Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަހޯލި މައްސަލަ އިސްތިއުނާފުކުރުން

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭ މައްސަލަ ސުޕްރީމް ކޯޓަށް

އާންމު މަސްލަހަތަށް ބަލައި އެކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އޭޖީން ވަނީ ނިންމާފައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 25 މާރިޗު 2021 | ބުރާސްފަތި 12:32
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވާ ނިންމެވުމެއް، އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބެލުމުގެ އިހްތިސާސް، ހައިކޯޓަށް ލިބިގެން ނުވާކަމަށް، އެ ކޯޓުން ނިންމާފައިވާތީ، އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ބަންޑާރަނައިބުގެ އޮފީހުން ނިންމައިފިއެވެ.

މާޗު މަހުގެ 21 ވަނަ ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ކޯޓުތަކުގެ ޤާނޫނުން ހައިކޯޓަށް ލިބިދީފައިވާ އިހްތިސާސަށް ބަލާއިރު، މި ނިންމުން ނިންމާފައިވަނީ ދަށު ކޯޓަކުންތޯ ނުވަތަ ޓްރައިބިއުނަލަކުންތޯ ބަލަން ޖެހޭކަމަށެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރަކީ ދަށު ކޯޓެއް ނުވަތަ ޓްރައިބިއުނަލެއް ކަމަށް ބެލޭނެ ޖާގައެއް ނެތް ކަމަށް ހައިކޯޓުން ކުރި ހުކުމުގައި ވެއެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ، އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވާ ނިންމެވުމެއް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ ފަރާތުން، ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބަލާފައިވާ މައްސަލައެކެވެ.

މިކަމާއި ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ، ހައިކޯޓުގެ މި ހުކުމަކީ، ޤާނޫނު އަސާސީން ލިބިދޭ އިސްތިއުނާފުކުރުމުގެ ހައްގު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އާންމު މަސްލަހަތައް ބަލައި، ޤާނޫނު އަސާސީގެ 56 ވަނަ މާއްދާއާއި 133 ގެ (ރ) އަދި (ބ) އަށް ރިއާޔަތްކޮށް އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައި ވާކަމަށެވެ.

ޤާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބުނެފައިވަނީ، ޖިނާއީ މައްސަލަތަކުގައްޔާއި، މަދަނީ މައްސަލަތަކުގައި އިއްވާ ހުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު މައްސަލައާއި ގުޅުން ހުރި ކޮންމެ މީހަކަށް ލިބިގެން ވާކަމަށެވެ.

މީގެ އިތުރުން 133 ވަނަ މާއްދާގެ (ރ) ގެ އިބާރާތުގައި ބުނެފައި ވަނީ، މަދަނީ މައްސަލަ ތަކުގެ ތެރެއިން ސަރުކާރު ޝާމިލުނުވާ މައްސަލަތަކުގައި ވެސް، ދައުލަތުގެ މަސްލަހަތެއް ނުވަތަ އާންމު މަސްލަހަތެއް ހިމެނޭ ކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓަށް ހާޒިރުވެ ވާހަކަ ދެއްކިދާނެ ކަމަށެވެ. އަދި އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރުމަށް ބަންޑާރަނައިބު މަސައްކަތް ކުރަންވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު