Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ - ޕާކިސްތާން

ހަނގުރާމައިގައި އިންޑިއާ ސިފައިން ޕާކިސްތާނުގެ ފަސް ޖެޓް ވައްޓާލި ކަމަށް ބުނެފި, ޕާކިސްތާނުން ދޮގު ކުރޭ!

އިންޑިއާ އިން ބުނާ ގޮތުގައި އެސް-400 މިސައިލް ނިޒާމުގެ އެހީގައި ޕާކިސްތާނުގެ ފަސް ހަނގުރާމަމަތީ ޖެޓާއި އިތުރު ބޮޑު މަތިންދާބޯޓެއް ވައްޓާލި، ނަމަވެސް ޕާކިސްތާނުން މިކަން ދޮގުކޮށް އެއްވެސް މަތިންދާބޯޓެއް ގެއްލިފައި ނުވާކަމަށް ބުނެފިއެވެ.

ރާއްޖެ އެމްވީ | 10 އޯގަސްޓު 2025 | އާދީއްތަ 10:40
އިންޑިއާ ސިފައިން ޖައްމޫ އެންޑް ކަޝްމީރުގެ ސްރީނަގަރުގެ ބޭރުގައި ހަރަކާތްތެރި ވަނީ - 28 ޖުލައި 2025.

އިންޑިއާ ސިފައިން ޖައްމޫ އެންޑް ކަޝްމީރުގެ ސްރީނަގަރުގެ ބޭރުގައި ހަރަކާތްތެރި ވަނީ - 28 ޖުލައި 2025.

މެއި މަހުގެ ކުރީކޮޅު އިންޑިއާ އާއި ޕާކިސްތާން އާ ދެމެދު ހިނގި ހަނގުރާމައިގައި އިންޑިއާ ސިފައިން ޕާކިސްތާނުގެ މަދުވެގެން ފަސް ހަނގުރާމަ މަތީ ޖެޓް ވައްޓާލާފައިވާ ކަމަށް ބުނެފިއެވެ.

އެހެން ނަމަވެސް ޕާކިސްތާނުން މިކަން ދޮގު ކުރެއެވެ.

އެއަރ ޗީފް މާޝަލް އޭޕީ ސިންގް ވިދާޅުވެފައިވަނީ މި ޖެޓްތައް ވައްޓާލެވުނީ ރަޝިޔާ ގައި އުފައްދާފައިވާ މިސައިލް ދިފާޢީ ނިޒާމެއް ކަމަށްވާ އެސް-400 ގެ އެހީގައި ކަމަށެވެ. އެމެރިކާގައި އުފައްދާފައިވާ އެފް-16 ހަނގުރާމަމަތީ ޖެޓްތައް ބަހައްޓާފައިވާ ހޭންގަރަކަށް ވެސް ޙަމަލާ ދެވުނު ކަމަށް ސިންގް ހޮނިހިރު ދުވަހު ބެންގަލޫރުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މަދުވެގެން ފަސް ޖެޓް ވައްޓާލެވުނުކަން ޔަޤީން ކުރެވިފައިވޭ، އަދި ބޮޑު މަތިންދާބޯޓެއް ވެސް ވައްޓާލެވުނު،" ސިންގް ވިދާޅުވިއެވެ. އެ ބޮޑު މަތިންދާބޯޓަކީ ފަހަރެއްގައި ވަރުގަދަ ރާޑާރެއް ހަރުކޮށްފައިވާ، ނުރައްކާތެރިކަން ދެނެގަތުމަށް ބޭނުން ކުރާ މަތިންދާބޯޓެއް ކަމަށް ވެދާނެ ކަމަށާއި، ނުވަތަ ދުޝްމަނުންގެ ރާޑާރާއި މުވާސަލާތުތައް ދެނެގަތުމަށް ނުވަތަ ހުއްޓުވުމަށް ބޭނުންކުރާ މަތިންދާބޯޓެއް ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކަރާޗީ ކައިރީގައިވާ ވައިގެ ބަނދަރެއްގައި ޕާކުކޮށްފައި އޮތް، ދުޝްމަނުންގެ މުވާސަލާތުތައް ހުއްޓުވުމަށް ބޭނުންކުރާ ޒަމާނީ ސާވެއިލަންސް މަތިންދާބޯޓަކަށް ވެސް ޙަމަލާ ދެވުނު ކަމަށް ސިންގް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ ފަހު ވަގުތެއްގައި، ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް އެ ޤައުމުގެ އެއްވެސް މަތިންދާބޯޓަކަށް އިންޑިއާ އަށް ޙަމަލާ ދެވިފައި ނުވާކަމަށް ވިދާޅުވިއެވެ. އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވަޒީރު ހުށަހަޅުއްވާފައިވަނީ ދެ ގައުމުން ވެސް މިނިވަން ފަރާތެއް މެދުވެރިކޮށް މަތިންދާބޯޓުތަކުގެ އިންވެންޓްރީ ބަލައި ޗެކުކުރުމުގެ ފުރުޞަތު ދިނުމަށެވެ.

މެއި މަހު ހިނގި ކުރިމަތިލުން ތަކަކީ ދެ ޤައުމުގެ މެދުގައި މި ދިޔަ ފަންސާސް އަހަރުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ.

މި ކުރިމަތިލުން ތަކުގައި ދެ ފަރާތުން ވެސް ޑްރޯން އަދި މިސައިލް ޙަމަލާތަކާއި، އަދި ދެ ޤައުމުގެ ސަރަޙައްދީ ބޯޑަރު ކައިރީ ގައި ބަރު ހަތިޔާރުންނާއި ލުއި ހަތިޔާރުން ޙަމަލާ ތައް ބަދަލު ކުރިއެވެ.

ހަމަލާތައް ފެށުނީ އޭޕްރިލް 22 ވަނަ ދުވަހު އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރު ގައި ހިނގި ޙަދިސާ އެއް ގައި 26 އާންމު ރައްޔިތުން ގެ ގަޔަށް ބަޑިޖަހާ މަރާލުމުންނެވެ. ނިއު ދިއްލީން ތުހުމަތު ކުރީ މިއީ ޕާކިސްތާނުން ރާވައިގެން ހިންގި ޓެރަރިސްޓް ޢަމަލެއް ކަމަށެވެ. އެހެން ނަމަވެސް އިސްލާމާބާދުގެ ވެރިން މިކަމާ ޕާކިސްތާން އާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

މެއި 31 ގައި ދެއްވި އިންޓަވިއުއެއްގައި، އިންޑިއާ އާމްޑް ފޯސަސްގެ ޗީފް އޮފް ޑިފެންސް ސްޓާފް އަނިލް ޗައުހާން ވިދާޅުވީ ޕާކިސްތާނާއެކު ހިނގި ހަނގުރާމައިގައި އިންޑިއާ ގެ ބައެއް ހަނގުރާމަމަތީ ޖެޓް ތައް ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ވަކި ތަފްޞީލުތަކެއް ހާމައެއް ނުކުރައްވައެވެ. އެހެން ނަމަވެސް އިންޑިއާގެ ހަނގުރާމަމަތީ ހަ މަތިންދާބޯޓު ވައްޓާލެވުނު ކަމަށް ޕާކިސްތާނުން ކުރި ދަޢުވާއަކީ "އެއްގޮތަކަށްވެސް ޞައްޙަ ނޫން" ދަޢުވާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއާ އެކު އިންޑިއާ އިން ގެއްލުނު ޖެޓްތަކުގެ އަދަދު ބަޔާން ކުރުމަށް އޭނާ އިންކާރު ކުރެއްވިއެވެ.

ޕާކިސްތާނުން ބުނެފައިވަނީ އިންޑިއާ އިން ދިން އަސްކަރީ ޙަމަލާތަކަށް ރައްދު ދިނުމަށް ޗައިނާގައި އުފައްދާފައިވާ ހަނގުރާމަމަތީ ޖެޓްތައް ބޭނުން ކުރި ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އިންޑިއާ-ޕާކިސްތާން ހަނގުރާމައިގައި އިންޑިއާ ގެ ފަސް ޖެޓް ވައްޓާލެވިފައި ވެދާނެ ކަމަށެވެ. އަދި ދެ ޤައުމުގެ މެދުގައި ހަނގުރާމަ ހުއްޓުވުމަށް އޭނާގެ ސަރުކާރުން ވިޔަފާރީގެ މަޝްވަރާތައް ބޭނުންކުރި ކަމަށް ތަކުރާރު ކޮށް ވިދާޅުވިއެވެ. މިއީ ނިއު ދިއްލީން ތަކުރާރުކޮށް ދެކޮޅު ހަދާފައިވާ ވާހަކަފުޅެކެވެ. އިންޑިއާ އިން ބުނީ ތިންވަނަ ފަރާތެއްގެ އެހީތެރި ކަމެއް ހަނގުރާމަ ހުއްޓާލުމުގައި ނުހޯދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު