Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ވެކްސިން ޖެހުން

އިތުރު 2،009 މީހުން ވެކްސިން ޖަހައިފި

24 މާރިޗު 2021 | ބުދަ 17:52

ރާއްޖޭގައި ޖަހަނީ ސިނޮފަރމްގެ ކޮވިޑް ވެކްސިނާއި ކޮވިޝީލްޑް ވެކްސިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 މާރިޗު 2021 | ބުދަ 17:52
ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް

ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް | ރާއްޖެއެމްވީ

ރާއްޖޭގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، އިތުރު 2،009 މީހުން ވެކްސިން ޖަހައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 1،207 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ޖެހި 802 މީހުންކަމަށެވެ. މިއާއިއެކު ރާއްޖެއިން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 224،979ށް އަރާފައެވެ.

Advertisement - newsAdvertisement

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 125،885 މީހުން ވަނީ މިހާރު ވެކްސިން ޖަހާފައެވެ. އަދި އަތޮޅުތެރެއިން 99،094 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

ކޮވިޑް-19 ވެކްސިންތަކުގެ ތެރެއިން ރާއްޖެއިން ޖަހަނީ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޮފަރމް ކުންފުނީގެ ކޮވިޑް ވެކްސިނެވެ. ކޮވިޝީލް ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަރަހައްދުގައި ޖެހުން ހުއްޓާލާފައިވާއިރު، ހޯމަ ދުވަހު އެޗްޕީއޭއިން ވަނީ ސިނޮފަރމްގެ ކޮވިޑް ވެކްސިން ޖަހަން ފަށާފައެވެ. ތަފާތު ދެ ވެކްސިނެއް ރާއްޖޭގައި މިހާރު ޖަހަމުންދާއިރު، މި ދެ ވެކްސިނަކީވެސް ދެ ޑޯޒް ޖަހަންޖެހޭ ވެކްސިނެވެ.

ރާއްޖޭގައި ސިނޮފަރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައިވާއިރު، އެކަށޭނެ މިންވަރަށް ދިފާއީ ނިޒާމަށް ސިނޮފަރމް ވެކްސިނުން އަސަރު ކުރަމުން ނުދާތީ ޔޫއޭއީން އެ ވެކްސިނުގެ ތިން ޑޯޒު ޖަހަން ނިންމައިފިއެވެ.

މީގެ އިތުރުން ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފަށާނެކަމަށް އެޗްޕީއޭއިން އާންމުކޮށްފައިވާއިރު، ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހޭނީ ބޭސްފަރުވާއަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ގައުމުން ބޭރަށް ދަތުރުކުރަންޖެހުމުގެ ސަބަބުން ފުރަތަމަ ޑޯޒް ޖެހިތާ 12-8 ހަފުތާގެ ތެރޭގައި ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ނުކުރެވޭނެ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެފަރާތްތައް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފްތާ ހަމަވާންޖެހޭއިރު، ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ބޭނުންވާ ފަރާތްތަކުން ވެކްސިންޖެހުމަށް ނަން ނޯޓުކުރުމުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައި، ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިއާއި ތަން އަންގާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިންއެޗްޕީއޭ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

29 ޖުލައި 2026

ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި

29 ޖުލައި 2026
ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި
09 ޖުލައި 2026

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި

09 ޖުލައި 2026
49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި
29 ޖޫން 2026

ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...

29 ޖޫން 2026
ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...
23 ޖޫން 2026

ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި

23 ޖޫން 2026
ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި
14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
28 އެޕްރީލު 2026

ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"

28 އެޕްރީލު 2026
ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"
04 ފެބުރުއަރީ 2026

ރާއްޖޭގައި ކެންސަރު ބަލި އާއްމު، 2025 ވަނަ އަހަރު ވެސް 100ށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވޭ

04 ފެބުރުއަރީ 2026
ރާއްޖޭގައި ކެންސަރު ބަލި އާއްމު، 2025 ވަނަ އަހަރު ވެސް 100ށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވޭ
20 ޖެނުއަރީ 2026

ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިނުމަށްފަހު، ޓެކުހަށް މަކަރުު ހެދިކަމަށް ތުހުމަތުކޮށް ދެ ކުންފުންޏަކަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

20 ޖެނުއަރީ 2026
ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިނުމަށްފަހު، ޓެކުހަށް މަކަރުު ހެދިކަމަށް ތުހުމަތުކޮށް ދެ ކުންފުންޏަކަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި
17 ޖެނުއަރީ 2026

ރޯގާ ފެތުރޭ މިންވަރު އިތުރު، ހިރަފުހަށް އެލަރޖިކްވާ މީހުން ނޭވާ ހޮޅި ދުޅަވެ، ބަލިބޮޑުވާކަން ފާހަގަކުރެވޭ: ޑރ.ނަޒްމީ

17 ޖެނުއަރީ 2026
ރޯގާ ފެތުރޭ މިންވަރު އިތުރު، ހިރަފުހަށް އެލަރޖިކްވާ  މީހުން ނޭވާ ހޮޅި ދުޅަވެ، ބަލިބޮޑުވާކަން ފާހަގަކުރެވޭ: ޑރ.ނަޒްމީ
10 ޖެނުއަރީ 2026

ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައިގެ ދަތުރުފަތުރުގެ އުސޫލުތަކަށް ބަދަލު ގެނެސްފި

10 ޖެނުއަރީ 2026
ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައިގެ ދަތުރުފަތުރުގެ އުސޫލުތަކަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް