Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ ޕާކިސްތާން މައްސަލަ ހައްލުކުރުން

ބޭނުން ވަނީ ޕާކިސްތާނާއިއެކު ގާތް އެކުވެރި ގުޅުމެއް ބާއްވަން - މޯދީ

އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ވަނީ ޒަމާންވީ ހަތުރުވެރިކަމެއް އުފެދިފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 މާރިޗު 2021 | ބުދަ 14:46
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ

ބޭނުންފުޅުވަނީ ޕާކިސްތާނާއިއެކު ގާތް އެކުވެރި ގުޅުމެއް ބާއްވަންކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިފަދައިން ވިދާޅުވެފައިވަނީ، ޕާކިސްތާނުގެ ޖުމްހޫރީ ދުވަސް ނުވަތަ "ޕާކިސްތާން ޑޭ" ގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑު ވަޒީރު އިމްރާން ޚާންއަށް ފޮނުއްވި ސިޓީފުޅެއްގައެވެ. މޯދީގެ ސިޓީފުޅުގައި ވަނީ އަވައްޓެރި ޤައުމެއްގެ ހައިސިއްޔަތުން އިންޑިއާއިން ޕާކިސްތާނާއެކު އެކުވެރި ގާތް ގުޅުމެއް ބާއްވަން ބޭނުންވާކަމަށް ވިދާޅުވިއެވެ. މިކަން ފަހިކުރުމަށް ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ނުތަނަވަސްކަމާއި، ދެކޮޅުވެރިކަން ނައްތާލަން ޖެހޭކަމަށް މޯދީ ވިދާޅުވިއެވެ. އަދި ދެ ޤައުމު ގުޅޭ ސަރަހައްދުތައް ނުވަތަ ބޯޑަރ ލައިން ސަރަހައްދުތަކަކީ އަމާން ސަރަހައްދުތަކަކަށް ހަދަންޖެހޭކަމަށް މޯދީ ވިދާޅުވިއެވެ. ޕާކިސްތާން ޑޭ ފާހަގަކުރަނީ، 23 މާރިޗު 1940 ގައި ފާސްކުރި "ލާހޯރ ރެޒޮލިއުޝަން" ޤަރާރާއި ގުޅިގެން، 23 މާރިޗު 1956 ގައި ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއް ފާސްކޮށް އަމަލުކުރަން ފެށުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

މޯދީގެސިޓީފުޅެއް ޕާކިސްތާނަށް ފޮނުއްވާފައި މިވަނީ ދެ ޤައުމުގެ ގުޅުން ރަނގަޅުކުރުމަށް އަތުކުރި އޮޅާލާފައިވާކަމަށް މީޑިއާ ރިޕޯޓްތައް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އޭޝިއާ ސަރަހައްދު ނިއުކްލިއަރ ދެ ބާރުގެ ގޮތުގައި އޮތް މި ދެ ޤައުމުގެ ދެމެދު އަސްކަރީ ހަމަލާ ބަދަލުކުރުންތައް ވަގުތީގޮތުން ހުއްޓާލާފައިވާއިރު، ޔޫއޭއީ މެދުވެރިއަކަށްވެ ދެ ޤައުމުގެ ދެމެދު ސުލްހައިގެ ވާހަކަތައް ފަށަން ތައްޔާރުވެފައިވާކަމަށް ޚަބަރުތައް ވަނީ ފެތުރިފައެވެ. ސިއްރިއްޔާތުގައި ކުރިއަށްގެންދާ މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދު ސުލްޙަ ޤާއިމުކުރުމަށް މަގު ޗާޓެއް އެކުލަވާލާފައިވާކަމަށްވެސް ޚަބަރުތައް ދަނީ ބުނަމުންނެވެ. އެހެންނަނަމަވެސް، މިކަމާއި ގުޅޭގޮތުން ދެ ޤައުމުންވެސް މިހާތަނަށްއައިރު ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބަސްމަގު ހުންނެވިގޮތުން މިކަމަށް އިތުރަށް ބާރު ލިބި މި މައްސަލަ ހައްލުކުރުމަށް ކުރާ އުންމީދު ބޮޑުވެފައިވާކަމަށް މަސްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންޑިއާ - ޕާކިސްތާންއިމްރާން ޚާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
31 އޯގަސްޓު 2023

އިމްރާން ޚާން ޖަލު ބަންދުން މިނިވަންވެ ވަޑައެއްނުގަތް - އިތުރު 14 ދުވަހު ހުންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި

31 އޯގަސްޓު 2023
އިމްރާން ޚާން ޖަލު ބަންދުން މިނިވަންވެ ވަޑައެއްނުގަތް - އިތުރު 14 ދުވަހު ހުންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި
29 އޯގަސްޓު 2023

ޕާކިސްތާނުގެ ހައިކޯޓުން އިމްރާން ޚާންގެ ޖަލު ހުކުމް ސަސްޕެންޑުކޮށްފި

29 އޯގަސްޓު 2023
ޕާކިސްތާނުގެ ހައިކޯޓުން އިމްރާން ޚާންގެ ޖަލު ހުކުމް ސަސްޕެންޑުކޮށްފި
27 ޖޫން 2023

ޕާކިސްތާނުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އަސްކަރިއްޔާގެ ޖެނެރަލަކު މަގާމުން ވަކިކޮށްފި

27 ޖޫން 2023
ޕާކިސްތާނުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އަސްކަރިއްޔާގެ ޖެނެރަލަކު މަގާމުން ވަކިކޮށްފި
23 މެއި 2023

މަސްތުވާތަކެއްޗާއެކު ބޯޑަރު ހުރަސްކުރަން އުޅުނު ޕާކިސްތާންގެ އިތުރު ޑްރޯނެއް އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓާލައިފި

23 މެއި 2023
މަސްތުވާތަކެއްޗާއެކު ބޯޑަރު ހުރަސްކުރަން އުޅުނު ޕާކިސްތާންގެ އިތުރު ޑްރޯނެއް އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓާލައިފި
22 މެއި 2023

އަމްރިތުސާރުން 2 ދުވަހުގެ ތެރޭގައި ޕާކިސްތާންގެ 4 ޑްރޯން ވައްޓާލައިފި

22 މެއި 2023
އަމްރިތުސާރުން 2 ދުވަހުގެ ތެރޭގައި ޕާކިސްތާންގެ 4 ޑްރޯން ވައްޓާލައިފި
16 މާރިޗު 2023

ސަޕޯޓަރުން ހައްޔަރުކޮށް ކުރިމަތިލުންތައް ހިންގަނީ އެމަނިކުފާނު އަވަހާރަކޮށްލަންކަމަށް އިމްރާން ޚާން ތުހުމަތުކުރައްވައިފި

16 މާރިޗު 2023
ސަޕޯޓަރުން ހައްޔަރުކޮށް ކުރިމަތިލުންތައް ހިންގަނީ އެމަނިކުފާނު އަވަހާރަކޮށްލަންކަމަށް އިމްރާން ޚާން ތުހުމަތުކުރައްވައިފި
05 ނޮވެމްބަރު 2022

ރަނގަޅުވިހާ އަވަހަކަށް މުޒާހަރާއަށް އަލުން ނިކުންނާނަން: އިމްރާން ޚާން

05 ނޮވެމްބަރު 2022
ރަނގަޅުވިހާ އަވަހަކަށް މުޒާހަރާއަށް އަލުން ނިކުންނާނަން: އިމްރާން ޚާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު