Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިކުއެޑޯގެ ހެލްތް މިނިސްޓަރ އިސްތިއުފާ ދެއްވުން

އިކުއެޑޯގެ ހެލްތް މިނިސްޓަރ އިސްތިއުފާ ދެއްވައިފި

މިހާރުވެސް ޒެވަލޮސްގެ މައްސަލަތަކެއް ތަޙުޤީޤު ކުރެވެމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މާރިޗު 2021 | ހޮނިހިރު 18:08
އިކުއެޑޯގެ ހެލްތް މިނިސްޓަރ ޜޮޑޮލްފޯ ފަރްދާން

އިކުއެޑޯގެ ހެލްތް މިނިސްޓަރ ޜޮޑޮލްފޯ ފަރްދާން

އިކުއެޑޯގެ ހެލްތް މިނިސްޓަރ ރޮޑޮލްފޯ ފަރްދާން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން ފަރްދާން މަޤާމުން އިސްތިއުފާ ދެއްވާފައި މިވަނީ މަޤާމާ ޙަވާލުވެވަޑައިގަތްތާ 20 ދުވަސްވެސް ނުވަނިސްއެވެ. އެގޮތުން ފަރްދާން އިސްތިއުފާ ދެއްވާފައިވާ މި ދަނޑިވަޅަކީ އެ ޤައުމުގައި ވެކްސިން ޕްރޮގްރާމާ ގުޅޭ ޙިޔާނާތުގެ މައްސަލަތަކެއް ޕްރޮސެކިއުޓަރުން ބަލަމުންދާ ދަނޑިވަޅެއްކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ދާދި ފަހުން އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހެލްތް މިނިސްޓްރީގެ އިތުރުން، ކުއިޓޯގައި ހުންނަ ހޮސްޕިޓަލަކަށް ރެއިޑެއްވެސް ޖަހާފައެވެ.

ހުކުރު ދުވަހު މިނިސްޓަރ ފަރްދާން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ ވިދާޅުވީ، އިސްތިއުފާ ދެއްވަނީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށެވެ. ފަރްދާންގެ ކުރިން ހެލްތް މިނިސްޓަރު ކަމުގައި ހުންނެވި ޖުއާން ކާރލޯސް ޒެވަލޮސްވެސް އިސްތިއުފާ ދެއްވީ އޭނާއާ ގުޅިގެން ފެންމަތިވި ތުހުމަތުތަކަކާ ގުޅިގެންކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މިހާރުވެސް ޒެވަލޮސްގެ މައްސަލަތަކެއް ތަޙުޤީޤު ކުރެވެމުންދާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އިކުއެޑޯގައި ވެކްސިނޭޝަން ޕްރޮގްރާމް ހިންގަމުން ދިޔައިރު، އުސޫލެއްގެ ގޮތުން ފްރަންޓަލައިން އޮފިޝަލުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދިނުމަށް އޮތީ ކަނޑައަޅާފައެވެ. އެހެންނަމަވެސް، އެ ޤައުމުން ވަނީ މި ގިންތީގެ މީހުންނަށް ވެކްސިން ދިނުމުގެ ބަދަލުގައި ގިނަ ވެކްސިންތަކެއް ސިޔާސީ ފަރާތްތަކާއި، ނޫސްވެރިންނާއި، އެހެނިހެން ގިންތީގައި ހިމެނޭ މީހުންނަށް ވެކްސިން ދީފައެވެ. އަދި އެ މައްސަލަ ފެންމަތިވުމާއެކު، ގިނަ ބަޔަކު ވަނީ އެކަމުގެ ޝަކުވާވެސް ކޮށްފައެވެ.

އިކުއެޑޯއިން މިހާތަނަށް 309،000ށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި 16،400ށް ވުރެ ގިނަ މީހުން އެ ޤައުމުން ވައިރަސް ޖެހިގެން މަރުވެފައިވާއިރު، މިހާތަނަށް 120،000ށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެ ޤައުމަކީ ލެޓިން އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ވެކްސިނޭޝަން ޕްރޮގްރާމާ ގުޅޭ ޙިޔާނަތްތަކެއް ފެންމަތިވި މަދު ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. އިކުއެޑޯގެ އިތުރުން، އާރޖެންޓީނާއާއި، ޕެރޫގައިވެސް އެފަދަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.

ކޮވިޑް-19 ވެކްސިންއެމެރިކާ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

23 ޑިސެމްބަރު 2025
އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި
21 ޑިސެމްބަރު 2025

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި
21 ޑިސެމްބަރު 2025

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

21 ޑިސެމްބަރު 2025
ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި
19 ޑިސެމްބަރު 2025

ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

19 ޑިސެމްބަރު 2025
ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
19 ޑިސެމްބަރު 2025

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025
އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު