދުވަހެއްގެ ބުރަ މަސައްކަތާއެކުގައެވެ.

އައިޝަތު އަފްނާން ރަޝީދުއަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

އާރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2021
އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީގެ އަމާޒު އަތޮޅުތެރެއަށް

އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީގެ އަމާޒު އަތޮޅުތެރެއަށް

03 މާރިޗު 2021
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

14 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު