Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުންފުހުގެ އަސަރު

ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައިގެ ދަތުރުފަތުރުގެ އުސޫލުތަކަށް ބަދަލު ގެނެސްފި

ދުރުފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތުގައި ވީއެފްއާރު ގެ ބަދަލުގައި އެސްވީއެފްއާރަށް އަމަލުކުރަން ނިންމާފައިވޭ. ރާއްޖޭގެ ސަރަހައްދަށް ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި އިންޑިޔާ އަދި ހިމާލިޔާ ސަރަހައްދުން އަންނަ ފުސްދުމާއެކު މި މައްސަލަ ކުރިމަތިވޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 17:47
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓެއް ޖައްސަނީ: ރާއްޖޭ ސަރަހައްދުގެ ވައި އާދަޔާ ހިލާފަށް ވަނީ ނުސާފުވެފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓެއް ޖައްސަނީ: ރާއްޖޭ ސަރަހައްދުގެ ވައި އާދަޔާ ހިލާފަށް ވަނީ ނުސާފުވެފައި | ސަން އޮންލައިން

ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ މަތިންދާ ބޯޓު ދަތުރު ކުރުމުގައި ޢަމަލުކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ބުނެފި އެވެ.

މި ދުވަސްވަރު ރާއްޖެ ސަރަހައްދަށް ދުންފުހުގެ އަސަރު ކުރަމުން ދިއުމާއެކު، ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

Advertisement - newsAdvertisement

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ  ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް މަތިންދާ ބޯޓު ދަތުރު ކުރުމުގައި އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ކަމަށެވެ. އަދި އެއްވެސް ސަބަބަކާހުރެ ދުރަށް ފެންނަ މިންވަރު ދަށްވެއްޖެނަމަ ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށެވެ.  އަދި މިއީ އަބަދުވެސް މިފަދަ ހާލަތެއް މެދުވެރިވާ ހިނދު އަމަލު ކުރާ އުސޫލުކަން ވެސް އެކުންފުނިން ފާހަގަކުރި އެވެ.

މި ދުވަސްވަރަކީ، ދުންފުހުގެ އަސަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރަމުންދާ ދުވަސްވަރެއް ކަމުން އެމްއޭސީއެލް އިން އަޅާފައިވާ އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލުމެވެ. އޭގެ ބަދަލުގައި އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރު ކުރަން މިހާރު ވަނީ އަނގާފަ އެވެ. މި ގަވާއިދަށް އަމަލު ކުރާނީ، ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައި ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. 

މިދިޔަ ބުދަ ދުވަހަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ދުވަހެވެ. އެ ދުވަހު ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރަށް ދަށަށް ދިޔަ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ހާމަ ކޮށްފައިވެ އެވެ. ނަމަވެސް މިވޭތުވެ ދިޔަ ދެ ދުވަހު ރާއްޖެ ސަރަހައްދުގައި ދުރު ފެންނަ މިންވަރު ހުރީ 2 ކިލޯ މީޓަރުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އެ އިދާރާ އިން ލަފާކުރާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން މިހާލަތު މިއަށްވުރެ ރަނގަޅު ވާނެ އެވެ.

ރާއްޖޭގެ ސަރަހައްދަށް ދުރު ފެންނަ މިންވަރު ދަށްވާ ގަޑިތަކުގައި ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ބޭރުގެ ނުސާފު ވައި ގޭތެރެއަށް ނުވަންނާނެ ހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފައިވެ އެވެ. އަދި ކުޑަކުދިންނާއި މާބަނޑު މީހުން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތްތަކުގައި އިތުރު ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ ގޮވާލާފަ އެވެ.

ރާއްޖޭގެ ސަރަހައްދުގެ ވައި ނުސާފުވެފައި ވަނީ އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަހައްދުން އަންނަ ފުސްދުމާއެކުގަ އެވެ. ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި މި މައްސަލަ ރާއްޖެ އަށް ކުރިމަތިވެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީމޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސްދުންފުސްއެޗްޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

07 ޖެނުއަރީ 2026
ނުރައްކާ މިންވަރަށް ރާއްޖޭގައި ވައި ނުސާފުވެ މާސްކު ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

ނުރައްކާ މިންވަރަށް ރާއްޖޭގައި ވައި ނުސާފުވެ މާސްކު ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

23 ޑިސެމްބަރު 2025
ދުރުފެންނަ މިންވަރު 2 ކިލޯ މީޓަރަށްވުރެ ދަށްވެ، ސަމާލުކަން ދިނުމަށް އެދިއްޖެ

ދުރުފެންނަ މިންވަރު 2 ކިލޯ މީޓަރަށްވުރެ ދަށްވެ، ސަމާލުކަން ދިނުމަށް އެދިއްޖެ

23 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު