Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޭރުން

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

މާސްކް އެޅި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ ބީއެމްއެލްގެ މުވައްޒަފުން އަތުން ފައިސާ ފޭރިގަތް މައްސަލާގައި ހަތަރު މީހުން ހައްޔަރުކުރި

އަލީ ޝާހީން
އަލީ ޝާހީން | 28 އޮކްޓޯބަރު 2025 | އަންގާރަ 14:53
ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލަ

ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލަ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ޑޮލަރު ތަކެއް ފޭރުނު މައްސަލާގައި، ޑޮލަރުތައް ފެނިފައިވޭތޯ ސުވާލުކުރުމުން ޖަވާބު ދެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފޭރުނު ޑޮލަރު ރިކަވަރ ވެފައިވޭތޯ ރާއްޖެ އެމްވީ އިން ފުލުހުންގެ މީޑިއާ އާއި ސުވާލުކުރުމުން ފުލުހުން ބުނީ، މި މައްސަލާގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށާއި ވަކިވަކި ސުވާލުތަކަށް މިވަގުތު ޖަވާބު ދެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement

މާސްކް އެޅި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ، ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި އެމީހުން ދަތުރުކޮށްފައި ދިޔަ ލޯންޗު އަދި އެ ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު ފޭރިގަނެފައިވާ ގިނަ އަދަދެއްގެ ޑޮލަރަށް ވީ ގޮތް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިހާރު ހާމަކޮށްފައިވާއިރު އެމީހުންގެ ބަންދަށް ކޯޓުން 5 ދުވަސް ވަނީ ޖަހާފަ އެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ލ.މާވަށް، ރޭޝަމް، މާޒިން މޫސާ، 25، އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް، 20، އާއި ކ.ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް 24، އަދި ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު، 30 އެވެ.

ބޮޑެތި ވައްކަމާއި ފޭރުން މި ފަހަކަށް އައިސް އާންމުވެފައިވާ އިރު މި އޮކްޓޯބަރު 8، ވަނަ ދުވަހުގެ ރޭ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓުގެ ވަނީ ވަގަށް ނަގާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސް ދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ.

ވެލާނާ އެއަރޕޯޓްބީއެމްއެލްމަނީ ހައިސްޓްއެމްޕީއެލްސިނގިރޭޓް ވައްކަން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި
01 ޑިސެމްބަރު 2025

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

01 ޑިސެމްބަރު 2025
ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

22 ނޮވެމްބަރު 2025
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
16 ނޮވެމްބަރު 2025

ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި

16 ނޮވެމްބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު