Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓް

ހިޔާ ފްލެޓްގެ ފުލުހުންނާއި ސިފައިންގެ ކެޓެގަރީ އުވާލަން އުޅޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަ ޑިފެންސް މިނިސްޓަރާއި ޕްލޭނިންގ މިނިސްޓަރ ދޮގުކުރައްވައިފި

25 މާރިޗު 2021 | ބުރާސްފަތި 06:05

ސިފައިންނާއި ފުލުހުންނަށް ކަނޑައަޅާފައިވާ ފްލެޓްތައް ސަރުކާރަކަށް ނުނަގާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 މާރިޗު 2021 | ބުރާސްފަތި 06:05
ހިޔާ ފްލެޓް

ހިޔާ ފްލެޓް

ހިޔާ ފްލެޓްގެ ފުލުހުންނާއި ސިފައިންގެ ކެޓެގަރީ އުވާލަން މަސައްކަތްކުރާ ކަމަށް ބުނެ ދައްކާ ވާހަކަ ޑިފެންސް މިނިސްޓަރާއި ޕްލޭނިންގ މިނިސްޓަރ ދޮގު ކުރައްވައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓުން ފުލުހުންނާއި ސިފައިންނަށް ކަނޑައަޅާފައިވާ ފްލެޓްތައް ސަރުކާރަށް ނަގަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށް 'އާއްމު އެކުވެރިންގެ ގުޅުން' ޖަމުޢިއްޔާއިން ނެރެފައިވާ ބަޔާނަށް ރައްދުދެއްވައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ސިފައިންނަށް ދިނުމަށް ކަނޑައަޅާފައިވާ 300 ފްލެޓަށް އެދި ހުށަހެޅި ފޯރމްތައް ދިރާސާކޮށް ނިމިފައިވާ ކަމަށެވެ. މިކަން ސިފައިންނަށް އެނގޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ފުލުހުންނާއި ސިފައިންނަށް ކަނޑައަޅާފައިވާ ފްލެޓްތައް ސަރުކަރަށް ނެގުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި މިފަދަ ދޮގުވާހަކަތައް ފަތުރާ މީހުންގެ އޮތީ ހަމަ އެންމެ މަގްސަދެއް ކަމަށެވެ. އެއީ ސަރުކަރާ މެދު ރައްޔިތުންގެ ހިތުގައި ނުތަނަވަސް ކަމާއި ނުރުހުން އުފެއްދުން ކަމަށެވެ.

އާންމު އެކުވެރިންގެ ގުޅުމުން ނެރެފައިވާ ބަޔާނުގައި ވަނީ، ހިޔާ ފްލެޓުން ފުލުހުންނަށް ކަނޑައެޅި 300 ފްލެޓާއި ސިފައިންނަށް ހާއްސަކުރި 300 ފްލެޓާއެކު މުޅި ޖުމްލަ 600 ފްލެޓު، ސަރުކާރަށް ނަަގައި އެ ދެ ކެޓެގަރީ އުވާލަން މަޝްވަރާ ކުރެވެމުންދާ ވާހަކަ އަދި އެކަމުގެ ކަންބޮޑުވުން އެ ޖަމްއިއްޔާގެ ‏މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް ފުލުހުންނާއި ސިފައިން ހިއްސާ ކޮށްފައިވާ ކަމަށެވެ.

‏ހިޔާ ފްލެޓާގުޅޭ ގޮތުން ސަރުކާރުން މިހާ ތަނަށް ކަންތައް ކޮށްފައިވާ ގޮތުން، މިފަދަ ކަމެެއް ކުރަން އުޅޭ ހަބަރު ލިބުމުން، އެފަދަ ކަމެއް ނުކުރާނޭ ބުނަން ވަރަށް ދަތި ކަމަށާއި، ނަތީޖާއެއްގެ ގޮތުން އެ ކެޓެގަރީގައި ހިމެނޭ ފުލުހުންނާއި ސިފައިން މިކަމާ ކަން ބޮޑުވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި މިކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ޖަވާބުދާރީވުމަށް ގޮވާލާފައިވެއެވެ.

ހިޔާ ފްލެޓްއެމްއެންޑީއެފްޕޮލިސްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރމިނިސްޓްރީ އޮފް ހައުސިން މިނިސްޓްރީ އޮފް ޑިފެންސްމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް