Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަތީޖާ ދަށް ދަރިވަރުން

ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން ސިފައިންގެ އާއި ފުލުހަށް ވައްދާނެކަމަށް ރައީސަކު ވިދާޅުވުމަކީ ދެރަވަރު "ޗީޕް" ވާހަކަ އެއް - އުމަރު

އެކަމުގެ ސަބަބުން ސިފައިންގެ އާއި ފުލުހުންގެ އަގު ވެއްޓޭ ކަމަށް އުމަރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2024 | އަންގާރަ 05:04
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު

ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން ސިފައިންގެ އާއި ފުލުހަށް ވައްދާނެ ކަމަށް ރައީސަކު ވިދާޅުވުމަކީ ދެރަވަރު "ޗީޕް", ނުވަތަ ދަށު ދަރަޖައިގެ ވާހަކަ އެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިންގެ އާއި ޕޮލިހަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށަން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. އެގޮތުން ރައީސް ވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން މި ދައުރުގެ ތެރޭގައި އިތުރު 1000 ފުލުހުން ބޭނުންވާ ކަމަށް ފާހަގަކުރައްވާފައެވެ. ވަޒީފާ ހޯދުމުގެ ފުރުސަތު ނުލިބިފައި، ތައުލީމް އެކަށީގެންވާ ވަރަކަށް ނުލިބި މަގުމައްޗަށް ގިނަވާ ކުދިންނަށް އެ ވަޒީފާތައް ހޯދާދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ތައުލީމީ ގޮތުން ރަނގަޅު ނަތީޖާ އެއް ނުލިބުނު ނަމަވެސް ވަޒީފާގެ ފުރުސަތުތައް ލިބެންވާނެ ކަމަށާއި އެކަން އެގޮތަށް ފަހިކޮށްދިނުމަކީ މައްސަލަ އެއް ނޫންކަމަށް އުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް އެ ވާހަކަ ބައްޓަން ކުރެއްވީ ސްކޫލްތަކުން ދަށް ނަތީޖާ ލިބޭ ކުދިން ވަރަށް ބޮޑަށް ލޭބަލް ވާ ގޮތަށް ކަމަށް އުމަރު ފާހަގަކުރެއްވިއެވެ. އެފަދަ ދަރިވަރުންނަކީ ޑްރޮޕްއައުޓްސް ކަމަށް ސިފަކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވަނީ ބަސްނާހާ، ނޫނީ ނަތީޖާ ދަށް މީހުން ގެންގޮސް އަސްކަރިއްޔާ އަށް ވެއްދުމަކީ ވަރަށް ކުރީގެ ބޯދާ ވިސްނުމެއް ކަމަށެވެ. އެއީ ވަރަށް ފެންވަރު ދަށް ވާހަކަ އެއް ކަަމަށާއި އެކަމުގެ ސަބަބުން ސިފައިންގެ އާއި ފުލުހުންގެ އަގު ވެއްޓޭ ކަމަށް އުމަރު ވިދާޅުވިއެވެ. ފުލުހުންނާއި ސިފައިން ކުރާ މަސައްކަތަކީ ހަރުދަނާ މަސައްކަތްތަކެއް ކަމަށާއި އެތަނަށް ބޭނުންވަނީ ތައުލީމީ، ފަންނީ ޤާބިލް މީހުން ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު އެފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ކޮންމެ އަހަރަކު ވެސް ހިންގާނެ ޕްރޮގްރާމެއް ކަަމަށެވެ. އަދި މި ޕްރޮގްރާމް ވެގެން ދާނީ ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން ހިންގާ ޕްރޮގްރާމަކަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އުމުރުން 16 އަހަރުވުމަށްފަހު، އެ 16 އަހަރުވެގެން އޯ ލެވެލް ނިންމާފައި ނޫނީ ތައުލީމް ހާސިލްކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނަށާއި ވަޒީފާއެއް ނުލިބޭ ކުދިން އެ ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ޕްރޮގްރާމަށް އަންނަ އަހަރުގެ ބަޖެޓުން ވަނީ 400 މިލިއަން ރުފިޔާ ކަނޑައަޅަން ހަމަޖެހިފައެވެ. ކޮންމެ އަހަރަކު ވެސް އެކަމަށް އެކަނި 400 މިލިއަން ރުފިޔާ ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު