Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ - ޕާކިސްތާން

އިންޑިއާ އިން ވާދަވެރިއެއް ކަމަށް ދެކެނީ ޗައިނާ؛ ޕާކިސްތާނާ މެދު މާބޮޑު ވިސްނުމެއް ނެތް: އެމެރިކާ

27 މެއި 2025 | އަންގާރަ 04:20

ރިޕޯޓާ ގުޅޭ ގޮތުން ޑީއައިއޭގެ ވެރިޔާ ލެފްޓިނަންޓް ޖެނެރަލް ޖެފްރީ ކްރޫޒް ވިދާޅުވީ، އިންޑިއާ އާއި ޗައިނާގެ ސަރަހައްދީ ރޮނގު ގައި ކޮންމެ ވަގުތަކު ވެސް ކުރިމަތިލުމެއް ހިނގައިފާނެ ކަމުގެ ނުރައްކާ އެބަ އޮތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2025 | އަންގާރަ 04:20
އެމެރިކާ، އިންޑިއާ އަދި ޗައިނާގެ ދިދަ

އެމެރިކާ، އިންޑިއާ އަދި ޗައިނާގެ ދިދަ

އިންޑިއާ އިން އެގައުމުގެ ހަތުރުވެރި އަކަށް ނުވަތަ ވާދަވެރިއަކަށް ވެސް ދެކެނީ ޗައިނާ ކަމަށާއި، ޕާކިސްތާނާ މެދު ދެކެނީ ހައްލު ކުރަން ވެފައި އޮތް ސަލާމަތީ މައްސަލައެއްގެ ގޮތުގައި ކަމަށް އެމެރިކާ އިން ބުނެފި އެވެ.

މި މަހު މެދުތެރޭ އެމެރިކާގެ ދިފާޢީ ވުޒާރާގެ ޖާސޫސީ އިދާރާ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީ.އައި.އޭ) އިން ނެރުނު ވޯލްޑް ވައިޑް ތްރެޓް އެސެސްމަންޓް ރިޕޯޓް ގައި ބުނީ އިންޑިއާގެ ވިސްނުން ހުރީ ޗައިނާ އާއި ވާދަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ އިންޓެލިޖެންސްއާ ބެހޭ ސަބް ކޮމިޓީ ގައި މި ރިޕޯޓާ ގުޅޭ ގޮތުން ޑީއައިއޭގެ ވެރިޔާ ލެފްޓިނަންޓް ޖެނެރަލް ޖެފްރީ ކްރޫޒް ވިދާޅުވީ، އިންޑިއާ އާއި ޗައިނާގެ ސަރަހައްދީ ރޮނގު ގައި ކޮންމެ ވަގުތަކު ވެސް ކުރިމަތިލުމެއް ހިނގައިފާނެ ކަމުގެ ނުރައްކާ އެބަ އޮތް ކަމަށެވެ.

ޕާކިސްތާނަކީ އިންޑިއާ އަށް އޮތް ނުރައްކަލަކަށް ވުރެ ބޮޑަށް، ސަލާމަތީ ތުރާލެއް ކަމަށް އިންޑިއާ އިން ދެކުނަސް، މި ރިޕޯޓު ބުނާ ގޮތުން ޕާކިސްތާނުން އިންޑިއާއާ މެދު ދެކެނީ އެގައުމު ދެމި އޮތުމަށް އޮތް ބިރެއް ކަމަށެވެ. އަދި ޕާކިސްތާނުން މަސައްކަތް ކުރަނީ އަދިވެސް އެގައުމުގެ ނިއުކްލިއަރ ހަތިޔާރުގެ ކޮށާރު އިތުރަށް ތަރައްޤީކޮށް މުއްސަނދި ކުރުމަށެވެ.

ޑީއައިއޭ އިން ދެކޭ ގޮތުގައި ޕާކިސްތާނުގެ އަސްކަރިއްޔާ ތަރައްޤީ ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ޗައިނާ އިންނެވެ. އަދި ޕާކިސްތާނުން އެމަސައްކަތަށް ބޭނުންވާ ސާމާނުގެ ބޮޑު ބައެއްވެސް ހޯދަނީ ޗައިނާ އިންނެވެ.

ޑީއައިއޭ ރިޕޯޓް ބުނާ ގޮތުން އިންޑިއާގެ ސަރުކާރުގެ ދިފާޢީ ސިޔާސަތުގެ މައިގަނޑު އަމާޒަކަށް ވާނީ ލީޑަރޝިޕް ދެއްކުމާއި، ޗައިނާއާ ވާދަކުރުމާއި، އިންޑިއާގެ އަމިއްލަ އަސްކަރީ ޤާބިލްކަން އިތުރު ކުރުމެވެ.

އިންޑިއާ އިން ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް، ޚާއްސަކޮށް އިންޑިއާ ކަނޑުގެ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހި ކުރަމުންދަނީ މި ލީޑަރޝިޕް ދެއްކުމުގެ ސިޔާސަތުގެ ތެރެއިން ކަމަށް ޑީއައިއޭ ގެ ރިޕޯޓްގައިވެ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް