Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަހޯލި މައްސަލަ އިސްތިއުނާފުކުރުން

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އިސްތިއުނާފީ މައްސަލައެއްގެ ގޮތަށް ބެލެން ނެތްކަމަށް ހައިކޯޓުން ނިންމައިފި

ހައިކޯޓުގެ މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިދާނެ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 21 މާރިޗު 2021 | އާދީއްތަ 08:09
ހައި ކޯޓް

ހައި ކޯޓް

އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވާ މައްސަލަތައް، އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބެލުމުގެ އިޚްތިޞާސް ހައިކޯޓަށް ލިބިގެން ނުވާކަމަށް، އެ ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމައިފިއެވެ.

އާދީއްތަ ދުވަހު ހައިކޯޓުން ނިންމާފައިވާ މިނިންމުމަކީ، އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވާ ނިންމެވުމެއް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ ފަރާތުން، ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބަލާފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

އެއީ، ލ. ގަން، މުކުރިމަގު، ނޫވިލާގެ, މޫސާ ނަސީމް، ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓް ހޯދުމަށް އެދި، އޭނާ އެމްޑަބްލިއުއެސްސީއަށް ހުށަހެޅުމުން، އެކުންފުނިން ޖަވާބެއްދީފައި ނުވާތީ، އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރުމުން، ނިންމަވާފައިވާ ނިންމެވުމެކެވެ.

މި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމުގައި ވަނީ، މޫސާ ނަސީމް، އެމްޑަބްލިއުއެސްސީން ހޯދުމަށް އެދި ހުށަހަޅާފައިވާ ރިޕޯޓު އޭނާއަށް ދޫކުރުމަށް އަންގަވާފައެވެ. އެއީ، އެ މައުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނު  (މަހޯލި ޤާނޫނު) ގެ 7 ވަނަ ބާބުގައި ކަނޑައަޅާފައިވާ، އާންމު މަސްލަހަތަށް އިސްކަންދިނުމާއި އިސްތިސްނާ ހާލަތްތަކަށް ފެތޭ މައުލޫމާތެއް ކަމުގައި ނުވާތީ ކަމަށް ވެސް އެ ނިންމެވުމުގައިވެއެވެ.

ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މި މައްސަލައިގެ ނިންމުމުގައި، މައްސަލަ ބެއްލެވި ފަނޑިޔާރުން ބަޔާންކުރައްވާފައިވަނީ، ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައަޅާ ޚާއްސަ ޤާނޫނަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ކަމަށާއި، މަހޯލި ޤާނޫނަކީ، ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައަޅާ ޤާނޫނެއް ނޫން ކަމަށެވެ. އަދި، ކޯޓުތަކުގެ ޤާނޫނު ފިޔަވައި އެހެން ޤާނޫނެއްގައި ކޯޓުތަކުގެ އިޚްތިޞާޞާ ގުޅޭ ގޮތުން ކަމެއް ބަޔާންކުރާނަމަ އެކަން ވަރަށް ސާފު އިބާރާތުން ބަޔާންކުރަން ޖެހޭނެކަމަށް މި ނިންމުމުގައިވެއެވެ.

މަހޯލި ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ،  އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމެވުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމެވުމަކާ ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން، އެމައްސަލައެއް ނިންމާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓަށް އިލްތިމާސްކުރުމުގެ ފުރުސަތު ލިބިދޭކަމަށެވެ.

އެހެން ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގައި ބުނެފައިވަނީ، ކޯޓުތަކުގެ ޤާނޫނުން ހައިކޯޓަށް ލިބިދީފައިވާ އިޚްތިޞާޞަށް ބަލާއިރު، މި ނިންމުން ނިންމާފައިވަނީ ދަށު ކޯޓަކުންތޯ ނުވަތަ ޓްރައިބިއުނަލަކުންތޯ ބަލަން ޖެހޭކަމަށެވެ.  އަދި އެއީ ދަށުކޯޓަކުން ނިންމާފައިވާ ނިންމުމެއްކަމަށް ބެލޭނެ ޖާގައެއް ނެތްކަމަށެވެ. ހަމައެހެންމެ، މަހޯލި ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ އިބާރާތުގައިވާ "އިންފޮމޭޝަން ކޮމިޝަނަރު" އެއީ ޓްރައިބިއުނަލެއްކަމަށް ބެލެވެން ވެސް ނެތްކަމަށެވެ.

އެހެން ނަމަވެސް ހައިކޯޓުގެ މި ނިންމުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ބައްލަވައި ޙުކުމްކުރި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ، ފަނޑިޔާރު މުޙައްމަދު ފައިޞަލާއި، ފަނޑިޔާރު މުޙައްމަދު ނިޔާޒާއި، ފަނޑިޔާރު ހުސައިން ރަޝީދެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު