Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ސަރވިސް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެ

ސިވިލް ސަރވިސް ކޮމިޝަނުގައި މަދުވެގެން 2 އަންހެން މެމްބަރުން ތިބޭގޮތަށް ސިވިލް ސަރވިސް ގާނޫނަށް އިސްލާހު ހުށަހަޅައިފި

23 މާރިޗު 2021 | އަންގާރަ 15:12

ބިލްގައި ހުރި އިސްލާހުތަކަކީ ސިވިލް ސަރވިސް ހިންގުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އެދިފައިވާ ކަންކަން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 މާރިޗު 2021 | އަންގާރަ 15:12
ރޮޒައިނާ އާދަމް: ސިވިލް ސަރވިސްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ހުށަހަޅުއްވަނީ

ރޮޒައިނާ އާދަމް: ސިވިލް ސަރވިސްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ހުށަހަޅުއްވަނީ

އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަންގައި މަދުވެގެން ދެ އަންހެން މެމްބަރުން ތިބުމަށް ލާޒިމްވާގޮތަށް ސިވިލް ސަރވިސްގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލް ހުށަހަޅާ އެބިލްގެ ބަހުސް ފަށައިފިއެވެ.

މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމްއެވެ. ބިލް ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ ބިލްގައި ހުރި އިސްލާހުތަކަކީ ސިވިލް ސަރވިސް ހިންގުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އެދިފައިވާ ކަންކަންކަމަށެވެ.

Advertisement - newsAdvertisement

ސިވިލް ސަރވިސް ކޮމިޝަނުގައި އަންހެން ދެ މެމްބަރުން ތިބުމަށް ލާޒިމްކޮށް ހުށަހަޅާފައިވަނީ ކޮމިޝަންތައް އެކުލަވާލުން އެއްގޮތް ކުރުމުގެ ގޮތުން ކަމަށާއި ކުރިޔަށް އޮތްތަނުގައި މިބަދަލުތައް ދެން ހުރި ކޮމިޝަންތަކަށްވެސް ގެނައުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ހުށަހަޅުއްވާފައިވާ ބިލްގެ 10 ވަނަ މާއްދާގެ ހ ގައި ވަނީ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މަދުވެގެން 2 އަންހެން މެމްބަރުން ހުންނަންވާނެއެވެ.

މީގެއިތުރުން ކޮމިޝަންގެ މެމްބަރުންގައި ހުރުން ލާޒިމްވާ ސިފަތަކުގެ ތެރޭގައި ފުރަތަމަ ޑިގްރީ ހާސިލްކުރުމަށްފަހު ހިންގުމުގެ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންޖެހޭނެކަމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އަދި ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށްވެސް މިބިލަށް ވަނީ އިސްލާހު ގެނެސްފައެވެ.

އެގޮތުން 17 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ކޮމިޝަންގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަނުކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް އައްޔަނުކޮށްފައިވާ މެމްބަރުންގެ ތެރެއިން މީހެއްގެ ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށް ވަނީ ބުނެފައެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވެ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކުރާ މީހަކު ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރަންވާނެކަމަށް 17 ވަނަ މާއްދާގެ ރ އަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.

އެހެންނަމަވެސް މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ކޮމިޝަންގެ ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް އައްޔަނުކޮށްފައިވާ މެމްބަރުން ގާނޫނުގައިވާ ގޮތުގެމަތިން މަގާމުން ވަކިވަންދެން ތިބޭނެކަމަށް މިބިލްގައިވެއެވެ.

ރައްޔިތުންގެ މަޖިލިސްސިވިލް ސަވިރސް ކޮމިޝަން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
21 ސެޕްޓެމްބަރު 2025

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި
07 ސެޕްޓެމްބަރު 2025

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި
19 އޯގަސްޓު 2025

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި
21 އެޕްރީލު 2025

ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި

21 އެޕްރީލު 2025
ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި
20 އެޕްރީލު 2025

ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި

20 އެޕްރީލު 2025
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
23 ޖުލައި 2024

ސީއެސްސީ އަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ 87 އިންސައްތަ ވަނީ ނިންމާފައި

23 ޖުލައި 2024
ސީއެސްސީ އަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ 87 އިންސައްތަ ވަނީ ނިންމާފައި
09 ޖޫން 2024

ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި

09 ޖޫން 2024
ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް