Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އަފްޣާނިސްތާނު

އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ ކުއްލި ދަތުރެއް އަފްޣާނިސްތާނަށް

މި ދަތުރުފުޅުކޮށްފައި މިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެގައުމުން ބާލާނެކަމަށް ބުނެފައިވާ ތާރީހު ގާތްވެފައި ވަނިކޮށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 މާރިޗު 2021 | ހޯމަ 02:00
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އައުސްޓިން

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އައުސްޓިން

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އައުސްޓިން އަފްޣާނިސްތާނަށް ކުއްލި ދަތުރެއް ކުރައްވައިފިއެވެ.

ޑިފެންސް ސެކްރެޓަރީ އަފްޣާނިސްތާނަށް ދަތުރުފުޅެއް ކުރައްވާނެކަން ކުރިން ހާމަކޮށްފައިނުވާ އިރު، މި ދަތުރުފުޅުކޮށްފައި މިވަނީ އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެގައުމުން ބާލާނެކަމަށް ބުނެފައިވާ ތާރީހު ގާތްވެފައި ވަނިކޮށެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ލޮއިޑް އައުސްޓިންގެ މި ދަތުރުފުޅުގައި އަފްޣާނިސްތާނުގެ ރައީސް އަފްރަޝް ގާނީއާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ވާހަކަދައްކަވާފައި ވީނަމަވެސް މިހާރު އާންމުކޮށްފައިވާ ތާރީހާ ހަމައަށް އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެގައުމުން ބޭލުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެއް ނުވެއެވެ.

އައުސްޓިން ވަނީ މިހާރު ސަމާލުކަން ދޭންވީ ހަމަނުޖެހުންތައް ހުއްޓުވުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ކަމަށް ވިދާޅުވެފައެވެ. އަދި ނިއުޔޯކް ޓައިމްސް އަށް ދިން އިންޓަވިއުގައި އައުސްޓިން ވަނީ އަދިވެސް އެގައުމުގައި ހަމަނުޖެހުންތައް ގިނަކަން ފާހަގަކުރައްވާފައެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެގައުމުން ބޭލުމަށް އެއްބަސްވުމަކަށް ގޮސްފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕު ތާލިބާނުންނާ އެކުވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މި އަހަރުގެ މެއި 1 ގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ފައިބާންޖެހޭނެއެވެ.

އެމެރިކާ އާއި ތާލިބާނުންނާ ދެމެދު ވެފައިވާ މި އެއްބަސްވުމާ އެއްގޮތަށް ތާލިބާނުން އަމަލުކުރަމުންދޭތޯ ނުވަތަ ނޫންތޯ އައުސްޓިން ހާމަކުރައްވާފައެއް ނުވެއެވެ.

އެމެރިކާގެ 2،500އެއްހާ ސިފައިން ދަނީ އަދިވެސް ދަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންނެވެ.

އެމެރިކާއަފްޣާނިސްތާން

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު