Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްލިއަރެންސް އެޖެންޓް ރަޖިސްޓްރޭޝަން ގަވާއިދު

ކްލިއަރެންސް އެޖެންޓް ރަޖިސްޓްރޭޝަން ގަވާއިދު 30 އެޕްރީލްގެ ކުރިން ނިންމުމަށް އެމްޕީއެލްއަށް އެންގުމަށް މަޖިލީހުން ފާސްކޮށްފި

24 މާރިޗު 2021 | ބުދަ 11:18

މިކަން ފާސްކޮށްފައި ވަނީ މިކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 26 މެންބަރުންގެ އިއްތިފާގުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 މާރިޗު 2021 | ބުދަ 11:18
އެމްޕީއެލް ސަރަހައްދު

އެމްޕީއެލް ސަރަހައްދު

މާލޭ ކޮމަރޝަލް ހާބަރާއި ހުޅުމާލެ ޓާރމިނަލް އަށް މުދާ ކްލިއަރ ކުރަން ވަންނަ ކްލިއަރިންގ އެޖެންޓުންގެ "ކްލިއަރެންސް އެޖެންޓް ރަޖިސްޓްރޭޝަން ގަވާއިދަ"ށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް އެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް 30 އެޕްރީލް 2021 ކުރިން ނިންމުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގައި މިކަން ފާސްކޮށްފައި ވަނީ މިކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 26 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މިފަހުން މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާގައި ކަންހިނގާފައިވާ ގޮތް ބެލުމަށާއި، ހެދިފައިވާ ގައިޑްލައިންތަކާއި އުސޫލުތަކާ އެއްގޮތަށް މާލޭ ވިޔަފާރި ބަނދަރުގައި ސަލާމަތީ ކަންކަން ބެލެހެއްޓެމުން ދޭތޯ ބެއްލެވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ބުނީ ބަނދަރުގައި ހިނގާ ކަންކަން މޮނިޓަރކުރުން ހަރުދަނާކުރަން ޖެހޭކަމާއި، އަދި އާންމު އުސޫލުން މޮނިޓަރ ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން މުހިންމު ކަމަށާއި، އަދި މިފަދަ ނިޒާމެއް ގާއިމުކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭފުޅުން ބަނދަރުގެ ކަންކަން ހިނގަމުން ދާގޮތް ބަލައި ރިޕޯޓްކުރާނެ މެކޭނިޒަމެއް ގާއިމްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއާއި އެމްޕީއެލްއަށް ދެންނެވުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މުއާހަދާއެއް ކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓްސީ (ސޯލާސް) ގެ ދަށުން ބަނދަރުތަކުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ލާޒިމް ކޮށްފައިވާތީ، ބަނދަރުތަކުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އުސޫލެއް ކަނޑައެޅިފައި ވީނަމަވެސް ބަނދަރުތަކުގެ ސަލާމަތާ ބެހޭ ގަވާއިދެއް، އުސޫލެއް ގާއިމްކޮށްފައި ނުވާ ކަމުންވީ އެންމެ އަވަސް ފުރުސަތެއްގައި ބަނދަރުތަކުގެ ގާނޫނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ދަންނަވައި، އަދި މި ގާނޫނާއެކު އެކުލަވާލަންޖެހޭ ބަނދަރުތަކުގެ ސަލާމަތާބެހޭ ގަވާއިދުތައް އެކުލަވާލުމަށް ދެންނެވުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ސޭފްޓީ އެންޑް ހެލްތް އިން ޕޯޓްސްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އެޑްމިނިސްޓްރޭޝަންގެ ގައިޑްލައިނާ އެއްގޮތަށް ކޮންޓެއިނަރ ޔާޑާއި ޕޯޓްސް ކްލިއަރިންގ އޭރިއާ ވަކިކުރުމަށް ދެންނެވުމާއިއެކު ސ. ހިތަދޫ ޕޯޓް ފެސިލިޓީއާއި ހދ. ކުޅުދުއްފުށި ޕޯޓް ފެސިލިޓީއާއި، ހުޅުމާލެ ޕޯޓް ފެސިލިޓީގެ ސެކިއުރިޓީ އެސެސްމަންޓް ހަދައި އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑް ކޮމްޕްލައިންސް އޮޑިޓްގެ މަސައްކަތް ނިންމުމަށްފަހު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުމަށް އެމްޕީއެލްއަށް އެންގުމަށް ވެސް ވަނީ ނިންމާފައެވެ.

އެމްޕީއެލްގައި މަސައްކަތް ކުރަމުންދާ އެކުންފުނީގެ މުވައްޒަފުންނާއި، ކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތައް އަޅައި، ކުންފުނީގެ މުވައްޒަފުންނާއި، ބަނދަރުން ޚިދުމަތް ހޯދާ އެންމެހައި ފަރާތްތަކުން ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކަށް ތަބާވޭތޯ ކަށަވަރުކުރުމަށް އެމްޕީއެލްއަށް އެންގުމާއިއެކު މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާގައި އިހުމާލުވާ އެންމެހާ ފަރާތްތަކަށް ޖިނާއީ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަށް ދަންނަވާ، އަދި ތަހުގީގު ކޮށް ނިންމުނު ގޮތުގެ ރިޕޯޓު ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ ފޮނުއްވައި ދެއްވުމަށް އެންގުމަށް ވެސް ނިންމާފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނީ އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމިޓީން އެކުލަވާލައިފައިވާ އިންވެސްޓިގޭޝަން ރިޕޯޓުގައި، މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާގައި އިހުމާލުވެފައިވާ ކަމަށް ފާހަގަ ކުރައްވާފައިވާ އެ ކުންފުނީގެ މުވައްޒަފުންގެ މައްސަލަ، އެ ކުންފުނީގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށްފަހު، އެ މުވައްޒަފުންނާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދެންނެވުމާއިއެކު ކުރިޔަށް އޮތްތާގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް، ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ދެންނެވުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޕީއެލްރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް