Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިނޮފަރމް ވެކްސިން

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ސިނޮފަރމް ވެކްސިނަކީ 79 އިންސައްތަ ކާމިޔާބު ވެކްސިނެއް ކަމަށް ވަނީ ބުނެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 24 މާރިޗު 2021 | ބުދަ 11:39
ސިނޯވެކް ވެކްސިން

ސިނޯވެކް ވެކްސިން

އެކަށޭނެ މިންވަރަށް ދިފާއީ ނިޒާމަށް ސިނޮފަރމް ވެކްސިނުން އަސަރު ކުރަމުން ނުދާތީ ޔުނައިޓެޑް އަރަބް އެމެރޭޓްސް (ޔޫއޭއީ)ން އެ ވެކްސިނުގެ ތިން ޑޯޒު ޖަހަން ނިންމައިފިއެވެ.

ޔޫއޭއީގެ ސިއްހަތާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިނޮފަރމް ވެކްސިންގެ ފުރަތަމަ ދެ ޑޯޒުންވެސް އެކަށޭނެ މިންވަރަށް ހަށިގަނޑުގެ ދިފާއީ ނިޒާމް ކޮވިޑާއި ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށާއި، އެހެންކަމުން ވެކްސިންގެ ތިންވަނަ ޑޯޒު ޖަހަން ނިންމާފައިވާ ކަމަށެވެ.

ޔޫއޭއީގެ ޖީ24 ހެލްތު ކެއަރގެ ޗީފް ރިސާޗަރ ވަލީދް ޒާހިރު ވިދާޅުވީ ސިނޮފަރމް ވެކްސިން ޖަހަން ފެށުމާއިއެކު ހެދި ތަހުލީލުތަކުން މިހާތަނަށް ފުރަތަމަ ދެ ޑޯޒުންވެސް ގިނަ މީހުންގެ ދިފާއީ ނިޒާމުގައި ކޮވިޑާއި ދެކޮޅަށް ސިނޮފަރމް ވެކްސިނުން މަސައްކަތް ނުކުރާކަން ވަނީ ހާމަވެފައި ކަމަށެވެ. އަދި ވެކްސިނުގެ އިތުރު ޑޯޒެއް ޖަހަން ނިންމީ އެހެންވެ ކަމަށް ވަލީދް ވިދާޅުވިއެވެ.

ވަލީދް އިތުރަށް ވިދާޅުވީ ތިންވަނަ ޑޯޒު ޖަހާނީ ފުރަތަމަ ދެ ޑޯޒުން ދިފާއީ ނިޒާމުގައި އެކަށޭނެ މިންވަރަށް ވައިރަސްއާ ދެކޮޅަށް މަސައްކަތް ނުކުރާ މީހުން ބެލުމަށްފަހުގައި ކަމަށެވެ.

ޔޫއޭއީގެ އިތުރުން ބްރެޒިލުގެ ސިއްހަތާއި ބެހޭ ވުޒާރާއިންވެސް ވަނީ ސިނޮފަރމް ވެކްސިންގެ އިތުރު ޑޯޒެއް ޖަހަން ޖެހިދާނެ ކަމަށް ބުނެފައެވެ. އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ ސިނޮފަރމް ވެކްސިނާއި ގުޅިގެން އިތުރު ތަހުލީލުތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
17 އޯގަސްޓު 2022

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު
17 އޯގަސްޓު 2022

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި
16 އޯގަސްޓު 2022

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު