Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް 19 ގެ ފިޔަވަޅުތަކާގުޅޭ ކަންބޮޑުވުން

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ރައީސް ނަޝީދުގެ އުންމީދީ ޖަވާބެއް

24 މާރިޗު 2021 | ބުދަ 08:23

ޓެކްސީ ޑްރައިވަރުން ބުނީ މި މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 24 މާރިޗު 2021 | ބުދަ 08:23
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް މީޑިއާއަށް ހިއްސާ ކުރަނީ

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް މީޑިއާއަށް ހިއްސާ ކުރަނީ

ކޮވިޑް 19 ގެ ހާލަތު ގޯސްވެ، އެޗްޕީއޭއިން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ޓެކްސީ ސެންޓަރުތަކުގެ ވިޔަފާރިއަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކަށް، އުންމީދީ ޖަވާބެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް މަޖިލީހުގެ ރައީސަށް ހިއްސާކުރުމަށްޓަކައި، ސިޓީއެއް ލިޔެ މަޖިލީސް ކުރާގޭ ދޮރުމައްޗަށް އައުމުން، ރައީސް ނަޝީދު ވަނީ، މަޖިލީހުން ނިކުމެވަޑައިގެން އެމީހުންނާ ބައްދަލުކުރައްވާފައެވެ. އަދި އެމީހުންގެ ކަންބޮޑުވުންތައް އަޑު އައްސަވާ، އެކަމުގައި ކުރެއްވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޕަބްލިކް ހެލްތުން ގަވާއިދުތަކެއް ހަދާފައި ހުންނަނީ، ސިއްޚީ ބޭފުޅުންގެ އިރުޝާދުގެ ދަށުން ކަމަށާއި، އޭގެ ސަބަބުން ނުކުންނަ ނަތީޖާތައް މަޖިލީހުން ފާހަގަކޮށްދިނުމުން ގަވާއިދުތަކަށް ބަދަލު ގެނެސްފައި އެބަހުރިކަމަށެވެ.

މަޖިލީހުގެ އިދާރާއަށް ސިޓީ ހަވާލުކޮށްދިނުމަށް އެދިވަޑައިގަންނަވަމުން، ނަޝީދު ވިދާޅުވީ، ސިޓީ ލިބި ކޮމެޓީ މަސައްކަތް ފެށޭއިރަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް، އެކަން ހިއްސާކުރައްވާނެކަމަށެވެ.

ނަޝީދު ވިދާޅުވީ، އާމްދަނީ ހޯދޭނެ ގޮތްތައް ބަންދުވެފައި އޮތުމުން ލިބޭ ދެރަ ވިސްނިވަޑައިގަންނަވާ ކަމަށާއި، އެއީ ސަރުކާރުން ވެސް އެދޭނެ ގޮތެއް ނޫންކަން ޔަގީން ކުރައްވާކަމަށެވެ.

ނަޝީދު ދެއްވި ޖަވާބާ ގުޅިގެން، ޓެކްސީ ޑްރައިވަރުން ބުނީ، މި މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދުގައި، އެކަމަށް އިންތިޒާރު ކުރާނެކަމަށެވެ.

ރައީސް ނަޝީދު

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
08 މެއި 2023

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

08 މެއި 2023
ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
07 އެޕްރީލު 2023

މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

07 އެޕްރީލު 2023
މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
17 މާރިޗު 2023

މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު

17 މާރިޗު 2023
މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު
15 މާރިޗު 2023

ޖޭޕީއާއި ނަޝީދު ފެކްޝަނުގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: އަސްލަމް

15 މާރިޗު 2023
ޖޭޕީއާއި ނަޝީދު ފެކްޝަނުގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: އަސްލަމް
28 ފެބުރުއަރީ 2023

ރާއްޖެ ބަނގުރޫޓު ވާނީ ގަސްތުގައި ބަޔަކު އެކަން ކުރިއްޔާ، އެ ނޫން ހާލަތެއް ނެތް - ޔައުގޫބް

28 ފެބުރުއަރީ 2023
ރާއްޖެ ބަނގުރޫޓު ވާނީ ގަސްތުގައި ބަޔަކު އެކަން ކުރިއްޔާ، އެ ނޫން ހާލަތެއް ނެތް - ޔައުގޫބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް