Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮކި ކޮންޓެއިނަރއެއް ކްލިއަރނުކުރުން

އުމަރު ވަޒީރުކަމުގައި ހުންނެވި އިރު އޯޑަރުދިން ބޮކި ކޮންޓެއިނަރއެއް ކްލިއަރ ނުކޮށް ބޮޑު ޖޫރިމަނާއެއް އަރާފައިވަނިކޮށް މިސަރުކާރުން އެ ކްލިއަރކޮށްފި

19 އޮގަސްޓް 2016ގައި މާލެ ގެނެވުނު މި ކޮންޓެއިނަރ ކްލިއަރ ކުރެވުނީ 19 ޖެނުއަރީ 2020 ގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މާރިޗު 2021 | ހޮނިހިރު 10:18
މިނިވަން 50އާ ގުޅިގެން ހިންގި ހަރަކާތްތަކާ ގުޅިގެން ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އޭރު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރަށް ކުރެވިފައިވޭ

މިނިވަން 50އާ ގުޅިގެން ހިންގި ހަރަކާތްތަކާ ގުޅިގެން ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އޭރު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރަށް ކުރެވިފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިވަން 50 ފާހަގަކުރުމަށް ގެނައި ބޮކި ކޮންޓެއިނަރއެއް ކްލިއަރނުކޮށް ބޮޑު ޖޫރިމަނާއެއް އަރާފައިވަނިކޮށް މިސަރުކާރުން ކްލިއަރކޮށްފިއެވެ.

ވަޒީރު ކަމުގައި ހުންނެވި އިރު މިނިވަން 50ށް މިކޮންޓެއިނަރއަށް އޯޑަރ ދިން ފަހުން އުމަރު ނަސީރު ވަޒީރުކަމުން އިސްތިއުފާ ދެއްވީ 21 ޖޫން 2016 ގައެވެ. އެއަށްފަހު 22 ޖޫން 2016 ގައި އަޙްމަދު ޒުހޫރު ވަޒީރު ކަމަށް އައްޔަން ކުރެއްވިއެވެ. އަދި އެއަށްފަހު ކުއްލި ގޮތަކަށް ޒުހޫރު ވަކިކުރައްވާ 1 އޮގަސްޓް 2016ގައި އެމަގާމަށް އަޒްލީން އަހުމަދު އައްޔަންކުރެއްވިއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަރުކާރު ބަދަލުވެ ހޯމް މިނިސްޓްރީ ހިންގުން ޝެއިހް އިމްރާން އަބްދުﷲ ބެއްލެވުމުގެ ދަށަށް އައުމާއެކު މިނިސްޓްރީގައި ހުރި މައްސަލަތައް ބެއްލެވި ކަމަށެވެ. އެގޮތުން މިކަން ސަމާލުކަމަށް އައުމާއެކު ކްލިއަރ ކުރުމުގެ މަސައްކަތް ފެށި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު މިހާރު އެކޮންޓެއިނަރ ކްލިއަރ ކުރެވިފައިވާ ކަމަށެވެ. އެގޮތުން 19 އޮގަސްޓް 2016ގައި މާލެ ގެނެވުނު މި ކޮންޓެއިނަރ ކްލިއަރ ކުރެވުނީ 19 ޖެނުއަރީ 2020 ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮންޓެއިނަރ ކްލިއަރ ނުކުރެވި އެހާ ގިނަ ދުވަސްވުމާ ގުޅިގެން ބައެއް ދަތިތަކާ ވެސް ކުރިމަތިވި ކަމަށެވެ. މިހާރު މިތަކެތި ހުރީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. ޖޫރިމަނާގެ ގޮތުގައި ހަތްލައްކަ ހަތްހާސް ރުފިޔާ އަރާފައިވެއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގެ ބައެއް މަސައްކަތްތައް ހަވާލުކޮށްފައި ހުރީ ސީދާ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބޭނުންފުޅުވާ ފަރާތްތަކާ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ. މިނިވަން 50 ފާހަގަކުރުމަށް 2015 ވަނަ އަހަރުގެ ތެރޭގައި ހިންގި ހަރަކާތްތަކުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމަށް އޭރު މީޑިއާތަކުން ރިޕޯޓްކުރުމުން ހޯމް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ. އެއިރު މިނިސްޓްރީން ބުނީ ކޮރަޕްޝަނުގެ އެއްވެސް ކަމެއް މިނިވަން 50 ގެ ތެރޭގައި ހިންގާފައިނުވާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ މިނިވަން 50 ގެ ހުރިހާ މަސައްކަތްތައް ހިންގަމުން ދިޔައީ އޭސީސީ އާއި އޮޑިޓާ ޖެނެރަލް އޮފީހަށް ދައުވަތު ދީގެން، މިނިވަން 50 އޮފީހުގައި އެ މުއައްސަސާތަކުގެ މުވައްޒަފުންނަށް މޭޒު ބަހައްޓައިގެން ކަމަށެވެ. އަދި މިނިވަން 50 ގެ ހުރިހާ ހަރަކާތްތަކެއް ނިމެންދެން އެ މުއައްސަސާތަކުން ކަން ހިނގާ ގޮތް ބަލަމުންދިޔަ ކަމަށާއި އޮޅުން ފިލުވަންޖެހޭ ކަންތައްތައް އޮޅުން ފިލުވައި މުވައްޒަފުންނަށް މަގު ދައްކަމުން ދިޔަ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިނިވަން 50 ގެ ހަރަކާތްތައް ނިމުނު އިރު އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށާއި މިނިވަން 50 ގެ ހުރިހާ ހަރަކާތްތަކެއް ކޮށްފައި ވަނީ އޭރުގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ފަސް ވަޒީރުންގެ ކޮމެޓީއަކުން ދެއްވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ.

މިނިވަން 50 ގެ ހަރަކާތްތަކާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅިފައިވާ 83 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން މިހާތަނަށް 37 މައްސަލަ ތަހުގީގުކޮށް ނިމިފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އުމަރު ނަސީރުމިނިވަން 50

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕީއެންސީ މެމްބަރުންގެ ތެރޭގައި ޑްރަގް ޑީލަރުން އެބަ ތިބި، ނިޒާމު ގެ ތެރެއަށް ވަދެ އެ މީހުން ތިބީ ފަނޑިޔާރުންނަށް ބަސް ބުނެވޭ ހިސާބުގައި: އުމަރު

ޕީއެންސީ މެމްބަރުންގެ ތެރޭގައި ޑްރަގް ޑީލަރުން އެބަ ތިބި، ނިޒާމު ގެ ތެރެއަށް ވަދެ އެ މީހުން ތިބީ ފަނޑިޔާރުންނަށް ބަސް ބުނެވޭ ހިސާބުގައި: އުމަރު

20 ނޮވެމްބަރު 2025
ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށް އަތުލާފައިވާ ބާރުތައް މައިންބަފައިންނާއި، މުދައްރިސުންނަށް އަނބުރާ ދޭން ޖެހޭ: އުމަރު

ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށް އަތުލާފައިވާ ބާރުތައް މައިންބަފައިންނާއި، މުދައްރިސުންނަށް އަނބުރާ ދޭން ޖެހޭ: އުމަރު

18 ނޮވެމްބަރު 2024
އުމަރުވެސް ރިޔާސީ ރޭހަށް، ރަނިންގ މޭޓަކީ މާޒް ސަލީމް

އުމަރުވެސް ރިޔާސީ ރޭހަށް، ރަނިންގ މޭޓަކީ މާޒް ސަލީމް

07 އޯގަސްޓު 2023
ގާސިމުގެ ދައުވަތަށް އުމަރު: އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް އެރުމަށް ޝައުޤެއް ނެތް

ގާސިމުގެ ދައުވަތަށް އުމަރު: އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް އެރުމަށް ޝައުޤެއް ނެތް

05 އެޕްރީލު 2023
ރިޟްވާންގެ އާއިލާއިން ޢުމަރު ނަޞީރަށް ދައުވާ ކުރަން ނިންމައިފި

ރިޟްވާންގެ އާއިލާއިން ޢުމަރު ނަޞީރަށް ދައުވާ ކުރަން ނިންމައިފި

17 އޯގަސްޓު 2021

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު