Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯގާ ފެތުރުން

ރޯގާ ފެތުރޭ މިންވަރު އިތުރު، ހިރަފުހަށް އެލަރޖިކްވާ މީހުން ނޭވާ ހޮޅި ދުޅަވެ، ބަލިބޮޑުވާކަން ފާހަގަކުރެވޭ: ޑރ.ނަޒްމީ

ޑރ.ނަޒްމީ ވިދާޅުވީ ސްކޫލު ބަންދު ދުވަސްވަރަށް ވުމާއެކު ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރު ކުރުން އިތުރުވެފައިވާ ކަމަށާއި، އަދި ގިނަ ބަޔަކު އުމްރާގެ އަޅު ކަމަށްފަހު ރާއްޖެއަށް އަންނަމުންދާ ކަމަށް. އެއާއެކު މިދުވަސްވަރު ރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި. ޑރ.ނަޒްމީ ވިދާޅުވީ އަރިދަފުސް ރޯގާގެ އިތުރުން އިންފުލުއެންޒާ އަދި ބޭރަށް ހިންގުން ފެންނަމުންދާ ކަމަށް. އަދި ޑެންގީއާއި ކޮވިޑް ވެސް ފެންނަމުންދާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖެނުއަރީ 2026 | ހޮނިހިރު 08:16
ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ރެސްޕިރޭޓަރީ މެޑިސިން، ޑރ.ނަޒްމީ އަބްދުލްލަތީފް

ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ރެސްޕިރޭޓަރީ މެޑިސިން، ޑރ.ނަޒްމީ އަބްދުލްލަތީފް | ރާއްޖެ އެމްވީ

ރާއްޖޭގައި މިދުވަސްވަރު ރޯގާ ފެތުރޭ މިންވަރު އިތުރު ކަމަށާއި، ހިރަފުހަށް އެލަރޖިކްވާ މީހުން ނޭވާ ހޮޅި ދުޅަވެ، ބަލިބޮޑުވާކަން ފާހަގަކުރެވޭ ކަމަށް ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ރެސްޕިރޭޓަރީ މެޑިސިން، ޑރ.ނަޒްމީ އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ. 

މިދުވަސްވަރު ރޯގާ ފެތުރޭ މިންވަރު އިތުރުވާތީ، އެޗްޕީއޭގެ ފަރާތުން ރޯގާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ޑރ.ނަޒްމީ ވިދާޅުވީ ސްކޫލު ބަންދު ދުވަސްވަރަށް ވުމާއެކު ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރު ކުރުން އިތުރުވެފައިވާ ކަމަށާއި، އަދި ގިނަ ބަޔަކު އުމްރާގެ އަޅު ކަމަށްފަހު ރާއްޖެއަށް އަންނަމުންދާ ކަމަށެވެ. 

އެއާއެކު މިދުވަސްވަރު ރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ.ނަޒްމީ ވިދާޅުވީ އަރިދަފުސް ރޯގާގެ އިތުރުން އިންފުލުއެންޒާ އަދި ބޭރަށް ހިންގުން ފެންނަމުންދާ ކަމަށެވެ. އަދި ޑެންގީއާއި ކޮވިޑް ވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ދިފާއީ ނިޒާމު ބަލި މީހުން ރޯގާއަށް ސަމާލުވާން ޖެހޭކަން ފާހަގަކުރައްވައި ޑރ.ނަޒްމީ ވިދާޅުވީ ދައީމީ ބައްޔަށް ފަރުވާ ކުރާ މީހުން ރޯގާ ޖެހުމުން ވަރަށް ބޮޑުވަރު ކަމަށެވެ. އެގޮތުން ހަކުރު ބައްޔާއި، އެލަރޖިކްވާ މީހުން ސަމާލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ މާހައުލަށް ބަލާއިރު، ހިރަފުހަށް އެލަރޖިކްވާ މީހުން އަވަސް އަވަހަށް ރޯގާ ޖެހޭ ކަމަށާއި، ނޭވާ ހޮޅީ އެތެރެ ދުޅަވެ، ބަލީގައި ސީރިއަސް ހާލަތަށްދާ ކަމަށެވެ. 

އެހެންކަމުން މިފަދަ މީހުން އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ. 

އެއީ ހަކުރު މަތިކޮށް ހުންނަންޏާ ދިފާއީ ނިޒާމުގެ ސެލްތައް ބަލި ކަށިވޭ. އެލަރޖިކްވާ ބޭފުޅުން ވަރަށް ބޮޑަށް އެލަރޖީ ވާކަން އަޅުގަނޑަށް ފާހަގަކުރެވޭ ވަރަށް އަވަސް އަވަހަށް ރޯގާ  ޖެހޭ ކަމަށް. އެއީ އެލަރޖީ އަކީ ވެސް އަސްލު ހަގީގަތުގައި ދިފާއީ ނިޒާމުގެ ބައްޔެއް. އަސްލު ހިރަފުސް ކަހަލަ އެއްޗިއްސަށް އެލަޖިކްވާ ބޭފުޅުން އެ ހިރަސްފުސް ފުއްޕާމޭގެ ތެރެއަށް ވަނުމުން އެއާ ނުބައްދަލު އެހެން ރެސްޕޮންސެއް ދީފާއީ ނިޒާމަށް މިއަންނަނީ. އާދަޔާ ހިލާފު ބޮޑު ރެންސްޕޮންސެއް އައީމަ ދިފާއީ ނިޒާމުގެ ހުރިހާ ބާރެއް އެލަރޖީއަށް މިދަނީ. އޭގެ ސަބަބުން ނޭވާ ހޮޅި އެތެރެ ދުޅަވެ، އެކަހަލަ ކަންތައްތަކެއް މިދިމާވަނީ. ދެން މިދަނޑިވަޅުގައި ޖަރާސީމެއް ޕުއްޕާމެއަށް ވަދެއްޖެއްޔާ މިހާރު އެލަރޖީއާ ގުޅިގެން ބަލިވެފައި މިހުރީ. އެހެންވީމަ ވަރަށް ފަސޭހައިން ވައިރަލް އިންފެކްޝަން ޖެހޭ ގޮތް މެދުވެރިވޭ.  އެހެންވީމަ އެލަރޖިކްވާ ބޭފުޅުން ވަރަށް އަވަސް އަވަހަށް ރޯގާ ޖެހޭކަން ފާހަގަކުރެވޭ 
ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ރެސްޕިރޭޓަރީ މެޑިސިން، ޑރ.ނަޒްމީ އަބްދުލްލަތީފް

މީގެ އިތުރުން ޑރ.ނަޒްމީ ވަނީ ރާއްޖޭގައި ވައި ނުސާފުވާތީ އެކަމަށް ވެސް ސަމާލުވާން އެދިފަ އެވެ. ވައި ނުސާފުވުމުގެ ސަބަބުން ރޯގާގައި ބޮޑުވަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ވައިނުސާފުވާ ވަގުތުތަކުގައި ބޭރަށް ނުދިމަށާއި، އައުޓްޑޯ އިވެންޓުތައް މަދު ކުރަން ޖެހޭ ކަމަށް ޑރ.ނަޒްމީ ވިދާޅުވި އެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު، ޑިސެންބަރު މަހު ޑެންގީހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވަނީ އިތުރުވެފަ އެވެ. ނޮވެންބަރު މަހު 382 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި، ޑިސެންބަރު މަހު 413 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ނޮވެންބަރު މަހު ބޭރަށް ހިންގުމުގެ 4102 ކޭސް، ޑިސެންބަރު މަހު 2931  ކޭސް ރިޕޯޓު ކޮށްފައިވެ އެވެ. އަދި މިދިޔަ ނޮވެންބަރު މަހު އަރިދަފުސް ރޯގާގެ 32859 ކޭސް ރިޕޯޓު ކޮށްފައިވާއިރު، ޑިސެންބަރު މަހު 28619 ކޭސް ރިޕޯޓު ކޮށްފައިވެ އެވެ. މީގެ އިތުރުން ނޮވެންބަރު މަހު އިންފްލުއެންޒާ އަށް 121 މީހުން ޕޮޒިޓްވެފައިވެ އެވެ. އަދި ޑިސެންބަރު މަހު 152 މީހުން ޕޮޒިޓިވްވެފައިވެ އެވެ.

ޑރ.ނަޒްމީ އަބްދުލްލަތީފްއެޗްޕީއޭރޯގާ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2026

ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައިގެ ދަތުރުފަތުރުގެ އުސޫލުތަކަށް ބަދަލު ގެނެސްފި

10 ޖެނުއަރީ 2026
ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައިގެ ދަތުރުފަތުރުގެ އުސޫލުތަކަށް ބަދަލު ގެނެސްފި
23 ޑިސެމްބަރު 2025

ނުރައްކާ މިންވަރަށް ރާއްޖޭގައި ވައި ނުސާފުވެ މާސްކު ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

23 ޑިސެމްބަރު 2025
ނުރައްކާ މިންވަރަށް ރާއްޖޭގައި ވައި ނުސާފުވެ މާސްކު ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި
13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު