Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ޚަބަރު ކިޔާ މީހުންނަށް ހަމަ ގައިމުވެސް ގައުމުގެ ވާނުވާ އެނގޭނެ!

އެއީ އެއްވެސް ހާލެއްގައި އިންތިޚާބުގައި ވާދަކުރަން ލަދުގަންނަން ޖެހޭ ސަބަބެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 މާރިޗު 2021 | އާދީއްތަ 04:05
ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ރިޒްނާ ޒަރީރު

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ރިޒްނާ ޒަރީރު

ސިޔާސީ މަގާމުތަކަށް އެކި ދާއިރާތަކުން މީހުން ކުރިމަތިލައެވެ. އިންތިޚާބުތަކުގައި ވާދަކުރެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބަކަސް، ރައްޔިތުން މަޖިލީހުގެ މެމްބަރުކަމަށް ވިޔަސް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަކަސް، އެކި ދާއިރާތަކުގެ މީހުން ވާދަކުރެއެވެ. ވަކި ދާއިރާއެއްގައި މަސައްކަތް ކުރީތީ ލަދުން އުޅޭތީއެއް ނުފެނެއެވެ.

ދާދި ފަހުން މީސްމީޑިއާގައި ތިލަވެގެން ދިޔައީ ނުވަތަ އެންމެ ހަރުއަޑުން ދެކެވުނު ވާހަކައަކީ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާއަށް ވާދަކުރާ ނޫސްވެރިޔާ ރިޒްނާ ޒަރީރު، ޚަބަރު ކިޔާން އިނދެފައި، ޕީޕީއެމްއިން ހުޅުމާލޭ ދާއިރާއަށް ވާދަކުރާ އިބްރާހިމް ޝުޖާއުއާ ކުރިމަތިލާން ލަދުގަންނަން ޖެހޭކަމަށް، މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ވިދާޅުވި ވާހަކައެވެ. މިކަމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން މާވަށު ދާއިރާގެ މެމްބަރަށް އަމާޒުވެގެން ދިޔައެވެ.

ޚަބަރު ކިޔާން އިނދެފައި ގޮނޑިން ފުންމާލައިގެން ގޮސް މާވަޑިޔަކާވެސް ކުރިމަތިލާންވީއެވެ. ކެޔޮޅަކު ދޮށި އެއްލާލާފައި ގޮސް ވަޒީރަކާވެސް ކުރިމަތިލާންވީއެވެ. އިހަވަންދިއްޕޮޅުގެ ތުރާކުނު މީހާ އަރިއަތޮޅުގެ ހޮލިޑޭ އައިލެންޑުން ތަމްރީނުވެގެން ހައްދުންމަތީ މާވަށު ގޮނޑިއަށް ވެސް ވާދަކުރާނެއެވެ. ކުރެވޭނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ހެދެންއޮތް ކަމެއްވެސް ނޫނެވެ.

މާވަށު ދާއިރާގެ މެމްބަރަށް  މިކަންކަން ވަނީ އޮޅިފައެވެ. އެހެންވީމާ ސާފުކޮށްލަދޭން ބޭނުމެވެ. ޚަބަރު ކިޔަން އިނދެފައި އައިސް އިންތިޚާބުގައި ވާދަކުރަން ޖެހުމަކީ އެއްވެސް ހާލެއްގައި ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ނޫސްވެރިންނަކީ ގައުމުގައި ހިނގާ އެންމެ ބޮޑެތި ޚަބަރުތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީހުންނެވެ. މީގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް އެންމެ ކައިރިން އެނގޭނެ މީހުންނެވެ. ރަށެއްގެ ބަނދަރު ނުހެދި އޮތަސް، ފެނާއި ނަރުދަމާގެ މައްސަލައަކަށް ވިޔަސް ބޯހިޔާވަހިކަމުގެ މައްސަލައަކަށް ވިޔަސް ރައްޔިތުންނާއި އެންމެ ކައިރިން އެވާހަކަތައް އަޑުއަހައި ރައްޔިތުންނަށް ގެނެސްދޭން ތިބޭ ބަޔަކީ ނޫސްވެރިންނެވެ.

ޚުދު ސައީދަކީވެސް އެކި މަރުހަލާތަކުގައި ފަރިވަމުން ފޮޅެމުން މިއަދު ތިޔަ ހުންނެވި ގޮނޑިޔާ ހަމައަށް ވަޑައިގެންނެވުނު ފިނިފެންމަލެއް ފަދަ ސިޔާސީ ބޭފުޅެކެވެ. ރިސޯޓެއްގެ ރޫމްބޯއި ކަމުން ހައުސްކީޕަރު ކަމުން ޖެނެރަލް މެނޭޖަރުކަމުން ރައީސް ޔާމީނުގެ ކެބިނެޓުގެ ވަޒީރުކަމުން މިއަދު ތިޔަ ހުންނެވީ މަޖިލީހުގެ މާވަށު ދާއިރާގެ ގޮނޑީގައެވެ. އެކަމާ ސައީދު ނުގަންނަ ލަދެއް ރިޒްނާ ގަންނަންޖެހޭތޯއެވެ. އެކަން އެކަންޏެއް ނޫނެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އަދި ގާސިމް އިބްރާހީމްގެ ހިޔަނީގައި ކެބިނެޓަށް ވަޑައިގެންނެވުނީމާ އެކަން ހަނދުމަނެތި ކުރައްވާފައި ދެން ސައީދުގެ އިޚުލާސްތެރިކަމުގެ ކުލަ ބަދަލުވެގެން ދިޔަ ގޮތާއިމެދު ސައީދުގެ އެއްވެސް ލަދެއް ނެތެވެ. އެކަމަކު ހުޅުމާލޭ ދާއިރާއަށް ކުރިމަތިލާން ލަދު ގަންނާންޖެހެނީ ރިޒްނާ ޒަރީރެވެ. މިއީދެން އަޖައިބެއް ކަހަލަ ކަމެކެވެ. 

ގާނޫނުގައި ވެސް ނުވަތަ އިންތިޚާބަށް ކުރިމަތިލާއިރު ވެސް "ވަކި ދާއިރާ" އެއްގައި އެމީހަކު މަސައްކަތް ކުރީތީ ވާދަ ނުކުރެވޭނެ ކަމަށް ނުވަތަ ވާދަ ކުރަން ލަދުގަންނަން ޖެހޭ ކަމަށް ލިޔެވިފައެއް ނޯވެއެވެ. ނޫސްވެރިކަމުގެ ދާއިރާއަކީ އެއްވެސް ހާލެއްގައި ތިގޮތަށް ބުނެލާ ބަހަކުން ކިލަނބުވެގެންދާނެ ދާއިރާއެއް ނޫނެވެ. ޚުދު އަޅުގަނޑުވެސް ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާތީ މި ދާއިރާގައި މަސައްކަތުގެ ގޮތުން ހުރި ބުރަކަން އިހްސާސް ކުރެވެއެވެ.

ގިނަ ފަހަރަށް މަޖިލީހުގެ އަރާމުގައި ގޮނޑީގައި އިންނަވާ ބޭފުޅަކަށް މިކަން ނޭނގިދާނެއެވެ. އިންތިޚާބުގެ ތެރޭގައި އަންނަ ފޯރިޔާއި ޖެހެވޭ ޖަޒުބާތުގެ ސަބަބުން ބައެއް މީހުންނަށް ދެއްކޭ ނުދެއްކޭ ވާހަކަ ވެސް ނޭނގެނީއެވެ. ސައީދާއި ޖެހިގެން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ ގޮނޑީގައި އިންނަވާ މުހައްމަދު ވިސާމާ ދޭތެރޭ ވިސްނާލެއްވިންތޯ އެވެ. އެއީ ރައްޔިތުންގެ ލޯބި ލިބިގެން، ރައްޔިތުންގެ ތާއީދާއެކު މަޖިލީހަށް އިންތިޚާބުވި އެންމެ ހަގު މެމްބަރެވެ. ނޫސްވެރިކަމުގެ ދާއިރާގައި އުޅެފައި މަޖިލީހަށް ނިކުތް މީހެކެވެ. އެހެންވީމާ މާވަށު ދާއިރާގެ މެމްބަރަށް ދަންނަވަން އޮތީ މީހަކަށް ނިސްބަތްކޮށް އަނގައިން ބަހެއް ބޭރުކޮށްލުމުގެ ކުރިން ވިސްނަވާށެވެ. ވަކި ދާއިރާއަކަށް ނިސްބަތްވުމަކީ އެއްވެސް ހާލެއްގައި އަސުރުމާ ކެންޑިޑޭޓަކާއި ކުރިމަތިލާން ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ހަމަ ގައިމުވެސް ޚަބަރު ކިޔާ މީހުންނަށް ގައުމުގެ ވާނުވާ މާރަނގަޅަށްވެސް އެނގޭނެއެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު