Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ލެވަންޑޯސްކީގެ ހެޓްރިކާއެކު ބަޔާނަށް ފަސޭހަ މޮޅެއް

ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ 61 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 މާރިޗު 2021 | ހޮނިހިރު 17:58
ބަޔާނާއި ސްޓުޓްގާޓް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 4-0 ން

ބަޔާނާއި ސްޓުޓްގާޓް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 4-0 ން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ހެދި ހެޓްރިކާއެކު، ސްޓުޓްގާޓް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ބަޔާން މޮޅުވިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ އެއް ކުޅުންތެރިއަކު ވަނީ މަދުވެފައެވެ. އެއީ މެޗުގެ 12 ވަނަ މިނެޓުގައި ބަޔާނުގެ އެލްފޮންސޯ ޑޭވީސްއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. މެޗުގެ ކުރީކޮޅު އޭނާއަށް ރަތް ކާޑެއް ދެއްކީ ސްޓުޓްގާޓުގެ ވަޓަރު އެންޑޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ބަޔާނުގެ އެއް ކުޅުންތެރިއަކު މަދުވި ނަމަވެސް، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލެވަންޑޯސްކީއެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ބަޔާނަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން ލެވަންޑޯސްކީ ވަނީ ބަޔާނުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ލެވަންޑޯސްކީ ހެޓްރިކް ފުރިހަމަކޮށްފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ.

މި މެޗުގައި ލެވަންޑޯސްކީ ތިން ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 35 ވަނަ ލަނޑެވެ. އަދި މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ލެވަންޑޯސްކީ މިހާތަނަށް ވަނީ 42 ލަނޑު ކާމިޔާބުކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބަޔާން މޮޅުވިއިރު، އެ ޓީމު އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ބަޔާނަށް ކުޅުނު 26 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގަށް ވަނީ 26 މެޗުން 57 ޕޮއިންޓް ލިބިފައެވެ. މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމުންޑް ވަނީ ރަށުން ބޭރުގައި ކޮލޯންއާ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ފަސްވަނައިގައި 26 މެޗުން 43 ޕޮއިންޓާއެކުއެވެ.

ޖަރުމަން ލީގުބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު